Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ލުބުނާނުގެ ރައްޔިތުން އުފުލަން ހަމަ ޖެހިފައިވާ ފްލައިޓަކަށް އިސްރާއީލުގެ ވެރިކަމުން ދީފައިވާ އިންޒާރަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ އުސޫލުތަކާއި ޤަވާއިދުތަކާއި ލުބުނާނުގެ އިސްތިގުލާލާއި ޚިލާފު ޢަމަލެއް ކަމުގައެވެ.

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2025 | ހުކުރު 16:17
ފްލައިޓް ކެންސަލް ކުރުމާ ގުޅިގެން ބެއިރޫތު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބޭރުގައި މުޒާހަރާ ކުރަނީ

ފްލައިޓް ކެންސަލް ކުރުމާ ގުޅިގެން ބެއިރޫތު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބޭރުގައި މުޒާހަރާ ކުރަނީ

އިސްރާއީލުގެ ނުފޫޒުން އީރާނުން ލުބުނާނަށް ދަތުރު ކުރުމަށް ހަމަ ޖެހިފައި އޮތް ފްލައިޓެއް ބެއިރޫތުން ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެއެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި، އިސްމާއީލް ބަގާއީ ވިދާޅުވެފައިވަނީ އިސްރާއީލުގެ ވެރިކަމުން މަތިންދާބޯޓަށް ދިން އިންޒާރުގެ ސަބަބުން "ބައިރޫތު އެއަރޕޯޓަށް ކުރާ އާންމު ދަތުރުތަކަށް ހުރަސްއެޅިފައިވާ" ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އިރާނުން ލުބުނާނަށް ކުރުމަށް ހަމަޖެހިފައިވާ ދެ ދަތުރު ކެންސަލް ކުރަން ޖެހުމާ އެކުގައެވެ.

މި ދަތުރުތައް ކެންސަލް ކުރުމަށް އަމުރުކުރީ ލުބުނާނުގެ މަގުތަކާބެހޭ ވަޒީރެވެ. އެކަން އެ ގޮތައް ކުރަން ޖެހުނީ އިސްރާއީލުގެ ސަރުކާރުން ކުރި ޕްރެޝަރަކާ ގުޅިގެން ކަމަށް އީރާނުން ބުނެއެވެ. އިސްރާއީލުން ބުނެފައިވަނީ އެ ބޯޓުގައި ހިޒްބުﷲ އަށް ފައިސާ ފައިސާ ގެންދާ ކަމަށެވެ.

އިރާނުގެ ތަރުޖަމާނު ގޮވާލާފައިވަނީ ކަމާބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން، ޚާއްޞަކޮށް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) އިން "އެ ޤައުމުގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ސަލާމަތާ ދެކޮޅަށް އިސްރާއީލުން ކުރާ ނުރައްކާތެރި ޢަމަލުތައް ހުއްޓުވުމަށް" ސީރިއަސް ފިޔަވަޅުތަކެއް އެޅުމަށެވެ.

އިރާނުގެ ފްލައިޓްތައް ޖެއްސުމަށް ހުއްދަ ނުދިނުމާ ގުޅިގެން ބެއިރޫތު އިންޓަރނޭޝަނަލް އެއަރޕޯޓު ހުންނަ ސަރަހައްދުގައި ވަނީ މުޒާހަރާ ކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގިނަ އަދަދެއްގެ މީހުން ބެއިރޫތު އިންޓަރނޭޝަނަލް އެއަރޕޯޓު ވަށައިގެންވާ މަގުތަކަށް ނުކުމެ، އެއަރޕޯޓަށް ދާ މައި މަގު ބަންދުކޮށް، ޓަޔަރުތަކުގައި ރޯކޮށް، އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ.

މަގު ސާފުކުރުމަށް ލުބުނާނުގެ ސިފައިން ނުކުތުމުން ހަމަނުޖެހުން އިތުރުވިއެވެ.

ބެއިއެރޫތު ގައި ހުންނަވާ އީރާނުގެ ސަފީރު މުޖްތަބާ އަމާނީ ހުކުރު ދުވަހު ވިދާޅުވެފައިވަނީ އިރާނުގެ މަތިންދާބޯޓުތަކުގެ ބަދަލުގައި އެހެން ދަތުރުތަކެއް ހަމަޖެއްސުމަށް ލުބުނާނުގެ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން އިރާނުން ޤަބޫލު ނުކުރާ ކަމަށެވެ.

"ލުބުނާނުގެ ސަރުކާރުން އިރާނުގެ މަތިންދާބޯޓުތަކުގެ ބަދަލުގައި އެހެން ދަތުރުތަކެއް ހަމަޖައްސަން މަސައްކަތް ކުރަމުން ދެއެވެ. އަޅުގަނޑުމެން ޢާންމު ގޮތެއްގައި ލުބުނާނުގެ އެއަރލައިންތަކުން އިރާނަށް ދަތުރުތައް ފެށުމަށް މަރުޙަބާ ކިޔަމެވެ. އެހެން ނަމަވެސް އިރާނުގެ ދަތުރުތައް ކެންސަލްކުރާ ގޮތަށް ނޫނެވެ،" އޭނާ އިތުރުކުރެއްވިއެވެ.

އޭނާ ވިދާޅުވީ ބެއިރޫތުން "އިރާނުގެ އެއަރލައިން ތަކަށް ހުރަސް ނާޅާނަމަ" އިރާނުން ލުބުނާނު ސަރުކާރުގެ ޕްލޭނަށް ހަމަގައިމުވެސް އެއްބަސްވާނެ ކަމަށެވެ.

ސަފީރު ވިދާޅުވީ ދެ ޤައުމުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭތޯ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ ދަތުރުތައް ކެންސަލްކުރުމުގެ ސަބަބުން ލުބުނާނުގެ ފަސިންޖަރުން، ތެހެރާން އެއަރޕޯޓުގައި ހާލުގައި ޖެހި، އަދި އިރާނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ލުބުނާނުގެ މީހުންނަށް ދަތުރު ނުކުރެވި ތިބި ކަމަށެވެ.

އަމާނީ ފާހަގަކުރެއްވި ގޮތުގައި އިރާނުގެ ދަތުރުތައް ކެންސަލްކުރެވުނީ އިސްރާއީލުގެ ސަރުކާރުން ލުބުނާނަށް ދިން އިންޒާރާކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ލުބުނާނުގެ ރައްޔިތުންނަކީ އެމީހުންގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ބައެއް ކަމަށާއި އަދި އެއްވެސް ޤައުމަކުން، ޚާއްޞަކޮށް ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުން ދޭ އެފަދަ އިންޒާރު ގަބޫލު ނުކުރާނެ ކަމަށެވެ.

މިއީ "ޤަބޫލުކުރެވޭނެ ކަމެއް ނޫން" އަދި މިކަމުގެ ސަބަބުން ޢާންމު އިހުތިޖާޖު ތަކަށް މަގުފަހިވާނެ ކަން އޭނާ އިތުރުކުރެއްވިއެވެ.

އިރާނުގެ ސަފީރު އުންމީދު ފާޅުކުރެއްވީ މި މައްސަލަ އަވަހަށް ހައްލުވެ، އަދި ލުބުނާނުގެ ސަރުކާރުން ވިސްނުންތެރި ކަމާއެކު ޢަމަލުކުރާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ

ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ

27 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު