Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވިހާފައި ދަރިފުޅާއި މަންމަ މަރުވުން

ހޮސްޕިޓަލުގައި ވެސް އެއަރ އެމްބިއުލާންސްގައި ވެސް ފަރުވާ ދެވޭނެ ގޮތެއް ނެތި، މަންމައާއި ދަރިފުޅު މަރު

ޝިއުނާ ގއ.އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައީ މިމަހުގެ 4 ވީ އަންގާރަ ދުވަހުގެ ރޭ ކަމަށާއި އަރިދަފުސް އަޅައި ނޭވަޔަށް އުނދަގޫ ވާތީ ކަމަށެވެ. ޝިއުނާގެ ބަނޑަށް ކިރިޔާ 8 މަސް ވެފައިވާތީ، އެޑްމިޓް ކޮށްގެން ފަަރުވާ ދިނުމަށް އާއިލާއިން ޑޮކްޓަރުންގެ ކިބައިން އެދުނެއެވެ. ނަމަވެސް އެތެރެ ހަށީގެ ޑޮކްޓަރު ބެލުމަށްފަހު މާ ބޮޑު މައްސަލައެއް ނެތް ކަމަށް ބުނެ، އެކަށީގެންވާ ފަރުވާ ނުދީ ޝިއުނާ ދޫކޮށްލި ކަމަށާއި، މާބަނޑު ނަމަވެސް ގައިނީ ޑޮކްޓަރަށް އަންގާފައިނުވާކަމަށް އޭނާ ބުންޏެވެ. ޝިއުނާއަށް ފަރުވާ ދޭން ފަށާފައިވަނީ ނޭވާނުލެވި، ހޮސްޕިޓަލަށް ވެއްޓުމުންނެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 6 ފެބުރުއަރީ 2025 | ބުރާސްފަތި 08:42
ގއ.ވިލިނގިލީ- ފައިލް ފޮޓޯ

ގއ.ވިލިނގިލީ- ފައިލް ފޮޓޯ

ގއ ވިލިނގިލީ، ޒަމާނީވިލާ ޝިއުނާ ތައުފީގު ދިޔައީ ތިން ވަނަ ދަރިފުޅު ވިހެއުމަށް ތައްޔާރުވަމުންނެވެ. އެ އާއިލާ މެމްބަރުން ވެސް ތިބީ އެއާއިލާއަށް އިތުރުވާ އައު މެމްބަރަށް މަރުހަބާ ކިޔުމަށް ކެތްމަދުވެފައެވެ. ނަމަވެސް މުޅި އާއިލާއަށް އަނދިރިކަން ލިބިގެންދިޔައީ ޝިއުނާއާއި، ދުވަސް ނުފުރި ވިހެއި ކުއްޖާ މަރުވުމާއި ގުޅިގެންނެވެ.

މިހާދިސާ ހިނގި ގޮތް ޝިއުނާގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ސުނިލް ތައުފީގު ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

ސުނިލް ކިޔައިދިން ގޮތުގައި ޝިއުނާ ގއ.އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައީ މިމަހުގެ 4 ވީ އަންގާރަ ދުވަހުގެ ރޭ ކަމަށާއި އަރިދަފުސް އަޅައި ނޭވަޔަށް އުނދަގޫ ވާތީ ކަމަށެވެ. ޝިއުނާގެ ބަނޑަށް ކިރިޔާ 8 މަސް ވެފައިވާތީ، އެޑްމިޓް ކޮށްގެން ފަަރުވާ ދިނުމަށް އާއިލާއިން ޑޮކްޓަރުންގެ ކިބައިން އެދުނެއެވެ. ނަމަވެސް އެތެރެ ހަށީގެ ޑޮކްޓަރު ބެލުމަށްފަހު މާ ބޮޑު މައްސަލައެއް ނެތް ކަމަށް ބުނެ، އެކަށީގެންވާ ފަރުވާ ނުދީ ޝިއުނާ ދޫކޮށްލި ކަމަށާއި، މާބަނޑު ނަމަވެސް ގައިނީ ޑޮކްޓަރަށް އަންގާފައިނުވާކަމަށް އޭނާ ބުންޏެވެ.

ޝިއުނާއަށް ފަރުވާ ދޭން ފަށާފައިވަނީ ނޭވާނުލެވި، ހޮސްޕިޓަލަށް ވެއްޓުމުންނެވެ.

އޭގެފަހުން އިތުރަށް ހާލު ސިރިއަސްވެ، ގދ.ތިނަދޫއިން ޑޮކްޓަރަކު އައުމުން ބުދަ ދުވަހުގެ ހަވީރު ސިޒޭރިއަން ހަދައި ދަރިފުޅު ނެގިއެވެ. ނަމަވެސް ހޮސްޕިޓަލްގައި ދަރިފުޅަށް ދޭނެ ފަރުވާ ނެތް ކަމަށާއި، އެއިރުން ފެށިގެން ވީހާވެސް އަވަހަށް މާލެއަށް ފޮނުވާ ދިނުމަށް އާއިލާއިން ދިޔައީ އެދެމުން ދިޔަ ކަމަށް ސުނިލް ބުންޏެވެ.

ނަމަވެސް އާސަންދަ ހަމަނުޖެހި ދިޔައީ ލަސްވަމުންނެވެ. އަވަހަށް ފުރޭނެ ގޮތެއް ނުވެ ލަސްވަމުންދާތީ އާއިލާއިން ގިނަ މަސައްކަތްތައްކޮށް، ބުދަ ދުވަހުގެ ރޭ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކޮށްގެން ގެންނަކަމުގެ މައުލޫމާތް ލިބުނެއެވެ. އެ ދެމައިން ފޮނުވާލުމުގެ މަސައްކަތްކޮށް، ބުދަ ދުވަހުގެ ރޭ ސިއްހީ ޚިދުމަތްތެރިންނާއެކު ކޫއްޑޫއަށް ގެންދިޔައެވެ. ނަމަވެސް އެއީ އެއަރ އެމްބިއުލޭންސްއެއް ނޫން ކަމަށާއި، އޭގައި ބަލި މީހާއަށް ފަރުވާ ދޭވޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައިނުވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ޝިއުނާ ވެސް އޭނާގެ ދަރިފުޅު ވެސް މަރުވެފައިވަނީ ރަންވޭގައި އޮކްސިޖަން ހުސްވުމުންނެވެ. އަދި އެކަން އާއިލާއަށް ސިއްރުކޮށްފައިވާ ކަމަށް ވެސް ސުނިލް ބުނެފައިވެއެވެ.

ޝިއުނާ މަރުވިއިރު، އޭނާގެ 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިން ވެސް އެބަތިއްބެވެ. އެކުދިންގެ މަންމަގެ ކުއްލި މަރާއެކު، އެކުދިންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

މީގެ އިތުރުން މިއީ ބޮޑު އިހުމާލެއް ކަމަށް ބުނެ، ވިލިނގިލީގެ ރައްޔިތުން ވެސް ދަނީ އިންސާފަށް ގޮވާލަމުންނެވެ.

މިމައްސަލައާ ގުޅިގެން ވިލިނގިލީ ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިމައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2019

ދެވޭނެ ބޭހެއް ކުރެވޭނެ ފަރުވާއެއް ނެތް

20 ޖެނުއަރީ 2019
ދެވޭނެ ބޭހެއް ކުރެވޭނެ ފަރުވާއެއް ނެތް
01 ޖެނުއަރީ 2019

މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ފަރުވާ ނުދެވި ހާހަކަށް ވުރެ ގިނަ މީހުން މަގުމަތީގައި

01 ޖެނުއަރީ 2019
މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ފަރުވާ ނުދެވި ހާހަކަށް ވުރެ ގިނަ މީހުން މަގުމަތީގައި
22 ސެޕްޓެމްބަރު 2018

ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

22 ސެޕްޓެމްބަރު 2018
ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ
12 އެޕްރީލު 2018

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

12 އެޕްރީލު 2018
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!
30 ޑިސެމްބަރު 2017

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017
2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު