Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އާގުބޯޓު ފަހަރު ޚިދުމަތް ހޯދަން އަންނަ މަންޒަރު ބައްލަވާލައްވަން މުއިއްޒު ތިލަދުންމައްޗަށް! ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި އޮވެ ދަބަރަށް ވަނީ!

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ރައީސް މުއިއްޒު ކުރެއްވިއެވެ. އަހަރު ނިމުމުގެ ކުރިން ކުރިއަށް އޮތް އަހަރަށް 50 ބިލިއަން ރުފިޔާގެ ބަޖެޓެއް އަތްޕުޅަށް ލިބިވަޑައިގަތެވެ. އެތައް ގައުމަކުން އެތައް ފެހި ސިގްނަލެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ ސަރުކާރުގެ މާމުއިހަނދުގެ ދުވަސްތައް ފެއްޓެވިއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2025 | ހޯމަ 12:34
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މީގެ ކުރިންވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަދުންމައްޗަށް ދެފަހަރަކު ވަޑައިގަންނަވައިފިއެވެ. އެންމެ ފުރަތަމަ ވަޑައިގަތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައެވެ. އޭރު ވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ހައިސިއްޔަތުންނެވެ. އެފަހަރުވެސް ރަށްރަށަށް އަރާ ވަޑައިގެން އިސްކޮޅު ނުކާހާ ގިނަ ވައުދު ވެވަޑައިގަތެވެ. އަތްގުޅި ނުކާހާ ބޮޑެތި ވައުދުވެސް ވެ ވަޑައިގަތެވެ. ރައްޔިތުންގެ ލޮލުގައި އެތައް އަނދުނެއް އެޅުއްވިއެވެ. ފެން ނެތް ބޮޑެތި އެތައް ކާއްޓެއް ފެޅުއްވިއެވެ. ކިތަންމެ ފަހަރަކު ހިޔަންޏަށް މުޑި ނެންގެވިއެވެ. އެތައް މަޅިފައްޗެއް ޖައްސަވާ ރައްޔިތުން އެދިމާއަށް ލަވަމުން ގެންދެވިއެވެ. އާޚިރުގައި ރައީސް މުއިއްޒު ޖެއްސެވި މަޅިފަތި ތަކުގައި އެތައް ރައްޔިތުންނެއް ޖެހި، ތިލަދުންމަތިންވެސް ވޯޓުދީގެން ރައީސްކަމަށް އެ މަނިކުފާނު ހޮވިއެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ރައީސް މުއިއްޒު ކުރެއްވިއެވެ. އަހަރު ނިމުމުގެ ކުރިން ކުރިއަށް އޮތް އަހަރަށް 50 ބިލިއަން ރުފިޔާގެ ބަޖެޓެއް އަތްޕުޅަށް ލިބިވަޑައިގަތެވެ. އެތައް ގައުމަކުން އެތައް ފެހި ސިގްނަލެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ ސަރުކާރުގެ މާމުއިހަނދުގެ ދުވަސްތައް ފެއްޓެވިއެވެ.

2024 ފެށުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ފައްޓަވައިފިއެވެ. އަނެއްކާވެސް ތިލަދުންމައްޗަށް ވަޑައިގެންފިއެވެ. އޭރު މިއިން ރަށެއްގައި އަލަށް ފެށުނު ކަމެއް ނެތް އިރު ކުރީ ސަރުކާރުން ހިންގަމުންދިޔަ ހުރިހާ ޕްރޮޖެކްޓެއް ހުއްޓިއްޖެއެވެ. އަނެއްކާވެސް ފެއްޓެވީ ވައުދުވާށެވެ. އާ އެތައް ވައުދެއް ވެ ވަޑައިގަންނަވަމުން ބާ ހުރިހާ ވައުދެއް ތަކުރާރު ކުރައްވަމުންނެވެ. ވައުދު ވެޑައިގެންފައި ހުއްޓަވައެއް ނުލެއްވިއެވެ. ބިން ހިއްކުމުގެ އިތުރު މަޝްރޫޢަކާއެކު އެއަރޕޯޓު އަޅުއްވާނެކަމުގެ ވައުދު ވެސް މަތިމައްޗަށް ވެވަޑައިގެންފިއެވެ. ހޯރަފުށީގެ މަގުތަކުގެ ތާރު އެޅުމުގެ ދެވަނަ ފޭސް ވެސް އިފްތިތާހު ކުރައްވައިފިއެވެ. ވަޒީރުން ފޮނުއްވައިގެން އުލިގަމުގައި އިޤްތިސާދީ ދޮރޯއްޓެއްވެސް ހައްދަވައިފިއެވެ. ހޯރަފުއްޓަށް ވަޒީރުން ފޮނުއްވައިގެން ހޯރަފުށީގެ ހޭޅިފަށް ކޮށާލުމަށްފަހު ބޮޑު ރަސްމިއްޔާތަކާއެކު ބަންކަރިންގ ވެސް ފައްޓަވައިފިއެވެ. މި ހުރިހާ ވައުދެއްގެ ބަދަލުގައި ތިލަދުންމަތީގެ މަޖްލީހުގެ ހުރިހާ ގޮނޑިއެއްވެސް އަތްޕުޅަށް ނަންގަވައިފިއެވެ.

2024 ވަނަ އަހަރު ނިމި ފުރަތަމަ ލިބިވަޑައިގެންނެވި 50 ބިލިއަން ހުސްވެ، ސަޕްލިމަންޓްރީ ބަޖެޓަކުން ހޯއްދެވި 5 ބިލިއަނާއެކު 55 ބިލިއަންގެ ބަޖެޓެއް ހުސްކުރައްވާ 2025 ވަނަ އަހަރާ ކުރިމަތި ލައްވައިފިއެވެ. 56 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަކާ އެއްކޮށެވެ. ޖެނުއަރީ މަސް ރަނގަޅަށް ނުނިމެނީސް އަނެއްކާވެސް ތިލަދުންމައްޗަށް ވަޑައިގަންނަވަނީއެވެ. ތިލަދުންމަތި އޮތީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ދުވަހު އޮތް ހިސާބުގައެވެ. ހިނގަމުންދިޔަ ތަރައްޤީގެ މަޝްރޫއުތައް ހުއްޓި، ޑީސަލް ހުސްވެ، ކޮންނަ ބޯޓުތަކުގެ ތުންގަނޑު ބިމަށް ހަރާލިގޮތަށް ހަމަ އެގޮތަށެވެ.

މިހާ ހިސާބުން ތިލަދުންމަތީގެ ރައްޔިތުން ރައީސްއާ ކުރާ ސުވާލަކީ ތިޔަ ވަޑައިގަންނަވަނީ ކޮންކަމަކާ ތޯއެވެ؟ ވަޑައިގަތުމުގެ ހަފްތާއެއް ކުރިން ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ ލިސްޓު ރައީސް އޮފީހަށް ފޮނުވަން ކައުންސިލްތަކަށް އެންގެވީ ކޮންކަމެއް ސާފު ނުވެގެންތޯއެވެ؟ މީގެ ކުރިންވެސް ދެފަހަރު ވަޑައިގަތީމު ނޫންތޯއެވެ؟ ކައުންސިލަރުންނާ ރައްޔިތުން ރަށްރަށަށް ބޭނުންވާ ކަންކަން ދެފަހަރުވެސް ކިޔައިދިން ނޫންތޯއެވެ؟ ކުރީ ސަރުކާރުން ފައްޓަވާ ރަށްރަށުގައި ބާރަށް ހިނގަމުންދިޔަ މަޝްރޫއުތައް ދެކެވަޑައިގަތީމު ނޫންތޯއެވެ؟ އެކަންކަން ހުއްޓާލީ މަނިކުފާނު ވެރިކަމަށް ވަޑައިގެންފާ ނޫންތޯއެވެ؟ މަނިކުފާނު އަމިއްލަފުޅަށް ވެ ވަޑައިގެންނެވި ވައުދުތައް ހަނދުމަފުޅު އެބަހުރި ނޫންތޯއެވެ؟ އެ ވައުދުފުޅުތައް ލިޔެ ޗާޕުކުރި ފޮތްވެސް އަތްޕުޅުގައި އެބަ އޮތް ނޫންތޯއެވެ؟ ވީއިރު މިފަހަރު ރަށްރަށަށް ވަޑައިގެން އަލުން ދެން ދައްކަވަން އޮތީ ކޮން ވާހަކައެއްތޯއެވެ؟ ދިއްދޫގައި އެޅުއްވި އެއާޕޯޓުގެ ބިންގަލާއި ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރެއްވި ކުރެއްވުމާއި، ނިމި، ނުހުޅުވިފައިހުރި އެތައް އިމާރަތަކާއި، ނިމެން ކައިރިވެ މަސައްކަތް ހުއްޓިފައިހުރި އެތައް މަޝްރޫއެއް ލޯމައްޗަށް ފެންނަން ރަށްރަށުގައި އެބަ ހުރި ނޫންތޯއެވެ؟ ވީއިރު ދެން އިތުރަށް ސާފު ކުރައްވަން އޮތީ، އަހާ އޮޅުންފިލުއްވަން އޮތީ އިތުރު ކޮން ކަމެއްތޯއެވެ؟ ބޭނުންފުޅު ވަނީ ކުދިވެރިން ނޯޓުކޮޅުކޮޅު ހަދައިގެން މަނިކުފާނުގެ އަތްޕުޅަށް އެރުވުން ކަމުގައި ވާނަމަ ތިލަދުންމަތީގެ ހުރިހާ ރަށަކުން ނޯޓު ކަރުދާސް ހުސްވެއްޖެއެވެ. ކުދިން ތިބީ ނޯޓުކޮޅުތައް ލިޔެ ތައްޔާރުވެގެންނެވެ. އެކަމަކު ދަންނަވަންތޯއެވެ. އެ ނޯޓުތަކުގައިވެސް ހުރީ ހަމަ އެއްކަލަ ވައުދުފުޅުތަކުގެ ވާހަކައެވެ. ހުއްޓިފައިހުރި މަޝްރޫއު ތަކުގެ ވާހަކައެވެ. ކަރަންޓު ބިލް ބޮޑުވާ ވާހަކައެވެ. އާސަންދައިން ބޭސް ނުލިބި މީހުން ނިކަމެތިވާ ވާހަކައެވެ.

ނުވަތަ މަނިކުފާނު ތިޔަ ވަޑައިގަންނަވަނީ އުލިގަމު ފުއްޓަރު ފަރާތުން އަތިރިމައްޗަށް ނުކުންނަވާ، މަނިކުފާނުގެ ސަރުކާރުން ފެއްޓެވި ބަންކަރިންގެ ހޯދަން 8 ޑިގްރީ ޗެނަލުން ވަދެގެން އަންނަ ބޮޑު ކޮންޓެއިނާ ބޯޓު ފަހަރަށް ތެޔޮ އަޅާ މަންޒަރު ބައްލާލައްވަން ނަމަ، ތިޔަ ވަޑައިގެންނެވެނީ ރަނގަޅު ދިމާލަކަށް ނޫނެވެ. ދަތުރުފުޅުގެ މިސްރާބު ބަދަލުކުރައްވާ މާލެ ކައިރީގައި އޮތް ތިލަފުއްޓަށް ވަޑައިގަންނަވާށެވެ. ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި ހުރެ ފެހި ޖަހާ އަޑިއަށް ދަމުން އެބަ ދެއެވެ. ބަޖެޓަށް އެންމެ ޑޮލަރެއް ނުވަން ތަނުގައި އެ ބޯޓުތައް ހަލާކުވެ އިޤްތިސާދަށް ލިބިދާނެ ބޮޑު ގެއްލުމުން ސަލާމަތް ކުރައްވަން އެކަމާ އުޅުއްވާށެވެ.

ގަބޫލްފުޅު ކުރައްވާށެވެ. ދުވާލު ދެދަޅަޔަށް ކާ ބޭހެއް ހެން ބަޖެޓުން ބޮޑު ޚަރަދު ކުރައްވައިގެން މަނިކުފާނު ރަށްރަށަށް ވަޑައިގެންނެވުމުން ވައުދުތައް ފުދި ހުއްޓިފައިހުރި މަޝްރޫއުތައް އަލުން ފެށޭ ކަމުގައި ވާނަމަ ތިލަދުންމަތި އޮންނާނީ މިހާރު ތަރައްޤީވެ ނިމިފައެވެ. ސަބަބަކީ މިހާރު ތިޔަ ވަޑައިގަންނަވަނީ ތިން ވަނަ ފަހަރަށެވެ. ވީކަމެއް ނެތެއް ނޫންތޯއެވެ. ވީއިރު ތިޔަ ބޭކާރު ޚަރަދު ނުކުރައްވާ އިތުރަށް މަތިމައްޗަށް ވައުދުވެވަޑައިނުގެން މާލޭގައި ހުންނަވާށެވެ. މިއަހަރުގެ ބަޖެޓުންވެސް ކޮންމެވެސް ކަމެއް މީގެން ރަށަކަށް ކޮށްދެވޭތޯ ބައްލަވާށެވެ. އަބަދު ދޯކާ ނުދެއްވާށެވެ. ހިންދީ ލަވައެއްގައި އޮންނަނީ އެތައް ހާސް ފަހަރަކު ދޯކާ ފެނިއްޖެ ކަމަށެވެ. ދޭކޯ ހަޒާރު ބާރު ދޯކާ ދޯކާ ދޯކާއެވެ. މަނިކުފާނު ތިލަދުންމައްޗަށްވެސް ތިޔަ ދެއްވަނީ ދޯކާއެވެ.

ހއ.ދިއްދޫރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުބޮޑުތިލަދުންމަތި

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު