Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

ކައިހަވަޓްޒް އަށް ބޮޑު އަނިޔާއެއް. މި ސީޒަނުގައި ދެން ނުކުޅެވޭނެ

އަނިޔާއަށް ފަހު ކުރެވުނު އެސެސްމަންޓްތަކާއި ސްޕެޝަލިސްޓުންގެ ރިވިއުތަކުން ކަށަވަރުވެފައިވަނީ އެ އަނިޔާއަށް ސަރޖަރީއެއް ކުރަން ޖެހޭނެ ކަމަށެވެ. މި ސަރޖަރީ ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވޭނެއެވެ. ސަރޖަރީ ކުރުމަށްފަހު ގިނަ ދުވަސްތަކެއް ނުވަނީސް، ކައި އޭނާގެ ރިކަވަރީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމް ފަށާނެއެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2025 | ހުކުރު 08:50
އާސެނަލްގެ އެޓޭކިންގ މިޑްފީލްޑަރ، ކައި ހަވަޓްޒް އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުން

އާސެނަލްގެ އެޓޭކިންގ މިޑްފީލްޑަރ، ކައި ހަވަޓްޒް އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުން

އާސެނަލް އަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން އެޓޭކިންގ މިޑްފިލްޑަރު, ކައި ހަވަޓްޒް އަށް ބޮޑު އަނިޔާއެއްވެ، ދެން މި ސީޒަނުގައި އޭނާ ނުފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާސެނަލް އިން ވަނީ ހަވަޓްޒް 25, ފަލަމަސްގަނޑަށް އަނިޔާވެ، އޮޕަރޭޝަނެއް ކުރަން ޖެހިފައިވާކަން ހާމަކޮށްފަ އެވެ. އަދި މި ސީޒަނުގައި އާސެނަލް ކުޅެން 13 މެޗު އޮތްއިރު, އެ 13 މެޗުގައި ހަވަޓްޒް ނުފެންނާނެ ކަމަށް އާސެނަލް އިން ވަނީ ބުނެފަ އެވެ.

އާސެނަލް އިން އެ ކުލަބުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ހަވަޓްޒް އަށް ލިބުނު އަނިޔާއާއި ގުޅީގެން ފަހުން ހެދުނު އެސެސްމަންޓްތަކާއި ސްޕެޝަލިސްޓުންގެ ރިވިއުތަކުން ކަށަވަރުވެފައިވަނީ އޭނަގެ އެ އަނިޔާއަށް ސަރޖަރީއެއް ކުރަން ޖެހޭނެ ކަމަށެވެ. މި ސަރޖަރީ ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވޭނެކަމަށާއި ސަރޖަރީ ކުރުމަށްފަހު ގިނަ ދުވަސްތަކެއް ނުވަނީސް، ކައި އޭނާގެ ރިކަވަރީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމް ފަށާނެކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ޕްރޮގްރާމް ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާ ޕްރީ-ސީޒަން ތައްޔާރީތަކާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވޭކަމަށް ވެސް ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކްލަބުގެ އެންމެހާ ފަރާތްތަކުން ވަނީ ކައި ހަވްޓްޒްގެ އަނިޔާ ވީހާވެސް އަވަހަކަށް އެންމެ ފުރިހަމައަށް ރަނގަޅުވެ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް އަމާޒު ހިފާފައިކަމަށެވެ. އެގޮތުން ކުލަބާއި ކުލަބުގެ އެންމެހާ ފަރާތްތަކުން ކައި ހަވްޓްޒްއަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ކައި ހަވަޓްޒްއަށް އަނިޔާވެފައިވަނީ ޑުބާއީގައި ކުރިއަށް ގެންދިއަ ޓްރެއިނިންގް ކޭމްޕެއްގެ ގެތެރެއިންނެވެ. އަނިޔާވެފައިވަނީ އޭނާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށެވެ.

އާސެނަލްގެ ބަޔާނުގައި ވާގޮތުން ހަވަޓްޒް މުޅިން ފިޓުވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އައު ސީޒަނަށް ތައްޔާރުވުމަށް ކުޅޭ ޕްރި ސީޒަން މެޗުތަކަށެވެ. އޭގެ ކުރިން އޭނާއަށް މެޗެއް ނުކުޅެވޭނެއެވެ.

ޗެލްސީ ދޫކޮށް ހަވަޓްޒް އާސެނަލް އަށް ބަދަލުވީ 63 މިލިއަން ޔޫރޯ އަށް 2023 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އާސެނަލް އިން ހަވަޓްޒް ހޯދަން މަސައްކަތްކުރިއިރު, ޔޫރަޕްގެ ގިނަ ޓީމުތަކުންވެސް އޭނާއަށް ޝައުގުވެރިކަން އޭރު ފާޅުކުރި އެވެ. އަދި ގިނަ ހުށަހެޅުން ތަކެއް އައެވެ. އެހެން ނަމަވެސް ހަވަޓްޒް އިސްކުރީ އާސެނަލް އެވެ.

2023 ވަނަ އަހަރު އާސެނަލް އަށް ބަދަލުވި ހަވަޓްޒް ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 85 މެޗުގައި 29 ގޯލު ޖަހައިދީފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު