Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް-ޕުޓިން ސަމިޓް ސައުދީ ގައި ބޭއްވުމަށް އެ ގައުމުން ތައްޔާރު ކަމަށް ބުނެފި

ސައުދީ ޢަރަބިއްޔާ އިން ރަޝިއާ އާއި ޔުކްރެއިން އާ ދެމެދު ސުލްޙަ ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާތާ ތިން އަހަރު ވެއްޖެ ކަމަށާއި، އެމެރިކާ-ރަޝިއާ ގެ ވެރިންގެ ސަމިޓު އެ ގައުމުގައި ބޭއްވުމަށް ތައްޔާރުކަން ވަނީ ހާމަކޮށްފައި

ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2025 | ހޮނިހިރު 19:07
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން

ސަޢޫދީ ޢަރަބިއްޔާ އިން ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާ ގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ދެމެދު ކުރެވުނު ފޯނު ކޯލަށް މަރުޙަބާ ކިޔައި، އަދި ދެ ރައީސުންގެ މެދުގައި ބާއްވާ ސަމިޓެއް އެ ޤައުމުގައި ބޭއްވުމަށް ތައްޔާރަށް އޮތް ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

"ސައުދީ އިން ސަމިޓް ބޭއްވުމަށް މަރުޙަބާ ކިޔައި، އަދި ރަޝިއާ އާއި ޔުކްރެއިން އާ ދެމެދު ދެމެހެއްޓެނިވި ސުލްޙަ އެއް ޤާއިމުކުރުމަށް ސައުދީން މަސައްކަތް ކުރާނެ ކަން އިތުރަށް ކަށަވަރު ކޮށްދެމެވެ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައިވަނީ، 2022 ވަނަ އަހަރުގެ މާރިޗު މަހުގެ 3 ވަނަ ދުވަހު ޕުޓިން އާއި ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ އަށް ކުރެއްވި ފޯނު ކޯލުތަކާ ހަމައިން ފެށިގެން، ހަނގުރާމަ އަށް ސިޔާސީ ޙައްލެއް ހޯދުމަށް އެހީތެރިވުމަށް ރިޔާޟުން ތައްޔާރަށް އޮތް ކަމަށެވެ.

"ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ސައުދީ އިން މި މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި މި މައްސަލައާ ގުޅޭގޮތުން ގިނަ ބައްދަލުވުންތަކެއް ބޭއްވުން ހިމެނެއެވެ،" ހުކުރު ދުވަހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޒެލެންސްކީ ހުކުރު ދުވަހު ވިދާޅުވެފައިވަނީ އޭނާ ސަޢޫދީ ޢަރަބިއްޔާ އަށާއި، ޔޫއޭއީ އަށާއި، ތުރުކީ އަށް ދަތުރުފުޅުތަކެއް ކުރައްވަން ރާވާފައިވާ ކަމަށެވެ. ނަމަވެސް ދަތުރުފުޅު ކުރައްވާނެ ތާރީޚެއް ވިދާޅެއް ނުވެއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު