Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްތުވާ ތަކެތި

މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ފަރުވާ ނުދެވި ހާހަކަށް ވުރެ ގިނަ މީހުން މަގުމަތީގައި

ފަރުވާ ނުފެށި ގާތްގަނޑަކަށް 1874 މީހުން ތިބި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖެނުއަރީ 2019 | އަންގާރަ 12:56
މަސްތުވާތަކެތި ނައްތާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ

މަސްތުވާތަކެތި ނައްތާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައެވެ. ގިނަ އަދަދެއްގެ ޒުވާނުން އެ ވަބާގައި ޖެހެމުންދާއިރު، އެ ކުދިން އަލުން އަނބުރައި މުޖުތަމައަށް ނެރުމަށް ގާއިމުކޮށްފައިވާ ފަރުވާ ދިނުމުގެ ނިޒާމު ބަލިކައްޓެވެ. އެހެންވެ، ފަރުވާއަށް އެދި އެތައް ސަތޭކަ ޒުވާނުންނެއް މިއަދު ވެސް ކިޔޫގައި އެބަ ތިއްބެވެ. މި ދަރަޖައަށް ދިޔައީ އެކަށީގެންވާ ވަސީލަތްތަކާއި ސެންޓަރުތައް ޤާއިމުވެފައި ނެތުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

"އެކަން ހައްލު ކުރަން ކުރެވޭނެ ކަމަކީ ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުން. އެއީ ތަނުގެ ގޮތުން އަދި ވަސީލަތްތަކުގެ ގޮތުން. ދެން ފަރުވާ ދިގުދެމިގެންދަނީ ބެލެވޭ ގޮތުގައި އެކަށޭނަ ވަސީލަތްތައް ހަމަޖެހިފައި ނެތީމަ. އެއީ ނޭޝަނަލް ޑްރަގް އެޖެންސީގަ މައްސަލަ އޮތް ބޮޑު ކުޑަ މިނަށް ބަލާފައި އެއަށް ކެޓަރ ކުރެވޭ ވަރަށް މުވައްޒަފުން ހަމަޖެހިފަ ނެތީމަ ކަމަށް ޤަބޫލުކުރެވޭ" ފަރުވާ ލަސްވާ ސަބަބާ މެދު ވާހަކަ ދައްކަވަމުން ޑްރަގް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ފާތިމަތު ތައުފީޤު ވިދާޅުވިއެވެ.

ފާތިމަތު އިތުރަށް ވިދާޅުވީ، ކޮންމެ އަހަރެއްގައިވެސް އެތަކެއް މައްސަލަތަކެއް ޑްރަގް ކޯޓަށް ހުށައެޅޭ ކަމަށާއި، ފަރުވާއަށް ހުކުމްކޮށް މިހާރުވެސް ފަރުވާ ނުފެށި ގާތްގަނޑަކަށް 1874 މީހުން ތިބި ކަމަށެވެ.

މަސްތުވާތަކެތީގެ ފަރުވާއަށް ކޯޓުން އަމުރުކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ރެސިޑެންޝަލް ރިހެބިލިޓޭޝަން ސެންޓަރަކަށް ރާއްޖޭގައި ހުރީ އެންމެ ސެންޓަރެކެވެ. ޑިޓޮކްސިފިކޭޝަން ސެންޓަރުތަކާއި ކޮމިއުނިޓީ ސެންޓަރުތައް ހުރި ނަމަވެސް އެތަންތަނަށް ވެސް ނުކަތާ މިންވަރަށް، ފަރުވާ އަށް އެދޭ މީހުންނާއި، ކޯޓުގެ އަމުރުގެ ދަށުން ފަރުވާ ދޭންޖެހޭ މީހުން އެބަ ތިއްބެވެ.

"އެހެންވީމަ އެއަށްވުރެ އިތުރަކަށް އެއްފަހަރާ ނުފޮނުވޭނެތާ. އެތަނުން ނިމިގެން އަންނަ ވަރަކަށް ދެން ތިބި މީހުން ފަރުވާއަށް ފޮނުވެނީ. އެންމެ ރިހެބެއް ހުންނައިރު އަދި ކޮންމެ ދުވަހަކުވެސް އެހާ ގިނަ މީހުންގެ އަމުރުތައް އަންނައިރު، ފަރުވާ ދިނުން ލަސްވަނީ ރިހެބުން ޖާގަ ލިބުން ލަސްވާތީ،" ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ހަސަން ޝަހީލް ވިދާޅުވި އެވެ.

ނެޝަނަލް ޑްރަގް އެޖެންސީން ދޭ ފަރުވާ މައިގަނޑު ތިން ބަޔަކަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން ޑީޓޮކްސިފިކޭޝަނާއި ކޮމިއުނިޓީ ފަރުވާ ދޭން ސެންޓަރުތައް ހުރި ނަމަވެސް، ފަރުވާގެ މައިގަނޑު ބައި ކަމަށްވާ ރިހެބްގައި 24 ގަޑިއިރު ބަހައްޓައިގެން ފަރުވާ ދިނުމަށް ރާއްޖޭގައި ހުރީ އެންމެ މަރުކަޒެކެވެ. އެ މަރުކަޒު ހުންނަނީ ކ.ހިންމަފުށީގައެވެ.

މިހާރު އޮންނަ އުސޫލަކީ ޖާގަ ނުލިބިގެން ފަރުވާ ލަސްވާނަމަ ޝަރުތުތަކެއް ކޮށްފައި މުޖުތަމައަށް ދޫކޮށްލުމެވެ. އެކި ސަބަބުތަކާހުރެ ފަރުވާ ލަސްވި ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާދޭންޖެހޭ މީހުން އެ ލަސްވާ މުއްދަތުގައި ބައިތިއްބަން އެކަށީގެންވާ ރިމާންޑް ސެންޓަރުތަކެއް ޤާއިމުކުރަން ޖެހޭނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބުނެއެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް އެފަދަ ރިމާންޑް ސެންޓަރެއްވެސް ޤާއިމުކުރެވިފައި ނެތެވެ.

އިތުރަށް ކިޔާލަން

06 މެއި 2019

ކާބޯތަކެތީގެ އަގު އުފުލެނީ ސިޔާސަތު ދޯދިޔާވުމުންތަ!؟

06 މެއި 2019
ކާބޯތަކެތީގެ އަގު އުފުލެނީ ސިޔާސަތު ދޯދިޔާވުމުންތަ!؟
08 ފެބުރުއަރީ 2019

ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!

08 ފެބުރުއަރީ 2019
ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!
20 ޖެނުއަރީ 2019

ދެވޭނެ ބޭހެއް ކުރެވޭނެ ފަރުވާއެއް ނެތް

20 ޖެނުއަރީ 2019
ދެވޭނެ ބޭހެއް ކުރެވޭނެ ފަރުވާއެއް ނެތް
12 އެޕްރީލު 2018

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

12 އެޕްރީލު 2018
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!
01 އެޕްރީލު 2018

މުދާ އުފުލުމަށް ގެނައި ބަދަލާއި އެކު، ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު!

01 އެޕްރީލު 2018
މުދާ އުފުލުމަށް ގެނައި ބަދަލާއި އެކު، ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު