Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް

ސަރުކާރުން ބިލު ސްޕޮންސަރ ނުކުރީ ސަރުކާރުން ނުކުރާކަމެއްގެ ގޮތުގައި ދައްކާ ބައިނަލްއަގުވާމި ދުނިޔެއަށް އޮޅުވާލަން - މީކާއިލް

25 ފެބުރުއަރީ 2025 | އަންގާރަ 01:46

ސުޕްރީމް ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް ޖޭއެސްސީއަށް ބަދަލު ގެނެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ދަނީ މަސައްކަތް ކުރަމުން

މަޚްތޫމް
މަޚްތޫމް | 25 ފެބުރުއަރީ 2025 | އަންގާރަ 01:46

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަހުމަދު ނަސީމް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ބަދަލު ކުރަން މަޖިލިހަށް މެންބަރު އަމިއްލައަށް ބިލު ހުށަހެޅީ ސަރުކާރުން ކުރާކަމެއް ނޫންކަމެއްކަން ދައްކާ ބައިނަލްއަގުވާމީ ދުނިޔެއަށް އޮޅުވާލަންވެގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ސަރުކާރުން ބޭނުންވެގެން ސަރުކާރުގެ ފަރާތުން ބިލެއް ސްޕޮންސަރ ކުރާނީ ސަރުކާރުގެ މެންބަރެއް ކަމަށެވެ. އެއާއި ހިލާފަށް ކޯޓުތަކާއި ބެހޭ ބިލު ހުށަހަޅާފައިވަނީ ސަރުކާރަށް ނިސްބަތްވާ މެންބަރެއް އަމިއްލަ ގޮތަށް ހުށަހެޅުއްވި ބިލެއްގެ ގޮތުގައި ކަމަށާއި، މެންބަރު އެ ބިލު އަމިއްލަ ގޮތުން ހުށަހެޅީ ކީއްވެގެންކަން ބަލާލަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ ސަރުކާރުން ބޭނުން ވެގެން ތުޅާދޫ ދާއިރާގެ މެންބަރު މީޑިއާގެ ހައްގުތައް ހަނިކުރުމަށާއި ދުލާއި ގަލަމުގެ ހައްގު ހަނިކުރަން މީޑިއާ ކޮމިޝަނެއް އުފައްދަން މަޖިލީހަށް ހުށަހެޅި ބިލުވެސް ޕްރެޝަރު ބޮޑުވެގެން ބޭރުކޮށްލި ކަމަށާއި، ކޯޓުތަކުގެ ބިލު ވެސް ހުށަހެޅީ އެފަދަ މަގުސަދެއްގައި ކަމަށެވެ. އެގޮތުން މެންބަރު އަމިއްލަ ގޮތުން ހުށަހަޅަނީ ސަރުކާރުން ކުރާކަމެއް ނޫންކަން ބައިނަލްއަގުވާމީ ދުނިޔެއަށް އޮޅުވާލުމަށް ކަމަށެވެ.

އަޅުގަނޑު ހިތަށް އަރާ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން އެހާވެސް ވިސްނުންފުޅު ކޮށީތޯއޭ، ބައިނަލްއަގުވާމީ ދުނިޔެއަށް، ސަރުކާރުން ބޭނުން ވެގެން ސަރުކާރުގެ އެމްޕީއެއްލައްވާ ކުރުވާ ކަމެއް އެއީ އެބޭފުޅުންގެ ކަމެއް ނޫންކަމަށް ދެއްކޭނެކަމަށް އެބޭފުޅުންނަށް ހީވަނީތޯއޭ އަޅުގަނޑު ހިތަށް އަރާ. ދެވަނަ ކަމަކަށް މިވަގުތު ސުޕްރީމް ކޯޓުގައި މަޖިލީހުން 9 ގަޑި އިރު ތެރޭގައި ފާސްކުރި ޣައިރު ދުސްތޫރީ ބައެއް އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަ ހިނގާ އޮއްވާ، އެ ކޯޓުގެ ބެންޗު ކުޑަވާނެގޮތަށް އަދި މަސައްކަތަށް ނުފޫޒު ފޯރުވޭނެ ގޮތަށް ބިލެއް ހުށަހެޅީ ސީދާ ކޯޓަށް އަތްބާނަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ކުރިއަށްދާން އެ ކޯޓުން ނިންމީ 18 ފެބްރުއަރީގައި ކަމަށާއި، އެއަށްފަހު ފެނިގެންދިޔައީ މަޖިލީހުގެ ބައެއް މެންބަރުންނާއި، ޕީއެންސީގެ ބައެއް ފަރާތްތަކުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ދެކޮޅަށް ކެމްޕޭނެއް ކުރިތަން ކަމަށެވެ. އޭގެ ފަހުން ޕީއެންސީގެ ޕީޖީއަށް ރައީސް އެންގެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދެކޮޅަށް ގަރާރާއި ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އޭގެ ފަހުން ޖެހިގެން އައި ދުވަހު ފެނިގެންދިޔައީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރަކު ކުއްލިގޮތަކަށް ބަދަލުކުރިތަން ކަމަށެވެ. އަދި އެ މަގާމަށް ރައީސް އައްޔަންކުރެއްވި ބޭފުޅަކީ ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓް ކަމަށާއި، އެހެންކަމުން ޖޭއެސްސީ މިނިވަންވެ، އެތަން މުސްތަގިއްލުވާނެ މިންވަރު މިކަމުން އެކަނިވެސް ފެނިގެންދާ ކަމަށެވެ.

މީކާއިލް ވިދާޅުވީ މި ހުރިހާ ކަމަކީވެސް ސަރުކާރުން ބޭނުންވާ ގޮތަށް ނޫނީ ސުޕްރީމް ކޯޓުން ހުކުމް ނާންނާނެ ގޮތަށް ކަންކަން ކުރުމަށް ރޭވިގެން ކުރަމުންދާ ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް