Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހަގީގަތް ބަލަން ބޭނުންވި ނަމަ މަންޒަރު ބަލާނީ ހަމަ ބިމައް ތިރިވެ ތިބިގެންނެވެ!

އިދިކޮޅު އެމްޑީޕީން ބޭއްވި ހިނގާލުން އެހާ ރީތިކޮށް ގޮސް ނިމުނީ ސަރުކާރުގެ ހެޔޮ ކަމަކުން ނޫނެވެ. އެއީ އެއްވުން އިންތިޒާމްކުރި ފަރާތުން ސަރުކާރުން އެދުނު ގޮތަށް އެދުނު މަގު ތަކަކުން ހިނގާލުން ކުރިއަށް ގެންގޮސް ނިންމާލީމައެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2025 | އާދީއްތަ 10:49
1 ފެބުރުއަރީ 2025 ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން މާލޭ ގައި ބޭއްވި 'ފުނޑިއްޖެ ފުދިއްޖެ' ހިނގާލުމުގެ ތެރެއިން

1 ފެބުރުއަރީ 2025 ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން މާލޭ ގައި ބޭއްވި 'ފުނޑިއްޖެ ފުދިއްޖެ' ހިނގާލުމުގެ ތެރެއިން

ޖެނުއަރީ 31 ވަނަ ދުވަހު އެމްޑީޕީއިން އިންތިޒާމްކުރި އެއްވުމަށް މީހުން ޖަމާވާން ފެށުމާއެކު ސަރުކާރުން އުޅެގަތީ ބޯހިމެނުމުގައެވެ. ޑްރޯންތައް މައްޗަށް އަރުވައިގެން އެއްވަމުން އައި މީހުންގެ އަދަދު ބެލުމުގައެވެ. ސަރުކާރުން ހީކުރި ގޮތާ ހިލާފަށް ގިނަ އަދަދެއްގެ ބަޔަކު މި އެއްވުމަށް ނުކުތުމާއެކު ސަރުކާރުން މަސައްކަތް ފެށީ އެއްވުމުގެ މަންޒަރު އެހެން ގޮތަކަށް ބަދަލުކުރާށެވެ. މާލެ ވެސް ކަނޑުގައި ޖަހާފައި އިން ވެލި ފުކެއް ވަރަށް ކުޑަވަންދެން މައްޗަށް އެރުވި ޑްރޯންތަކުން އެއްވުމުގެ އެކިތަންތަންކޮޅުން ނެގި ފޮޓޯތަކުން ދައްކަން ބޭނުންވީ ކުޑަކުޑަ ކްރައުޑެއް ކަމެވެ. މަދު މީހުންކޮޅެއް ކަމެވެ. ހަގީގަތް ބަލާކަށް ބޭނުމެއް ނޫނެވެ. އެ ހިތްވަރެއް ވެސް ނެތެވެ. ބޭނުންވަނީ ހިތްހަމަ ޖެހުން ހޯދަން އަމިއްލަ ނަފްސަށް ވެސް އޮޅުވާލާށެވެ. ހަގީގަތް ބަލަން ބޭނުންވި ނަމަ މަންޒަރު ބަލާނީ ހަމަ ބިމައް ތިރިވެ މުޒާހަރާ ކުރި މީހުންނާ އެއް ހަމަ އެއްގައި ތިބެއެވެ.

އެތައް ހާސް މީހުން މަގުމައްޗަށް ނުކުމެ އުޅެނިކޮށް ކޮންމެވެސް ބޭފުޅަކު ޑްރޯން ފޮޓޯ ނަންގަވާ ބޮލަކުން ބޮލަކުން ގުނައިފިން ކަމަށާއި އެތަނުގައި ތިބީ 350 މީހުން ކަމަށް ރައީސް އަށް ދެންނެވި ކަމަށް ވެއެވެ. ރައްޔިތުން އެ އެއްވުމަކަށް ނުދާ ކަމަށާޢި ތަރުހީބެއް ނެތް ކަމަށް ދެއްކޭތޯ އިންތިހާ އަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. މިއީ އަބަދުވެސް ދިވެހި ތާރީޚުގައި ކަން ހިނގާ ގޮތެވެ. ވެރިންނަށް އަރިސް ބޭކަލުން ދައްކާނީ މުޅިން އެހެން މަންޒަރެކެވެ. ވެރިޔާ ހިތްޕުޅާވާ މަންޒަރެވެ. ދަންނަވާނީ ވެރިޔާގެ ކަންފަތްޕުޅަށް ފަސޭހަ ވާހަކަތަކެވެ.

ކޮންމެއަކަސް މި ހިނގާލުން ވެގެން ދިޔައީ ސަރުކާރުގެ ހިތައް ތަދުވި ސަރުކާރުގެ ލަގޮނޑިއަށް ބާރުކުރި ހިނގާލުމަކަށެވެ. އެކަން އެންމެ ބޮޑަށް ސާފުވެގެން ދިޔައީ ސަރުކާރުން މަހުއެތިކޮޅު ދޭ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ކުރަމުންދިޔަ ޕޯސްޓްތަކުންނެވެ. ދައްކަމުންދިޔަ ވާހަކަތަކުންނެވެ. ތިމާމެން ކޮވިޑް ގެ ހާލަތުގައި ވެސް މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށް ފުލުހުން ގަޔަށް ހައްޕުނޑު ޖަހާ، އަދި ރައީސް ސޯލިހްގެ ކާރު ކޮޅަށް އަރައިގަނެ މިނިސްޓަރުންގެ ގެކޮޅު ކައިރިއަށް އެއްވެ ހަޑިހުތުރު އެއްޗެހި ގޮވާ, އަވައްޓެރި ގައުމުތަކުގެ ވެރިންގެ ކާޓޫނު ހަދާ ހަޖޫޖަހާ މަލާމާތްކޮށް ހެދި ދުވަސް އެއީ ނުވެސް ދެނަހުރި ކަމަކަށް ހަދާ، ދައްކަމުން ދިޔައީ އެމްޑީޕީ މުޒާހަރާ ގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫވާ ވާހަކައެވެ. ޤައުމުގެ މަސްލަހަތު ނަގާލަން ބަޔަކު އުޅޭ ވާހަކައެވެ. ޓްރެފިކަށް ދަތިވާ ވާހަކައެވެ. އެއާ އެކު ހަމަ އިރުއިރުކޮޅާ އެއްވުމަށް މީހުން ނުނިކުންނަ ވާހަކަވެސް ބުނެއެވެ. އަޖައިބެކެވެ. މަގުމައްޗަށް މީހުން ނުނިކުތްނަމަ، އެއްވުމުގައި ބަޔަކު ނެތްނަމަ މިދައްކަނީ ކޮން އުނދަގުލެއްގެ ވާހަކަ އެއް ހެއްޔެވެ؟

ރައްޔިތުން ނުކުތީ ސަރުކާރަށް އަޑު އިއްވާށެވެ. ސަރުކާރުގެ ވައުދުތައް މަތިން ހަނދާން ކޮށްދޭށެވެ. 50 ބިލިއަންގެ ބަޖެޓަށް ވީގޮތާމެދު ސުވާލު ކުރާށެވެ. ސަރުކާރަށް ނުރުހޭކަން ހާމަކުރާށެވެ. އިހްލާސްތެރިކަމާއެކު ކަމެއް ކުރަން ސަރުކާރުން ބޭނުންވި ނަމަ ކުރާނެ ކަމަކީ ރައްޔިތުންގެ އަޑު އެހުން ނޫންތޯއެވެ. ހަގީގީ މަންޒަރު ބެލުން ނޫންތޯއެވެ. ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބު ދިނުން ނޫންތޯއެވެ. މަގުތައް ފުރެންދެއް ނުކުތް ދިވެހި ރައްޔިތުންނަކީވެސް ހަމަ މި ޤައުމުގެ ދިވެހި ރައްޔިތުން ކަމާއި، ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ލިބިދޭންޖެހޭ ކޮންމެ ހައްގެއް ފުރިހަމައަށް ދޭންޖެހޭ މީހުންކަން ގަބޫލުކޮށް ޖަވާބުދާރީވުން ނޫންތޯއެވެ. ނަމަވެސް މި އެއްވުމާ ގުޅިގެންވެސް ސަރުކާރުން ދައްކަމުން ދާތީ ފެންނަނީ ގަދަ ކަމެވެ. ސަރުކާރުގެ ފުށުން ފެންނަނީ ގޮތް ދޫނުކުރުމާއި ނޭއްގާނީ ކަމެވެ. ސަރުކާރުގެ އަމަލްތަކުން ފެންނަނީ ރައްޔިތުންނަށް ގޮންޖަހަމުން ދާ ތަނެވެ. މަންޒަރު އޮޅުވާލަން މަސައްކަތް ކުރާ ތަނެވެ. ކަމެއް ގޯހުން ދާކަން ގަބޫލުކުރުމެއް، ކަންކަން ރަނގަޅުކުރަންޖެހޭކަން ގަބޫލުކުރުމެއް ނެތެވެ. ރައްޔިތަކަށް ފައިދާހުރި އެއްވެސް ކަމެއް ކޮށްނުދީ އެއް އަހަރު ބޭކާރު ކޮށްލެވިއްޖެކަން ގަބޫލުކުރުމެއްވެސް ނެތެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަމުން ދިޔަތަން ފެނުނީ މި އެއްވުމުންވެސް ކްރެޑިޓެއް ނެގޭތޯއެވެ. ސަރުކާރުގެ މާތްކަމާއި އޯގާތެރިކަމާއި މަގުމައްޗަށް ނުކުތް މީހުންނަށް ފުލުހުން ކުރިމަތި ނުލީކަމާއި ކަރުނަ ގޭސްކޮޅެއްވެސް ޖަހާނުލާ އިދިކޮޅު ޕާޓީއިން ބޭއްވި ހިނގާލުން އޮމާންކަމާއެކު ނިންމާލަން އެއްބާރުލުން ދީ ފުރުސަތު ދިން ވާހަކަ ދައްކައިގެން އެކަމުގެ ކްރެޑިޓްވެސް ނެގުމެވެ.

ގަބޫލްފުޅު ކުރައްވާށެވެ. އިދިކޮޅު އެމްޑީޕީން ބޭއްވި ހިނގާލުން އެހާ ރީތިކޮށް ގޮސް ނިމުނީ ސަރުކާރުގެ ހެޔޮ ކަމަކުން ނޫނެވެ. ހިނގަންވީ މަގުތައްވެސް ކަނޑައެޅީ ސަރުކާރުންނެވެ. އެކަމުގައިވެސް މިނިވަން ކަމެއް ނެތެވެ. މަގުގައި ހިނގަންޖެހޭނީ ވެސް ވަކި ރޮނގެއްގެ މަތިންކަން އޮތީ ކަނޑައަޅާފައެވެ. މަގުގައި ހިނގުމުގައިވެސް މިނިވަން ކަމެއް ނެތެވެ. މުޅި މާލެ އޮތީ ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ. އެއްވުމަށް ނުދާން މުވަައްޒަފުންނަށް އެކި ގޮތްގޮތުން ދިޔައީ އަންނަގަމުންނެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް ރާއްޖެއަށް ހެޔޮ ގޮތް އެދޭ އެތައް ހާސް މީހުން މަގުތަކަށް ނުކުތް އިރު މަގުތަކުގެ ދުވާރު މަތީގައި ތިބި މީހުންވެސް އިމާރާތްތަކުގެ ކުޑަދޮރުތަކުން ބޯދިިކޮށްގެން ތިބި މީހުންވެސް ބެލްކަނީތަކުގައި ތިބި އެންމެންވެސް ދިޔައީ އަތްޖަހާ އެއްވުމުގައި ނުސީދާކޮށް ބައިވެރިވަމުންނެވެ. ހަގީގަތް އޮޅުވާނުލައްވާށެވެ. އެމްޑީޕީ އަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެކެވެ. މިފަހަރުވެސް އެ ދެއްކީ އެ މިސާލެވެ.

ހިނގާލުމުގެ ހަގީގަތް އެނގުނީހީ މާ މަތީގައި ނުތިއްބަވާ ހަމަބިމަށް ތިރިވި މަންޒަރު ބައްލަވާލެއްވި ނަމައެވެ. މީހުންގެ އަދަދުވެސް، މީހުންގެ ޖަޒުބާތުވެސް، ސަރުކާރު ދެކެ މީހުން ހިތްހަމަ ނުޖެހިފައި ތިބި މިންވަރުވެސް އެހެން ނަމަ މާ ރަނގަޅަށް ސާފުވީހެވެ.

މަގޭ ރިޕޯޓް"ފުދިއްޖެ-ފުނޑިއްޖެ" ޖަލްސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު