Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓްރާންސްފާ މާކެޓް

ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމަކީ ނުވާނެ ކަމެއް: މޮރީނިއޯ

ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވާން އުޅޭފަދަ އަޑުތަކެއް މީގެ ކުރިން ވަނީ ފެތުރިފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 16 ޖުލައި 2017 | އާދީއްތަ 12:00
ރެއާލް މެޑްރިޑުގެ ތަރި ރޮނާލްޑޯ

ރެއާލް މެޑްރިޑުގެ ތަރި ރޮނާލްޑޯ

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އެކުލަބާ ގުޅުމަކީ ނުވާނެ ކަމެއް ކަމަށާއި އޭނާ ޔުނައިޓެޑާ ގުޅޭނެކަމަށް ހީކޮށްގެން ނުވާނެ ކަމަށް އެކުލަބުގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މިދިޔަ ހޮނިހުރު ދުވަހު އެކުވެރިކަމުގެ މެޗެއްގައި އެލްއޭ ގެލެކްސީގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރިހޯދި މެޗައްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ، މިފަހަރުގެ ޓްރާންސްފާގައި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އަންނާނެ ކަމަށް ރިޕޯޓްތަށް ބުނިކަމުގައި ވީނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށާއި، އޭނާ އަކީ އޭނާގެ ކުލަބަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށޭވެ.

މޮރީނިއޯ ބުނެފައިވަނީ، ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭ ކަމަށް ބުނާ ވާހަކަތަކެއް ފެތުރުނު ކަމަށާއި ނަމަވެސް އެކަން އެގޮތަށް ވެދާނެ ކަމަށް އޭނާ އެއްވެސް އިރެއްގައި އުންމީދުވެސް ކޮށްފައި ނުވާ ކަމަށެވެ. މޮރީނިއޯ ބުނީ، ނުވާނެ ކަމަކަށް އުންމީދު ކޮށްގެން ހުރެ ވަގުތު ބޭކާރު ކޮށްލަން އޭނާ ބޭނުން ނުވާކަމަށެވެ.

ދާދި ފަހުން ސްޕެއިންގެ ޓެކްސް އޮފީހުން ރޮނާލްޑޯގެ މައްޗަށް 14.7 މިލިއަން ޔޫރޯއަށް މަކަރުހަދާފައިވާ ކަމަށްބުނާ މައްސަލައެއް ފެންމަތިކޮށްފައެވެ. ރިޕޯޓްތަށް ބުނާގޮތުން މި މައްސަލަ އާއި ގުޅިގެން ރޮނާލްޑޯ ވަނީ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ. ނަމަވެސް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރެއާލް މެޑްރިޑުން ވަނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރާނެ ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭ ކަމަށް ހަބަރު ފެތުރުމުން ބޮޑެތި ގިނަ ކުލަބުތަކަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ފްރާންސްގެ ޕީއެސްޖީ އިންވެސް ވަނީ ރޮނާލްޑޯގެ އޭޖެމްޓާއި ބައްދަލުކޮށްފައެވެ. މީގެ އިތުރުން އިނގިރޭސި ކުލަބު ޖެލްސީގެ ރައީސް ވެސް ވަނީ ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު