Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީގެ މުވައްޒަފުންގެ ބޯނަސް

އެޗްޑީސީގެ މުވައްޒަފުންގެ ބޯނަސް އަށްވާ ފައިސާގެ އަދަދު ސިސްޓަމް އިން ކުރިން ދެއްކި ނަމަވެސް މިހާރު އެ އަދަދު ފެންނާކަށް ނެތް!

11 ފެބުރުއަރީ 2025 | އަންގާރަ 04:33

އުސޫލެއްގެ ގޮތުން އެޗްޑީސީ އިން އަހަރީ ބޯނަސް ދެމުން އަންނަނީ އެ އަހަރެއްގެ ބޯނަސް ޖެހިގެން އަންނަ އަހަރު މުވައްޒަފުންނަށް ލިބޭ ގޮތަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ފެބުރުއަރީ 2025 | އަންގާރަ 04:33
އެޗްޑީސީ އޮފީސް ހުންނަ އިމާރާތް

އެޗްޑީސީ އޮފީސް ހުންނަ އިމާރާތް

ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މުވައްޒަފުންނަށް އަހަރަކު އެއްފަހަރު ދެމުން އައި ބޯނަސްގެ ތެރެއިން 2023 ވަނަ އަހަރުގެ ބޯނަސް އަދިވެސް ނުދޭކަން ހާމަވެއްޖެއެވެ.

އާއްމުކޮށް އަމަލުކުރާ އުސޫލަށް ބަލާއިރު އެޗްޑީސީ އިން އަހަރީ ބޯނަސް ދެމުން އަންނަނީ އެ އަހަރެއްގެ ބޯނަސް ޖެހިގެން އަންނަ އަހަރު މުވައްޒަފުންނަށް ލިބޭ ގޮތަށެވެ. އެ އެލަވަންސް ދެމުން ދަނީ އޯޓީ ފިޔަވާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ މުސާރައިގެ ނިސްބަތުން ބެލުމަށް ފަހު ކަނޑައަޅާ ވަކި މިންވަރެއް ހުރިހާ މުވައްޒަފުންނަށް ލިބޭ ގޮތަށެވެ. ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހުގެ ކުރިން ނިމިދިޔަ އަހަރުގެ އަހަރީ ބޯނަސް ސްޓާފުންނަށް ފޯރުކޮށްދިން ނަމަވެސް 2023 ވަނަ އަހަރީ ބޯނަސް މި ހިސާބަށް ވެސް މުވައްޒަފުންނަށް ފޯރުކޮށްދީފައެއް ނުވެއެވެ. ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން މުވައްޒަފުން އައީ ބޯނަސް ނުލިބި ލަސްވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement - newsAdvertisement

ހަމައެއާއި އެކު މި މައްސަލައިގައި ގޮތެއް ނިންމުމަށް ބާރު އެޅުމަށް އެޗްޑީސީގެ މުވައްޒަފުން އައީ އެ ކުންފުނީގެ މެނޭޖްމެންޓަށް ވަރަށް ބޮޑަށް ޕްރެޝަރކުރަމުންކަން ފާހަގަކުރެވެއެވެ. އެގޮތުން އެޗްޑީސީގެ އެކި ޑިޕާޓްމެންޓްތަކަށް ނިސްބަތްވާ މުވައްޒަފުން ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް އަމިއްލަ އަށް އިސްނަގައިގެން ވައިބަރ ގްރޫޕެއް އެކުލަވާލާ، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކުރުމަށް ފަހު ރާއްޖެއެމްވީ އާއި މައުލޫމާތު ހިއްސާކުރި މީހަކު ބުނި ގޮތުގައި އެ ވައިބަރ ގްރޫޕްގައި އެކުންފުނީގެ ގިނަ އަަދަދެއްގެ މުވައްޒަފުން ހިމެނެއެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމުން އަވަސްކުރުމަށް މުވައްޒަފުން ގޮވާލަމުން އައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެންކަމުން މުވައްޒަފުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރ ބޮޑުވެ، ނިމިދިޔަ މަހު އެކަމާއި ގުޅޭ ގޮތުން އެޗްޑީސީގެ ބޯޑުގައި މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމާފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. މުއުތަބަރު ގޮތަކަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2023ގެ އަހަރީ ބޯނަސް މުވައްޒަފުންނަށް ދިނުމަށް ނިންމާ އެކަމާއި ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީ އަށް ވަނީ ފޮނުވާފައެވެ. އަދި މިހާރު މުވައްޒަފުންނަށް ބޯނަސް ދިނުމުގެ މަރުހަލާ ހުއްޓިފައި އޮތީ ފިނޭންސް މިނިސްޓްރީ އާއި ހިސާބުން ކަމަށް ވެސް ވަނީ އެނގިފައެވެ. އެހެންނަމަވެސް ރަސްމީކޮށް އެ މައުލޫމާތު މުވައްޒަފުންނާ ހިއްސާކޮށްފައި ނުވާކަން ވެސް ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފައެވެ.

މި ނޫހަށް މައުލޫމާތު ދިން އިތުރު މީހަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ އެޗްޑީސީގެ ބޯނަސްއަށްވާ ފައިސާ ނަގާ ސަރުކާރުގެ އެހެނިހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ކުރިން ބޯނަސް އަށްވާ ފައިސާގެ އަދަދު ސިސްޓަމް އިން ދެއްކި ނަމަވެސް މިހާރު އެ އަދަދު ނުފެންނަ ކަމަށް އެޗްޑީސީގެ ފިނޭންސް ޑިޕާޓްމެންޓާއި ހަވާލާދީ އެ މައުލޫމާތު އެނގޭ މީހަކު ވަނީ ރާއްޖެއެމްވީ އަށް ކިޔާދީފައެވެ. އެކަމާއި ގުޅޭގޮތުން އެޗްޑީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އެޗްޑީސީން 2023 ވަނަ އަހަރުގެ ބޯނަސް ނުދީ 2024 ނިންމާލާފައިވާއިރު އެ ބޯނަސް ލިބޭނެކަމަށް އުންމީދުކޮށްގެން ތިބި އެތައް މުވައްޒަފުންނެއް ތިބީ އެކަމާއި މެދު މާޔޫސްވެފައެވެ.

މީގެ އިތުރުން އެޗްޑީސީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، ކުންފުނީގެ އޮޑިޓް ރިޕޯޓްވެސް އެކުލަވާލާ އާއްމުކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ 2023 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާވެސް އެ ކުންފުނިން ބާއްވާފައި ނުވާއިރު އެކަން ނުކުރާ ސަބަބެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ކޮންމެ އަހަރެއްގެ ވެސް އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް އެކުލަވާލަނީ ޖެހިގެން އަންނަ އަހަރެވެ. ކުންފުންޏަށް ލިބޭ ފައިދާ ދެނެގަނެ، ބޯނަސް ބަހަނީ ވެސް ޖެހިގެން އަންނަ އަހަރެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް އަހަރީ ބޯނަހުގެ ގޮތުގައި ޑަބަލް މުސާރަ ލިބެއެވެ. އެގޮތުން 2022 ވަނަ އަހަރު ވެސް 20،000ރ. އަށް ވުރެ ބޮޑު އަދަދެއް އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި ވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖޫން 2017

މެމްބަރު ޖައުފަރަށް ފައިސާގެ އެހީއެއްދިން ކަމަށް ބުނާ ވާހަކައަކީ ތެދެއް: ފެނަކަ

24 ޖޫން 2017
މެމްބަރު ޖައުފަރަށް ފައިސާގެ އެހީއެއްދިން ކަމަށް ބުނާ ވާހަކައަކީ ތެދެއް: ފެނަކަ
31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
17 މާރިޗު 2017

ޠައްޔިބު ހައްޔަރުކުރީ ކަޅުފައިސާގެ ވާހަކަ ދެއްކުމުން، އޭނާ ދޫކޮށްލަން ޖެހޭ: ރައީސް ނަޝީދު

17 މާރިޗު 2017
ޠައްޔިބު ހައްޔަރުކުރީ ކަޅުފައިސާގެ ވާހަކަ ދެއްކުމުން، އޭނާ ދޫކޮށްލަން ޖެހޭ: ރައީސް ނަޝީދު
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް