Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ސީޒަން ފެށުން ރޯދަ މަހުގެ ފަހަށް ފަސްކޮށްފި

މިހާރު އެ ކޮމެޓީން ނިންމާފައި ވަނީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ޗެރިޓީ ޝީލްޑު މެޗު ކުޅުމަށެވެ. އަދި އޭގެ ފަހުން އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2025 | ހޯމަ 05:27
މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުން، ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހަަށް ފަސްކޮށްފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީން ނިންމާފައި އޮތީ މި މަހު ފުޓުބޯޅަ ސީޒަން ފެށުމަށެވެ. ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑު މެޗު ތާވަލުކޮށްފައި އޮތީ މި މަހުގެ 24 ވަނަ ދުވަހަށެވެ. އަދި އޭގެ ފަހުން މި މަހުގެ 26 ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތް ފަށާ ގޮތަށް އޮތީ ތާވަލުކޮށްފަ އެވެ. އެގޮތަށް ނިންމީ ވެސް އެކި ފަހަރުގެ މަތިން ކުލަބުތަކާ މަޝްވަރާ ކުރުމަށްފަހު އެވެ.

އޭގެ ފަހުން މި މަހު ފުޓުބޯޅަ ސީޒަން ފަށަންވާއިރަށް ކުލަބުތަކުގެ މާލީ ޙާލަތު ރަނގަޅު ނުވާތީ، ކުލަބުތަކުން އެދުނީ ސީޒަން ފެށުން ފަސްކޮށްދިނުމަށެވެ. އަދި ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތް ސީޒަންގެ ފަހު ކޮޅަށް ބަދަލު ކޮށްދިނުމަށެވެ.

ކުލަބުތަކުގެ ކަންބޮޑުވުންތައް ނޯމަލައިޒިން ކޮމެޓީއާ ހިއްސާކޮށްފައި ވަނިކޮށް، މިހާރު އެ ކޮމެޓީން ނިންމާފައި ވަނީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ޗެރިޓީ ޝީލްޑު މެޗު ކުޅުމަށެވެ. އަދި އޭގެ ފަހުން އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށެވެ.

ޗެރިޓީ ޝީލްޑު މެޗަށްފަހު ކުރިން ތާވަލުކޮށްފައި އޮތް ޕްރެޒިޑެންޓްސް ކަޕް މިހާރު އޮތީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ފަށަން ތާވަލުކޮށްފަ އެވެ.

ތިން ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތް ފަށާނެ ތާރީޚަކަށް ހަމަޖައްސާފައި އޮތީ ޖޫން މަހުގެ އެއް ވަނަ ދުވަހެވެ. އޭހެ ފަހުން ޖުލައި މަހުގެ 12 ވަނަ ދުވަހު އެފްއޭ ކަޕް ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ޖުލައި 18 ވަނަ ދުވަހު ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފެށުމަށް ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް މާޗު މަހުގެ ތެރޭގައި ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ވެސް ރާއްޖެ އިން ވަނީ ނިންމައިފަ އެވެ. އެ މެޗުގައި މާޗު މަހުގެ 19 ވަނަ ދުވަހު ރާއްޖެ އިން ނިކުންނާނީ އަވައްޓެރި އިންޑިއާއާ ދެކޮޅަށެވެ.

ސީޒަން ފެށުމަށް މީގެ ކުރިން ވެސް ނޯމަލައިޒިން ކޮމެޓީން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ކުލަބުތަކުގެ މާލީ މައްސަލަ ޙައްލު ނުވާތީ، ކުލަބުތަކުން ވަނީ ސީޒަން ފެށުމަށް ދެކޮޅު ހަދައިފަ އެވެ. އޭގެ ފަހުން ސަރުކާރުން މިހާރު ވަނީ ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްްދޭން ނިންމައިފަ އެވެ.

އެގޮތުން ކޮންމެ ކުލަބަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެެެއިން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 500،000 (ފަސް ލައްކަ) ރުދިޔާ މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ޖަމާކޮށްދީފަ އެވެ.

ކަންބޮޑުވުންތައް އިތުވެފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ކުލަބުތަކާ ބައްދަލު ވެސް ކުރައްވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: މަހިބަދޫން ފެށުން ރަނގަޅުކޮށްފި

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: މަހިބަދޫން ފެށުން ރަނގަޅުކޮށްފި

15 އެޕްރީލު 2017
ބޮޑު ބަދަލުތަކަކާ އެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު

ބޮޑު ބަދަލުތަކަކާ އެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު

04 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

31 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު