ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
ރެފްކޫލް ރަމަޟާން މަހާ ގުޅުވައިގެން "ރޯދަކޫލް ކުރުން" ނަމުގައި ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ހިންގަނީ ހުނަރުވެރި ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ. އަދި މުބާރާތުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް ރެފްކޫލްގެ އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.


ރެފްކޫލްގެ ފަރާތުން "ރޯދަ ކޫލް ކުރުން" ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތް ކުރިއަށްދާނީ ޝައްވާލު މަހުގެ ހަ ރޯދަ ނިމެންދެން
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ރެފްކޫލް އިން ބުނީ މިފެށޭ 1446 ވަނައަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން އެކުންފުނީގެ ފަރާތުން "ރޯދަ ކޫލް ކުރުން" މިނަމުގައި ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް އަމާޒްކޮށްގެން ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަރޯދަ ނިމެންދެން ކުރިއަށް ގެންދާ "ރޯދަކޫލް ކުރުން" މިމުބާރާތުގެ މަގުސަދަކީ، ދިވެހި ކޮންޓެންޓް ކްރިއޭޓަރުންގެ ހުނަރު އެއްޕްލެޓް ފޯމަކުން ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމާއެކު، އެ ފަންނުވެރިންގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ކުރިއަށް ދިއުމަށް ހިތްވަރުދީ، އާމްދަނީ ލިބޭނެ އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ރެފްކޫލް އިން ހިންގާ ސީއެސްއާރު ޕްރޮގްރާމެކެވެ.
އެ ކުންފުނިން ބުނީ ގައުމުގައި ތިބި މިފަދަ ހުނަރުވެރި ޒުވާނުންނަށް، އެމީހުންގެ ހުނަރު ދައްކަލުމަށް މަގުފަހިކޮށް ދިނުމަކީ، ކުރިމަގުގައި މިފަދަ އިތުރު އެތައް ޒުވާނުން އުފެދިގެންދާނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އެކުންފުނީގެ އަމާޒަކީ، މިމުބާރާތުން ވަނަތަކަށް ހޮވޭ ހުނަރުވެރި، ކޮންޓެންޓް ކުރިއޭޓަރުންނަށް، ރެފްކޫލުން ރާއްޖެ އެތެރެކޮށް ވިއްކާ، ޕްރޮޑަކްތަކުގެ އިޝްތިހާރު ކުޅުމުގެ ފުރުސަތު، ކުރިމަގުގައި ލިބޭނެ ގޮތް ހަދައި ދިނުމެވެ.
އެކުންފުނިން ކުރިމަގުގައި ވެސް މަސައްކަތްކުރާނީ، ދިވެހި ފަންނުވެރިންނަށް، ވަކިން ޚާއްސަކޮށް ހުނަރުހުރި ޒުވާނުންނަށް، އެމީހުންގެ ހުނަރުތައް ޝޯކޭސް ކުރުމުގެ އެކި ފުރުސަތުތައް ހޯދައިދިނުމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް، އެކުންފުނީގެ ސީއެސްއާރުގެ ދަށުން، ދިވެހި ކޮންޓެންޓް ކުރިއޭޓަރުންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް، މިފަދަ މުބާރާތް، އެކިއަހަރު އެކިގޮތްގޮތަށް ބޭއްވުމަށް ގަސްތުކުރާ ކަމަށް ރެފްކޫލް އިން ބުނެއެވެ.
ފައިސާއާއި އަގުބޮޑު އިނާމުތައް ލިބޭ، މިއަހަރުގެ މުބާރާތުގައި ހިމެނެނީ ތިން ކެޓަގަރީއެކެވެ. އެއީ ޑައިމަންޑް، ޕްލެޓިނަމް އަދި ގޯލްޑް ކެޓަގެރީ އެވެ. މިއިން ކޮންމެ ކެޓަގަރީއަކުން 2،1 އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ނުވަތަ ޓީމަކަށް މިތިން ކެޓަގަރީގައި ވެސް ބައިވެރި ވެވިދާނެއެވެ. އަދި ކޮންމެ ކެޓަރީއެއްގައި ކިތަންމެ ގިނަ ކޮންޓެންޓެއް ވެސް ބައިވެރި ކުރެވިދާނެއެވެ. މިގޮތުން ބައިވެރިކުރާ ކޮންމެ ވީޑިއޯއެއް ޖަޖުކުރުމުގައި ބަލާނީ ވަކިކޮންޓެއްޓެއްގެ ގޮތުގައެވެ.
މި މުބާރާތުގައި ބައިވެރިކުރާ ކޮންޓެންޓް، ޓީމަކުން ތައްޔާރުކުރާ ނަމަ، އެޓީމަކުން ތައްޔާރުކުރާ ކޮންޓެންޓް ޕޯސްޓް ކުރާނީ، އެޓީމެއްގެ މެންބަރުންގެ ތެރެއިން ކޮންމެވެސް އެއްމެންބަރެއްގެ ސޯޝަލް މީޑިއާ، ފޭސްބުކު، އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓުންނެވެ. މިގޮތުން ޕޯސްޓްކުރާ ކޮންމެ ކޮންޓެއްޓެއް، ޕޯސްޓްކުރާއިރު، އެ ޕްލެޓް ފޯމެއްގައި އޮންނަ އެކުންފުނީގެ އެކައުންޓަށް ޓެގްކުރަން ވާނެ ކަމަށް ރެފްކޫލް އިން ބުނެއެވެ.
ކޮންޓެންޓް ޕޯސްޓްކުރެވޭނީ، ކޮންޓެންޓް ތައްޔާރު ކުރުމަށް ފަހު މިކުންފުނީގެ މާކެޓިން marketing@refcool.com.mv އީމެއިލް އަށް މެއިލް ނުވަތަ 7778330 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް އަށް ފޮނުވުމުން، އެކޮންޓެންޓް އަޕްލޯޑް ކުރުމަށް މުބާރާތުގެ ޖަޖުންގެ ޕެނަލުން ހުއްދަ ދިނުމުންނެވެ.
މި މުބާރާތުގެ އިނާމުގެ ގޮތުގައި -/60،000 ރުފިޔާގެ ފައިސާގެ އިނާމާއި -/35،000 ރުފިޔާގެ ތަކެތީގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ޑައިމަންޑް ކެޓަގެރީ
- 1 ވަނަ: -/12،000 ރުފިޔާ އާއި 9000 ބީޓީޔޫ ގެ ގްރީ އޭސީ އެއް
- 2 ވަނަ: -/8،000 ރުފިޔާ އާއި 55 އިންޗީގެ ޖޭވް ސްމާޓް ޓީވީ އެއް
- 3 ވަނަ: -/5،000 ރުފިޔާ އާއި ގްރީ އެއަރ ޕިއުރިފަޔަރ
ޕްލެޓިނަމް ކެޓަގެރީ
- 1 ވަނަ: -/10،000 ރުފިޔާ އާއި 50 އިންޗީގެ ޖޭވް ސްމާޓް ޓީވީ އެއް
- 2 ވަނަ: -/6،000 ރުފިޔާ އާއި ޖެނޯމީ ރޯޒް 12 ގެ ފަހާފޮއްޓެއް
- 3 ވަނަ: -/4،000 ރުފިޔާ އާއި ކެންވުޑު އެއަރ ފްރަޔަރ އަވަނެއް
ގޯލްޑް ކެޓަގެރީ
- 1 ވަނަ: -/8،000 ރުފިޔާ އާއި 8 ކިލޯގެ ކޮފްލީ ދޮންނަ މެޝިނެއް
- 2 ވަނަ: -/4،000 ރުފިޔާ އާއި ގްލޭންޒް އިލެކްޓްރިކް އަވަނެއް
- 3 ވަނަ: -/3،000 ރުފިޔާއާއި ޕިއްޒާ މޭކަރެއް
ރެފްކޫލްއިން އުންމީދު ކުރަނީ މި މުބާރާތުގައި ވީހާވެސް ގިނަ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވެ، އެމީހުންގެ އުފެއްދުންތެރި ކޮންޓެންޓްތައް ބައިވެރިކުރާނެ ކަމަށެވެ.
ރެފްކޫލް އަކީ އޭސީއާއި ފިނިކުރުމަށް ބޭނުންވާ ސާމާނު ރާއްޖެ އެތެރެކޮށް، އެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ދެމުން އަންނަ 25 އަހަރުވެފައިވާ އެންމެ ތަޖުރިބާކާރު އެއްކުންފުންޏެވެ. ރެފްކޫލަކީ ދުނިޔޭގެ އެއްވަނަ ބްރޭންޑުގެ އޭސީ ގްރީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ. ގްރީގެ އޭސީ އާއި ގްރީގެ އެހެނިހެން ޕްރޮޑަކްޓްތައް ރެފްކޫލުން ރާއްޖެ އެތެރެކޮށް މާކެޓްކުރާތާ 22 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.






