Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެމިލީ ކޯޓް

އެއް އަންހެނެއްގެ 3 ފިރިން ތިބޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ

19 ފެބުރުއަރީ 2025 | ބުދަ 18:19

ރާއްޖޭގެ ގަވާއިދުތަކަށް ފިލަން ވެގެން ބޭރުގެ ގައުމުތަކަށް ގޮސް ކައިވެނިކުރާ މައްސަލަތައް އިތުރުވެފައިވާކަން ކޯޓުން ފާހަގަކުރި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 19 ފެބުރުއަރީ 2025 | ބުދަ 18:19
ފެމިލީ ކޯޓު: އެއް އަންހެނަކު 3 ފިރިން ގެންގުޅޭ މައްސަލައެއް ވަނީ ފެންމަތިވެފައި

ފެމިލީ ކޯޓު: އެއް އަންހެނަކު 3 ފިރިން ގެންގުޅޭ މައްސަލައެއް ވަނީ ފެންމަތިވެފައި

ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ދިމާވެފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

މިކަން ހާމަވީ އާއިލާއާ ބެހޭ ގަވާއިދަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަަކާ ގުޅިގެން ފެމެލީ ކޯޓު ހިމެނޭހެން ގިނަ އިދާރާތަކެއް ހާޒިރުކޮށް ކުރިއަށް ދިޔަ ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި އާއިލާއާ ބެހޭ ގަވާއިދާ ގުޅޭގޮތުން ފެމިލީ ކޯޓުން ހުރި ކަންބޮޑުވުންތައް ވަނީ މިކަމުގައި ފާހަގަކޮށްފަ އެވެ.

އެ ގޮތުން ދަރިންގެ ހަރަދު ދޭން ގާނޫނާއި ގަވާއިދަށް ފިލަން ބޭރުގެ ގައުމުތަކުގައި ކައިވެނިކުރާ މައްސަލަތަކާއި ކައިވެނިތައް ކޯޓުގައި ރަޖިސްޓްރީ ނުކުރާ މައްސަލަ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ ކަމަށް ކޯޓުގެ އޮފިޝަލުން ބުންޏެވެ.

އެ ކޮމިޓީގައި ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ އެ އަންހެން މީހާ 3 ކައިވެނިވެސް ކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

މައުސޫމް ވިދާޅުވީ މި ހުރިހާ ކައިވެންޏެއްގެ ލިޔެކިޔުންވެސް ފެންނަން އެބަހުރި ކަމަށާއި ފުރަތަމަ ދެ ކައިވެންޏަށް ގޮތެއް ނުނިންމާ އޮއްވާ ތިންވަނަ ކައިވެންޏެއް ކުރީ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަމެއްކަމަށާއި މިއީ ނަސަބުވެސް އޮޅިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި މިއީ މުޖުތަމައު ތެރޭ ނޭދެވޭ ވަރަށް ގިނަ ކަންތައްތަކެއް އުފެދިގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ ގަވާއިދުތަކަށް ފިލަން ވެގެން ބޭރުގެ ގައުމުތަކަށް ގޮސް ކައިވެނިކުރާ މައްސަލަތައް އިތުރުވެފައިވާކަން ކޯޓުން ފާހަގަކޮށްފައި ވާއިރު، އެކަމުން މައްސަލަތައް ކުރިމަތިވެ، އެފަދަ މައްސަލައެއް ހައިކޯޓުގައި ހިނގަމުންދާ ކަންވެސް ކޯޓުން ފާހަގަކުރިއެވެ.

ބޭރުގައި ކައިވެނިކުރާނަމަ ހުއްދަ ނަގަން ޖެހޭ ކަމުގައިވިޔަސް ހުއްދަ ނުނަގާ ކައިވެނި ކުރުންވެސް ވަނީ އިތުރުވެފަ އެވެ. އޭގެ ސަބަބުން ނަސަބުއޮޅޭ ކަމަށް މައުސޫމް ވިދާޅުވި އެވެ.

މިފަދަ އިތުރު މައްސަލަތަކެއްވެސް އެބައުޅޭ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް