Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓެކްސީ ޚިދުމަތް

ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފި

12 ފެބުރުއަރީ 2025 | ބުދަ 07:16

ސަރުކާރުން ބުނެފައިވަނީ މި ޚިދުމަތުގެ ސަބަބުން މިހާރު ޓެކްސީ ހިދުމަތް ހޯދުމުގައި ދިމާވާ ހުރިހާ މައްސަލަތަކެއް ހައްލުވެ، މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށެވެ.

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2025 | ބުދަ 07:16
2025 ފެބްރުއަރީ 12 ވަނަ ދުވަހު ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށުމަށް އެމްޓީސީސީ އާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ އަމީން

2025 ފެބްރުއަރީ 12 ވަނަ ދުވަހު ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށުމަށް އެމްޓީސީސީ އާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ އަމީން

ސަރުކާރުން އީވީ ޓެކްސީ ޚިދުމަތުގެ ނަމުގައި ޓެކްސީ ލައިނެއް ހިންގުމަށް އެމްޓީޓީސީ އާ ހަވާލު ކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރާސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަމީމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ އެވެ.

ފެށުނީއްސުރެ އަމިއްލަ ފަރާތްތަކުން ދެމުން އައި މި ވިޔަފާރީގެ ޚިދުމަތުގެ ތެރެއަށް ސަރުކާރުން ވަނީ، އެ ޚިދުމަތުގައި މަސައްކަތް ކުރަމުން އަންނަ އަމިއްލަ ފަރާތްތަކުން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށްނެވެ.

ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތް ފަށާއިރު، ޓެކްސީ ޚިދުމަތްދޭ ފަރާތްތަކުންނާއި ޑްރައިވަރުންގެ ޖަމްއިއްޔާގެ ފަރާތުން ސަރުކާރުގެ ކަމާ ބެހޭ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ތަމްސީލު ކުރާ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އާ ބައްދަލު ކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފައެވެ.

އެހެން ނަމަވެސް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީ އާ ހަވާލު ކުރި އިރު މި ކަންބޮޑުވުންތަކަށް އެއްވެސް ވަރަކަށް ސަރުކާރުން އިޖާބައެއް ދީފައެއް ނުވެއެވެ.

ސަރުކާރުން ބުނީ، 100 އިންސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ މި ޚިދުމަތަކީ މިހާރު ޓެކްސީ ޚިދުމަތް ހޯދުމުގައި ކުރިމަތިވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ސައުވީސް ގަޑިއިރުގެ ޚިދުމަތެއް ކަމުގައެވެ.

ޓެކްސީ ޚިދުމަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން އެމްޓީސީސީ އަށް ހަވާލު ކުރެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ބުދަ ދުވަހުގެ ރަސްމިއްޔާތުގައި ސައުދީ ދެއްކެވި ވާހަކައިގައި މިފަދަ ކޮންމެ ޚިދުމަތެއް ތައާރުފް ކުރެވޭ އިރު އެކަމުގެ މަގްސަދާ  ބެހޭ ގޮތުން ބަހުސް ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އެ ބަހުސަށް ދާން ބޭނުން ނުވާ ކަމުގައެވެ.

މި ރަސްމިއްޔާތުގައި ދެއްކި ޕްރެސެންޓޭޝަން ގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިހާރު މާލޭ ސަރަހައްދުގައި ދޭ ޓެކްސީ ޚިދުމަތުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ވާރޭ ވެހޭ އިރު ޓެކްސީ ނުލިބުމާއި، ކަނޑައެޅިފައިވާ އަގަށް ވުރެ ބޮޑު އަގު ދައްކަން ޖެހުމާއި، ބޭނުންވާ ވަގުތު ޚިދުމަތް ނުލިބުމާއި، ބޭނުންވާ ތަނަކަށް ނުދެވުމާއި، އިތުރު ފަރާތްތައް ކާރަށް އެރުވުމާއި، ސާފުތާހިރުކަން ކުޑަ ވުމާއި، ރައްކައުތެރި ކަމުގެ މައްސަލަ ހިމެނޭ ކަމުގައެވެ.

ސަރުކާރުން ބުނަނީ މި ތައާރުފް ކުރެވޭ ޓެކްސީ ލައިންގެ ސަބަބުން މާލޭގެ މަގުތަކަށް އިތުރުވަމުންދާ ވެހިކަލް ތަކުގެ މައްސަލަ އާއި ތޮއްޖެހުން ހައްލުވެގެން ދާނެ ކަމަށާއި މިހާރު އަމިއްލަ ފަރާތްތަކުން ދެމުން އަންނަ ޓެކްސީ ޚިދުމަތުގައި ދިމާވާ މައްސަލަތައް ކުރިމަތި ނުވާނެ ކަމަށެވެ.

ސަރުކާރުން ތައާރުފް ކުރާ ޓެކްސީ ޚިދުމަތުގައި ފުލްޓައިމްކޮށް އަދި ޕާޓް ޓައިމް ކޮށް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ބުނީ މި ޚިދުމަތް ފެށުނު ނަމަވެސް އަމިއްލަ ފަރާތްތަކުން މިހާރުވެސް ދެމުން ގެންދާ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
14 އެޕްރީލު 2017

ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި

14 އެޕްރީލު 2017
ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
05 ފެބުރުއަރީ 2017

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް