Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުތުއަރި މެރިން ޕޮރޮޓެކްޓެޑް އޭރިއާ

'ސަމްޕާ' ހިމާޔަތް ނުކުރެވޭތީ ޓުއަރިޒަމް މިނިސްޓްރީ އާއި އީޕީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ

9 ފެބުރުއަރީ 2025 | އާދީއްތަ 09:34

އޭނާ ފޮނުއްވި ސިޓީގައި ވަނީ 'ސައުތުއަރި މެރިން ޕޮރޮޓެކްޓެޑް އޭރިއާ' (SAMPA) ސަރަހައްދު ބެލެހެއްޓުން އަވަސްކުރުމަށް ގޮވާލައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ފެބުރުއަރީ 2025 | އާދީއްތަ 09:34
ފެހުރިއްސެއް ދޯންޏެއް ކައިރިން ދަނީ

ފެހުރިއްސެއް ދޯންޏެއް ކައިރިން ދަނީ

'ސައުތުއަރި މެރިން ޕޮރޮޓެކްޓެޑް އޭރިއާ' (SAMPA) އެކަށީގެންވާ ގޮތުގައި ހިމާޔަތް ނުކުރެވޭތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އަދި 'އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ'، އީ.ޕީ.އޭ ގެ އިސްފަރާތްތައް، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެދިވަޑައިގަންނަވައިފިއެވެ.

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެޑްރެސްކުރައްވާ އޭނާ ފޮނުއްވި ސިޓީގައި ވަނީ 'ސައުތުއަރި މެރިން ޕޮރޮޓެކްޓެޑް އޭރިއާ' (SAMPA) ސަރަހައްދު ބެލެހެއްޓުން އަވަސްކުރުމަށް ގޮވާލައްވާފައެވެ.

Advertisement - newsAdvertisement

31 ޖެނުއަރީ 2025 އިން ފެށިގެން އީ.ޕީ.އޭ އާއި 'SAMPA' ރޭންޖަރސް މިސަރަހައްދު ބެލުމުގައި ހަރަކާތްތެރިވާން ފަށާފައި ވީނަމަވެސް އެސަރަހައްދުގެ ބޮޑު ކަމުން، އެތަން ރަނގަޅަށް ބެލެހެއްޓޭނެކަން ޔަޤީން ނުކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިސަރަހައްދަށް މިވަގުތު ބޭނުންވަނީ އެޑެޕްޓިވް މެނޭޖްމަންޓް ސްޓްރެޓެޖީ އެއް ކަމަށާއި މީގެ ބޭނުމަކީ އުޅަނދުފަހަރުގެ އަދަދު މަދުކުރުމާއި، މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުން ކަމަށް ވެސް އޭނާ ވިދަޅުވިއެވެ. އަދި ފެހުރިހި ބެލުމަށް ހަރަކާތްތެރިވާ ފަތުރުވެރިކަމުގައި އުޅޭ އޮޕަރޭޓަރުންނަށް އިގްތިސާދީ ފައިދާ ދެމެހެއްޓެނިނިވި ގޮތެއްގައި ލިބިދިނުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ކަށަވަރުކުރުމެވެ. އެ ސަރަހައްދަކީ ހިމާޔަތް ކުރި ފަހުން "ފްރީ ރެއިޑް" ސަރަހައްދަކަށް ވާތީ، ސަރަހައްދުގައި އާމްދަނީ ހޯދުމަށާއި ފެހުރިބެލުމަށް އަންނަ ފަތުރުވެރިންގެ އަމަލުތައް ބަދަލުކުރުމަށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މެމްބަރު އިބްރާހިމް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ފުރަތަމަ ކަމަކަށް ރޭންޖަރުން މެދުނުކެނޑި މިސަރަހައްދު މޮނިޓަރ ކުރަންޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަދި ރޭންޖަރުން މެދުނުކެނޑި ސްޕޮޓް ޗެކިން ކުރުމުން، ވަގުތު ފާއިތުވަމުންދާ ވަރަކަށް ޓޫރިސްޓް އޮޕަރޭޓަރުންނާއި ޒިޔާރައްކުރާ މީހުންގެ އަމަލުތައް ބަދަލުވާނެ ކަމަށް ޤަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ވަގުތުން ޖޫރިމަނާ ކުރުމަށް ވުރެ ފައިދާހުރިވެސް ކަމެއް ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ސަމްޕާއަށް މިވަގުތު އެންމެ މުހިންމީ ދާއިމީކޮށް ސަމްޕާ ސަރަހައްދުގައި ހަރަކާތްތެރިވެވޭވެ ރޭންޖަރުންނާއި އެމީހުންނަށް ބޭނުންވާނެ ވަސީލަތްތައް ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މިވަގުތު 4 ރޭންޖަރުން ސަމްޕާ ސަރަހައްދުގައި ހަރަކާތްތެރިވިޔަސް މިއީ ސަމްޕާ ސަރަހައްދާ އަޅާބަލާއިރު މާބޮޑަށްވެސް މަދު އަދަދެއް ކަމަށް އޭނާ ވިދަޅުވިއެވެ. މީގެ އިތުރުން ދޮޅު އަހަރު ދުވަހުގެ މޮނިޓަރިންގ އަށްފަހު، ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަމްޕާ ސަރަހައްދު ބެލެހެއްޓުން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ މުހިއްމު ހިއްސާއެއް އަދާކުރަމުންދާ، މިސަރަހައްދުގައި ދިމާވަމުން މިދާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމަކަށް ވީހިނދު، އަދި މިކަންތައް ކުރުން ލަސްވެ ފަރުވާކުޑަކޮށްފިނަމަ، އިއާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ލިބިދާނޭކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި ޝާމިލްވާ ފަރާތްތައް ކަމަށްވާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އަދި 'އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ'، އީ.ޕީ.އޭ ގެ އިސްފަރާތްތައް، ރައްޔިތުންގެ މަޖިލިސްގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކޮށްދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ހަނިފަރު ބޭ ބަލަހައްޓަމުންދާފަދަ ހަރުދަނާ އުސޫލުތަކެއްގެ ދަށުން މިކަންތައް ކުރިއަށް ގެންދެވޭނޭގޮތެއް ހައްދަވައިދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރާއްޖޭގައި ފެހުރިހި ފެންނަ މައިގަނޑު އެއް ސަރަހައްދުކަމަށްވާ އދ. މާމިގިލީ ސަރަހައްދަކީ 'ސައުތުއަރި މެރިން ޕޮރޮޓެކްޓެޑް އޭރިއާ' (SAMPA)ގައި ހިމެނޭ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަހައްދެއްކަން މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ. މުޅި އަހަރު ތެރޭގައި ވެސް މިސަރަހައްދުން ފެހުރިހި ފެނުމުގެ އިތުރުން މިސަރަހައްދަކީ ފަރުގެ މުއްސަނދިކަމާއި، ފަރުގައި ދިރިއުޅޭ އެކި ބާވަތްތަކުގެ ދިރުންތަކުގެ ސަބަބުން، މާހައުލީ ގޮތުން ފާހަގަކުރެވޭ ތަނެއް ކަމަށް ވެސް މުޙައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ވެސް ހަމައެކަނި ފެހުރިހި ދެކިލުމަށްޓަކައި މިސަރަހައްދައް ޒިޔާރަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅުންހުރި ތަފާތު އެކި ދިރާސާތަކުގެ ބައެއް މައުލޫމާތު ވެސް އެ ސިޓީގައި ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްފައިވާ ނުކުތާތަކަކީ:

މި ސަރަހައްދު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ 'އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ'، އީ.ޕީ.އޭ އާ ކަމަށް ވާއިރު ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ބެލެހެއްޓުމާއި ދިމާވާ މައްސަލަތަކަށް ވެސް އެ ސިޓީގައި ވަނީ އަލިއަޅުވާލައްވާފައެވެ. ހަމައެހެންމެ އެ ސަރަހައްދުގައި އުޅަނދުފަހަރަށް ދުއްވެނީ އީޕީއޭއިން ހުއްދަ ނަގައިގެން ކަމާއި ސްޕީޑް ވަކި ވަރެއްގައި ބަހައްޓައިގެންކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ހުއްދަ އާންމުކޮށް ދެނީ ޓޫރިޒަމްގެ ބޭނުމަށް ދުއްވާ އުޅަނދުފަހަރަށް ކަމަށް ވެސް މުހައްމަދު އިބްރާހިމް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމަށް ވާއިރު އީޕީއޭއިން މިކަމަށް އުސޫލުތަކެއް ކަނޑައަޅާފައި ވީނަމަވެސް، އެތަނުން އެއްވެސް އުސޫލެއް އެ ސަރަހައްދަކު ނުހިނގުމުގެ އިތުރުން، އެސަރަހައްދުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުން ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ. އެއްތަނަކަށް ގިނަ އަދަދަކަށް ފަތުރުވެރިން އެއްވުމުގެ ސަބަބުން ދިމާވާނެ ހުރިހާކަމެއް މިސަރަހައްދުގައި ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން، ފަތުރުވެރިންގެ ދެމެދުގައާއި އަދި އެތަނަށް ޒިޔާރަތް ކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ގައިޑުންގެ ދެމެދުގައި ހިނގާ ހަމަނުޖެހުމުގެ އިތުރުން، އެކްސިޑެންޓުތަކުގައި ފަތުރުވެރިން މަރުވުންވެސް ހިމެނެއެވެ. މީގެ ނޭދެވޭ އަސަރު، 'ޓްރިޕް އެޑްވައިޒަރ' ކަހަލަ ފަތުރުވެރިން ރާއްޖެއާއިމެދު ފާޅުކުރާ ޝުއޫރުތައް ފެންނަން ހުންނަ އޮންލައިން ޕްލެޓްފޯމްތަކުން ދަނީ ފެންނަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް