Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމާގެ މައްޗަށް ދަރަންޏެއް ސާބިތުވުން

މުހައްމާ ބީއެމްއެލް އިން ނެގި ލޯނަކަށް ނުދައްކާ 5.2 މިލިއަން ރުފިޔާ - މަހަކު 83،000ރ. ދައްކަން ޙުކުމްކޮށްފި

މި މައްސަލައިގައި ބޭންކުން ވަނީ މުހައްމާ ލޯނު ރަހުނު ކޮށްފައި އޮތް ހ. ފުރާތު ވިއްކާލުމުގެ ހުއްދައަށް ކުރިން އެދިފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ފެބުރުއަރީ 2025 | ހުކުރު 02:26
ބްރޯޑްކޮމްގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)

ބްރޯޑްކޮމްގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ދާދި ފަހުން އައްޔަންކޮށްފައިވާ މުހައްމަދު އަބްދުﷲ (މުހައްމާ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކާތީ މަހެއްގެ މައްޗަށް މަދުވެގެން 83،000ރ. ދައްކަން އޭނާގެ މައްޗަށް ޙުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން އެފަދައިން ޙުކުމް ކުރީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރިން އަދާކުރައްވާފައިވާ މުހައްމާގެ މައްޗަށް މި ފައިސާ ދައްކަން ޙުކުމް ކޮށްފައި ވަނީ އޭނާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، އެ ބޭންކުން ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅިގެން ކުރި ޙުކުމްގައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ޙުކުމުގައި މުހައްމާގެ މައްޗަށް އަމުރުކޮށްފައި ވަނީ މަހަކު މަދުވެގެން 83،000ރ. ދައްކާ, އޭނާ ނަގާފައިވާ ލޯނު ހަލާސްކުރުމަށެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ބީއެމްއެލް އަށް ނުދައްކާ 5.2 މިލިއަން ރުފިޔާ އޮތް އިރު އެ ފައިސާގެ އިތުރުން އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ ވެސް އޭނާ ދައްކަން ޖެހެއެވެ.

ސިވިލް ކޯޓުން ވަނީ އޭނާ ދައްކަން ޖެހެ ފައިސާ 2036 ވަނަ އަހަރުގެ މޭއިގެ ނިޔަލަށް ދައްކާ ޚަލާސްކުރުމަށް ޙުކުމް ކޮށްފައެވެ.

މި މައްސަލައިގައި ބޭންކުން ވަނީ މުހައްމާ ލޯނު ރަހުނު ކޮށްފައި އޮތް ހ. ފުރާތު ވިއްކާލުމުގެ ހުއްދައަށް އެދިފައެވެ.

އެހެންނަމަވެސް ދަރަނީގެ ފައިސާ ދެއްކުމަށް އޭނާ އެއްބަސްވާތީ ބޭންކުން ޝަރީއަތުގައި އެދުނީ އެ ފައިސާ ދައްކަން މުހައްމާ އަށް ފުރުސަތު ދިނުމަށެވެ. ސިވިލް ކޯޓުގެ ޙުކުމުން އެނގޭ ގޮތުން މުހައްމާ ވެސް ވަނީ މަހުން މަހަށް އެ ފައިސާ ދައްކާ ޚަލާސްކުރުމަށް އެދިފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ

02 މާރިޗު 2017
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
01 މާރިޗު 2017

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު