Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓެކްސީ ޚިދުމަތް

ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން އެމްޓީސީސީ އާ ހަވާލު ކުރި އިރު ހުސްވި ޑިސެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޚިދުމަތައް އެއްވެސް ކާރެއް ގެނައުމަށް ހަމަޖެހިފައި ނުވާކަމަށް

12 ފެބުރުއަރީ 2025 | ބުދަ 07:46

ސަރުކާރުން ފަށާ ޓެކްސީ ޚިދުމަތުގެ ޚަރަދު ވަކި ގޮތަކަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް ޓްރާންސްޕޯޓުން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2025 | ބުދަ 07:46
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން

ސަރުކާރުން ގްރޭޓަރ މާލޭ ސަރަހައްދުގައި ޓެކްސީ ޚިދުމަތް ފަށަން ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީ އާ އެކު އެއްބަސްވުމެއް ގައި ސޮއި ކުރި އިރު، މި ދިޔަ ޑިސެމްބަރު މަހު ބުނެފައިވަނީ ޓެކްސީ ޚިދުމަތް ފަށަން އެއްވެސް ކާރެއް ގެނައުމަށް ހަމަ ޖެހިފައި ނުވާ ކަމަށެވެ.

އަމިއްލަ ފަރާތަކުން އާރުޓީއައި ގެ ދަށުން ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހެޅި ސުވާލުތަކަށް 11 ޑިސެމްބަރު 2024 ގައި ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ މިހާތަނަށް މި ޚިދުމަތައް އެއްވެސް ކާރެއް ގެނެސްފައި ނުވާ ކަމަށާއި، އެ ހިސާބަށް ކާރު ހޯދަން އޯޑަރުވެސް ކޮށްފައި ނުވާ ކަމަށެވެ.

މިކަމަށް ޚަރަދު ހަމަޖެހިފައިވަނީ ކޮން ގޮތަކަށްތޯ ކުރި ސުވާލުގެ ޖަވާބުގައި ބުނެފައިވަނީ "އަދި ވަކި ގޮތެއް ހަމަޖެހިފައި ނެތް" ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުގެ ބަޖެޓު ވެސް އަދި ބޭރުގެ އެހީވެސް މިކަމަށް ހަމަ ޖެހިފައި ނުވާ ކަމަށެވެ.

ސަރުކާރުން އީވީ ޓެކްސީ ޚިދުމަތުގެ ނަމުގައި ޓެކްސީ ލައިނެއް ގްރޭޓަރ މާލޭ ސަރަހައްދުގައި ހިންގުމަށް އެމްޓީޓީސީ އާ ހަވާލު ކުރުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުން ބުނީ، 100 އިންސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ މި ޚިދުމަތަކީ މިހާރު ޓެކްސީ ޚިދުމަތް ހޯދުމުގައި ކުރިމަތިވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ސައުވީސް ގަޑިއިރުގެ ޚިދުމަތެއް ކަމުގައެވެ.

ބުދަ ދުވަހު އޮތް ރަސްމިއްޔާތުގައި ސަރުކާރުން ތައާރުފް ކުރާ ޓެކްސީ ކާރުތަކުގެ މަންޒަރުތައް ވެސް ވަނީ ދައްކާލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
14 އެޕްރީލު 2017

ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި

14 އެޕްރީލު 2017
ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
05 ފެބުރުއަރީ 2017

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް