Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލަންކާގައި ބޭއްވި ދިވެހިންގެ މާހެފުން

ލަންކާގައި ދިވެހިން ބޭއްވި މާހެފުމަށް ދެއްވި ދައުވަތު ހައިކޮމިޝަނަރ މަސްޢޫދު ގަބޫލުފުޅެއް ނުކުރެއްވި

އެ ބޭފުޅުން ބާރުއެޅުއްވީ އެ މާހެފުން ހައިކޮމިޝަނުގައި ބޭއްވުމަށް ނުވަތަ ކަލްޗަރަލް ސެންޓަރަށް ބަދަލުކޮށްދެއްވުމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2025 | ހޯމަ 04:07
ވަން މޯލްޑިވްސް އިން ސްރީލަންކާގައި ބޭއްވި މާހެފުމުގެ ތެރެއިން، ލަންކާގައި ދިރިއުޅޭ ގިނަ ބަޔަކު މި މާހަފުމުގައި ވަނީ ބައިވެރިވެފަ

ވަން މޯލްޑިވްސް އިން ސްރީލަންކާގައި ބޭއްވި މާހެފުމުގެ ތެރެއިން، ލަންކާގައި ދިރިއުޅޭ ގިނަ ބަޔަކު މި މާހަފުމުގައި ވަނީ ބައިވެރިވެފަ

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ޖަމިއްޔާއެއް ކަމަށްވާ ވަން މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި މާހެފުމަކަށް ދިން ދަޢުވަތު، ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު އިމާދު ޤަބޫލުނުކުރެއްވިކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ރަމަޟާން މަހާ ދިމާކޮށް ބޭއްވި މި މާހެފުމަށް ހައިކޮމިޝަނަރަށް ދަޢުވަތު ދެވުނު ނަމަވެސް، އެ މާހެފުމުގައި ބައިވެރިވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.

Advertisement - newsAdvertisement

މި މާހެފުން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރެއް ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ކިޔައިދިން ގޮތުގައި، ހައިކޮމިޝަނަރު މަސްޢޫދު އިމާދުގެ އިތުރުން އެ ކޮމިޝަނުގެ އެއްވެސް މުވައްޒަފަކުވެސް މި މާހެފުމުގައި ބައިވެރިވެފައެއް ނުވެއެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ބޭފުޅުން ބާރުއެޅުއްވީ އެ މާހެފުން ހައިކޮމިޝަނުގައި ބޭއްވުމަށް ނުވަތަ ކަލްޗަރަލް ސެންޓަރަށް ބަދަލުކޮށްދެއްވުމަށް ކަމަށާއި ނަމަވެސް ކޮމިޔުނިޓީގެ ބޭފުޅުން ހައިކޮމިޝަނާއި އެހާބޮޑު ގުޅުމެއް ނެތުމުން ރައްޔިތުން އެގޮތަށް އެކަން ކުރަން ބޭނުންފުޅުނުވީ ކަމަށެވެ.

ނަމަވެސް، ކޮމިއުނިޓީގެ ގިނަ ބޭފުޅުން ބޭނުންފުޅުވީ މުޅިން މިނިވަން ތަނެއްގައި މާހެފުން ބޭއްވުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަދަ ހަރަކާތެއް އެގޮތަށް ބޭއްވުމަކީ "އިލީގަލް" ކަމެއް ކަމަށް ހައިކޮމިޝަނަރު ވިދާޅުވި ކަމަށެވެ. ނަމަވެސް، އޭނާ ކިޔައިދިން ގޮތުގައި ވަން މޯލްޑިވްސްއަކީ ސްރީލަންކާގެ ޤާނޫނީ އިމުގެ ތެރެއިން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާއެއް ކަމުން، މި ކަމުގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނެތެވެ.

އަޅުގަނޑުމެން ހައިކޮމިޝަނަރަށް އެ މާހެފުމަށް ދައުވަތު ކާޑު ހަވާލުކުރެއްރީ ބައްދަލުކޮށްފަ. އެބޭފުޅާގެ އަތްޕުޅަށް ކާޑު ދިނީވެސް. އެހެން ނަމަވެސް ވަރަށް ގިނަ އިރު ވާހަދައްކަވާފަ އަލުން އަނބުރާ ކާޑު ރައްދުކުރީ. ވިދާޅުވީ އެއީ އެގޮތަށް ކުރެވޭނޭ ކަމެއް ނޫން ކަމަށް އަދި އެއީ އިލީގަލް ކަމެއްކަމަށް. އެހެން ނަމަވެސް ވަންމޯލްޑިވްސް މި އޯގަނައިޒެޝަން އަކީ ސްރީލަންކާގައި އޮންނަ އުސޫލުގެ ތެރެއިން، ޤާނޫނީ އިމުގެ ތެރެއިން އުފައްދާފައި އޮތް އޯގަނައިޒޭޝަން އެއް. އެހެން އެ ބޭފުޅުންނަށް ވިދާޅުވެވޭނެ ޖާގައެއް ނޯންނާނެ.
ވަންމޯލްޑިވްސްގެ ފަރާތުން މާ ހެފުން އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި އިސް ފަރާތެއް

މި މާހެފުމުގައި މަދަހަ ކިޔުމާއި ލަވަކިޔުން ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވަން މޯލްޑިވްސް ލޯންޗްކޮށްފައި ވެއެވެ.

ވަން މޯލްޑިވްސްއަކީ ލަންކާގައި ދިރިއުޅޭ ދިވެހިން ގުޅިގެން އަލަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު