Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭރު ޤައުމުތަކަށް އައްޔަންކުރާ ސަފީރުން

ބޭރު ޤައުމުތަކަށް އައްޔަންކުރާ ސަފީރުންނަކީ ޗުއްޓީ ހޭދަކުރާ ބީދައން ވަޒީފާ އަދާކުރާ ބަޔަކަށް ވެގެން ނުވާނެ - އައްބާސް

އެފަރާތްތަކުން ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ އިޚުލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2025 | އަންގާރަ 05:17
ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް

ބޭރު ޤައުމުތަކާއި ޖަމިއްޔާތަކަށް ރާއްޖެއިން އައްޔަންކުރާ ސަފީރުންނަކީ އާއިލާ ގޮވައިގެން ޤައުމުތަކުގައި ޗުއްޓީ ހޭދަކުރާ ބީދައިން ޢަމަލުކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި އެ ފަދަ ފަރާތްތަކުން ޤައުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގައި އޭނާ އެފަދައިން ވިދާޅުވީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށާއި، އިންޓަނޭޝަލް ރިނިއުބަލް އެނަރޖީ އެޖެންސީއަށާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ރާއްޖެއިން ކަނޑައަޅާފައިވާ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން އޭނާ ވަނީ ސަފީރުން ޗުއްޓީ ހޭދަކުރާ މޭރުމުން ރާއްޖެއިން ބޭރަށް ގޮސް މަސައްކަތް ކުރާ ބަޔަކަށް ވުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާ ވާނެ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބޭރު ޤައުމުތަކަށް އައްޔަންކުރާ ސަފީރުންނާއި ޖަމިއްޔާތަކަށް އައްޔަންކުރާ ސަފީރުންގެ ފަރާތުން ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ ފަދަ އިޚުލާސްތެރި މަސައްކަތްތަކެއް ކުރުން މުހިންމުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބޭރު ޤައުމުތަކަށް އައްޔަންކުރާ މީހުންގެ ހުރުމާއި، ކެއުން ފަދަ އަސާސީ ޚިދުމަތްތަކަށް ވެސް ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާ އިރު އެ ރައްޔިތުންނަށްޓަކާ ސަފީރުން އަދާކުރަން ޖެހޭ ޒިންމާ ބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. ކޮމިޓީން ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮނުއްވި ގޮތަށް އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ހ.އޯކިޑް އިރްތިޝާމް އާދަމް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ. ހަމައެހެންމެ އިންޓަނޭޝަލް ރިނިއުބަލް އެނަރޖީ އެޖެންސީއަށް މ.ކޮތަންމާ މުހައްމަދު ހުސެއިން ސަރީރު އައްޔަންކުރުމަށާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް މ.ވިލާދަށުގެ، ޑރ. ސަލްމާ ރަޝީދު އައްޔަންކުރުމަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް މ.ވެސްޓް ސައިޑް އަހުމަދު ސަރީރު ކަނޑައެޅުމަށް އެ ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ސަފީރުންބޭރު ޤައުމުތަކާއި ޖަމިއްޔާތަކަށްއައްޔަންކުރުންއިޚުލާސްތެރި މަސައްކަތްރައްޔިތުންގެ މަޖިލިސްމުހައްމަދު އައްބާސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު