Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލެޓް ލިސްޓް

ފުލެޓް ލިބޭނެކަމަށް ސަރުކާރުން ނެރޭ ލިސްޓުގައި ތިބީ 1820 މީހުން

ވެރިފިކޭޝަން ކުރިއަށްގެންދިޔަ ލިސްޓުގައި ހިމެނެނީ ޖުމްލަ 4939 ފަރާތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2025 | ބުރާސްފަތި 08:56
ސަރުކާރުން ފުލެޓް ލިސްޓް ވެރިފައިކުރުމަށްފަހު ފުލެޓް ލިބެނީ 1820 މީހުންނަށް ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައި - ފައިލް

ސަރުކާރުން ފުލެޓް ލިސްޓް ވެރިފައިކުރުމަށްފަހު ފުލެޓް ލިބެނީ 1820 މީހުންނަށް ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައި - ފައިލް

ސަރުކާރުން ބޭނުންވާ ގޮތަށް ފުލެޓް ލިސްޓަށް ބަދަލު ގެނެސް ފުލެޓް ލިބޭނެކަމަށް ސަރުކާރުން ނެރޭ ލިސްޓުގައި ތިބީ 1820 މީހުން ކަމަށް ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހާމަކުރި 4000 މީހުންގެ ފުލެޓް ލިސްޓަށް ބަދަލު ގެނެސް ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށްފަހު އެކަމުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުއްތަލިވު ވިދާޅުވީ ސަރުކާރުން ފޯމުގެ ވެރިފިކޭޝަންގައި ބަލާފައިވާނީ އެމީހަކު ދީފައިވާ މައުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތަކަށް ކަމަށެވެ. އަދި ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި، ސަރުކާރުގެ ޑޭޓާ ބޭސްގައި ހުރި މައުލޫމާތު ބަލައި ސައްހަތޯ ބެލިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޕޮއިންޓް ދީފައިވާގޮތް ރަނގަޅުތޯ ބެލުމަށް ބަލާފައިވާނީ އެމީހަކު ދީފައިވާ މައުލޫމާތަށް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ މި މަސައްކަތުގައިވެސް ސަރުކާރުގައި ހުރި ޑޭޓާތައް ބަލައި ވެރިފައި ކުރެވެން ހުރި މައުލޫމާތުވާނީ ވެރިފައިކުރެވިފައި ކަމަށެވެ. އަދި ލިސްޓް ނެރުމާއެކު އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭ ފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލެޓް ނުލިބޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް 1 މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ. މި މުއްދަތުގައި ލިސްޓުން އުނިވި ފަރާތްތަކަށް ޕޯޓަލްއިން ޝަކުވާ ހުށަހެޅޭނެ. އަދި އާންމު ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ މެއިލްއަކުން ޝަކުވާ ހުށަހެޅޭނެ. ވެރިފިކޭޝަންގެ ނިމުނު އިރުގެ ނަތީޖާއަށް ބަލާއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓުން މަތިން މާކްސް ލިބިފައިވަނީ 1423 ފަރާތަކަށް. ދެކޮޓަރީގެ ލިސްޓުގައި ހިމެނޭ 1218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށްވުރެ މަތިން ލިބިފައިވަނީ 397 ފަރާތަކަށް.
ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރ ވިދާޅުވީ ޗެކްކުރި 4939 ފޯމުގެ ތެރެއިން ޝަރުތުހަމަވެ ފުލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބިފައިވަނީ 1820 ފަރާތަކަށް ކަމަށެވެ. އެހެންކަމުން މިހާރު އިއުލާންކުރެވޭ ލިސްޓުން ފުލެޓް ލިބޭނެކަމަށް ސީދާ ބަޔާންކޮށްފައިވާނީ 1820 މީހުންނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2695 ފަރާތެއް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅިފައިވާއިރު 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާއެކު ލިސްޓުން އުނިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ 4000 ފުލެޓުގެ ލިސްޓުފެ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށްގެންދިއުމުގައި 26 ޖޫން 2022 ގައި ގެޒެޓް ކުރެވުނު ގެދޮރުވެރިޔާ ސްކީމުގެ ސަަށުން އެކުލަވާލެވުނު އުސޫލަށް ބަލާފައިވާނެ ކަމަށެވެ. މީގެ އިތުރުން އެޕްލިކޭޝަން ހުށަހެޅުމަށް ހެދި ގެދޮރުވެރިޔާ ޕޯޓަލްގެ އިރުޝާދުތަކަށް ވެސް ބަލާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އިއުލާންކުރެވުނީ 3 ކޮޓަރި ނަމަ 76 ޕޮއިންޓް ލިބޭ ފަރާތްތަކަށް ފުލެޓް ލިބޭނެކަމަށް ކަމަށާއި، 75 ޕޮއިންޓް ލިބޭ ފަރާތްތަކަށް 3 ކޮޓަރީގެ ގުރުއަތަށްދާނެކަމަށާއި، 75 ޕޮއިންޓުން މަތިން މާކްސް ލިބިފައިވާ ކަމަށް ލިސްޓުގައި ހިމަނާފައިވަނީ 3721 ފަރާތެއް ކަމަށެވެ. ތިންކޮޓަރީގެ އިމާރާތްކުރަމުންދަނީ 2750 ފުލެޓްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އިމާރާތްކުރާ 2 ކޮޓަރީގެ ފުލެޓް ލިބޭނީ 73 ޕޮއިންޓް ލިބޭ ފަރާތްތަކަށް ކަމަށާއި، 73 ޕޮއިންޓުން މަތިން ލިބިފައިވާ 1218 ފަރާތެއް ލިސްޓުގައި ހިމެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު އިމާރާތްކުރަމުންދާ 4000 ޔުނިޓުގެ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރެވެނީ 2 ކޮޓަރީގެ 1250 ފުލެޓްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރުމަށް އެއްވެސް ވަރަކަށް އިތުރު ފޯމެއް ބަލާފައި ނުވާނެ. ލިސްޓުގައި ހިމެނޭ މި ދެންނެވި ވަރަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ފޯމްތައް ބަލައި، ޝަރުތު ހަމަނުވާ ފަރާތްތަކާއި، އަދި ޕޮއިންޓް އުނިވެގެން ފުލެޓް ލިބޭ ވަރަށްވުރެ ދަށުން ފުލެޓް ލިބޭ ފަރާތްތައް، މި ޕްރޮސެސްގެ ތެރެއިން ވާނީ ފާހަގަކޮށް ފުލެޓް ނުލިބޭ ފަރާތްތައް ކަނޑައަޅާފައި. ވެރިފިކޭޝަން މަސައްކަތް ކުރެވުނީ ޕޯޓަލްގެ ތެރެއިންކަމަށްވުމާއި، ޕޯޓަލްއިން ހުށަހަޅާފައިވާ އެއްވެސް މައުލޫމާތެއް އަދި ލިޔެކިޔުމަކަށް ބަދަލު ގެނައުމުގެ ފުރުސަތު ފޯމް ޗެކްކުރި އެއްވެސް ފަރާތަކަށް ލިބިފައި ނުވާނެ. އަދި ފޯމު ހުށަހެޅި ފަރާތަށްވެސް ބަދަލުގެނައުމުގެ ފުރުސަތު ލިބިދީފައި ނުވާނެ.
ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރު ވިދާޅުވީ ވެރިފިކޭޝަން ކުރިއަށްގެންދިޔަ ލިސްޓުގައި ހިމެނެނީ ޖުމްލަ 4939 ފަރާތެއް ކަމަށެވެ. ވެރިފިކޭޝަންގެ ތެރެއިން 15 ނޮވެމްބަރުގައި އިއުލާންކުރެވުނު 3 ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓް ނުލިބޭ އެއްވެސް ފަރާތެއްގެ ފޯމު ބަލާ ޗެކްކޮށްފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 2 ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓް ނުލިބޭ އެއްވެސް ފަރާތެއްގެ ފޯމު ޗެކްކޮށްފައި ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިންގް މިނިސްޓަރޑރ. އަބްދުﷲ މުއްތަލިބުރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުފުލެޓް ލިސްޓްގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

16 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

14 ނޮވެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު