Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭސް ސިޓީއަށް ސަލާންޖެހުން

ބޭސް ސިޓީއަށް ސަލާންޖަހަން މަޖުބޫރުކޮށްފި

8 ފެބުރުއަރީ 2025 | ހޮނިހިރު 15:11

އެސްޓީއޯއިން އާސަންދައަށް ބޭސް ނުލިބި ގަންނަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ފެބުރުއަރީ 2025 | ހޮނިހިރު 15:11
އާސަންދަ މެދުވެރިކޮށް ބޭސް ނުލިބި ސަލާންޖަހަންޖެހޭ ހާލަތަށް ވަނީ ގޮސްފައި

އާސަންދަ މެދުވެރިކޮށް ބޭސް ނުލިބި ސަލާންޖަހަންޖެހޭ ހާލަތަށް ވަނީ ގޮސްފައި

އެސްޓީއޯއިން ބޭސް ނުލިބި ބޭސް ސިޓީއަށް ސަލާންޖަހަން މަޖުބޫރުކޮށްފިކަމަށް އާންމުން ބުނަން ފަށައިފިއެވެ.

އެސްޓީއޯގެ ފާމަސީތަކުން ބޭސް ނުލިބި، ބޭސް ސިޓީތަކާއިގެން އެތައް ފާމަސީއަކަށް ދާންޖެހޭ ހާލަތަކަށް ކަންތައްތައް ވެއްޓިފައިވާކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި މިކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރަމުންދާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އެސްޓީއޯގެ ފާމަސީތަކުން ބޭސް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ބޭސް ހޯދުމަށް އެތައް ތަނަކަށް ދާންޖެހި، ވަގުތާއި ފައިސާ އިސްރާފުވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެސްޓީއޯ ބޭސް ފިހާރައިގައި ހޭދަކުރި ވަގުތުކޮޅުގެ ގޮތުގައި އެކްސްގައި އާންމު ފަރާތަކުން ކުރި ޕޯސްޓެއްގައި ބުނީ އުމުރުން ދުވަސްވީ ތިން މީހަކު، އެ މީހުންގެ ބޭސް ނުލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ސިޓީގައި އޮތް ހަތަރު ބޭހުން ދެ ބޭސް ނުލިބޭ ކަމަށާއި، މިއީ ކުރިން އެސްޓީއޯ ބޭސް ފިހާރައިން ވާކަމެއް ނޫން ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ސިއްހީ ނިޒާމް ޓަރޝަރީ ފެންވަރަށް ދާތަނެއް ނުފެންނަ ކަމަށެވެ.

މީގެ ކުރިން އާސަންދަ އަދި އެސްޓީއޯއިން ލިބޭ ބޭސްތައްވެސް އެންމެފަހުން ގަންނަންޖެހި، އެ ބޭސްތަ ނުލިބޭކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އެ ޝަކުވާތަކާއެކު އާންމު ފަރާތެއް ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ ޕްރޮބަޔޮޓިކް ކެޕްސޫލް އަކީ ރާއްޖެއިން ލިބޭ އެއްޗެސް ކަމަށާއި، ޓްރީޓޮޕް ހޮސްޕިޓަކުން ޑޮކްޓަރަށް ދައްކާފައި އެތަނުން ބޭސްނަގަން ދިއުމުން އާސަންދަ މެދުވެރިކޮށް ބޭސް ނުލިބޭ ކަމަށާއި، އެސްޓީއޯ ފާމަސީއަށްދިއުމަށް އެންގި ކަމަށެވެ. ނަމަވެސް އެސްޓީއޯ ފާމަސީގައިވެސް އެ ބޭހެއް ނެތް ކަމަށާއި، އާސަންދަ މެދުވެރިކޮށް ރާއްޖެއިން މިހާރު އެ ބޭހެއް ނުލިބޭކަމަށް އެމީހާ ވަނީ ބުނެފައެވެ. އަދި އެ ބޭސް އާސަންދައިން ނަގާނަމަ ގެންނަން ޖެހޭނީ ބޭރުން ކަމަށްވެސް އެސްޓީއޯ ފާމަސީއިން ބުނެފައިވާކަމަށް ވީޑިއޯ ހިއްސާކުރި މީހާ ވަނީ ބުނެފައެވެ.

އެސްޓީއޯއިން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައި ނުވިނަމަވެސް، ބޭސް ސްޓޮކް ހުސްވުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ކުންފުނީގެ އިސް މުވައްޒަފުން ބުނެފައިވެއެވެ.

މި މައްސަލައަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައަކަށްވެފައި، އަވަސް ހައްލެއް ގެނައުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ. ޚާއްސަކޮށް ދާއިމީ ބޭސް ބޭނުންކުރަންޖެހޭ ފަރާތްތަކަށް މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދައްވަމުން ދާކަން އާންމު ރައްޔިތުން ފާހަގަ ކުރަމުންދާއިރު، އެމްޑީޕީ ސަރުކާރުން 2023 ވަނަ އަހަރު އާސަންދަ  އާއި އެންސްޕާ އަށް 2.2 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު 2024 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އަދި އިތުރަށް 200 މިލިއަން ރުފިޔާ މުއިއްޒުގެ ސަރުކާރުން ހޭދަ ކުރި އިރު ދިވެހި ރައްޔިތުން އުޅެން ޖެހެނީ ބޭސް ސިޓީ އަށް ސަލާން ޖަހަން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ޖޫން 2017

އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ

14 ޖޫން 2017
އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ
11 ޖޫން 2017

އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭނެކަމަށް ޝެއިހު އިމްރާންވެސް ގޮވާލައްވައިފި!

11 ޖޫން 2017
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭނެކަމަށް ޝެއިހު އިމްރާންވެސް ގޮވާލައްވައިފި!
30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
29 މެއި 2017

ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!

29 މެއި 2017
ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!
18 މެއި 2017

ނަގޫރޯޅިއެރުމުން ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސްގެ ވަފްދެއް އައްޑޫ ސިޓީއަށް

18 މެއި 2017
ނަގޫރޯޅިއެރުމުން ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސްގެ ވަފްދެއް އައްޑޫ ސިޓީއަށް
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް