Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުދައެރުން

ގިނަ ރަށްތަކަށް އުދައަރަން ފަށައިފި

މިއަދު ހިފި އިރުކޭތަ އާއި ގުޅިގެން ދިޔަވަރަށް ބަދަލުއަންނާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 އޯގަސްޓު 2017 | ހޯމަ 13:51
އުދައެރުމުގެ ސަބަބުން ފެންބޮޑުވެފައި

އުދައެރުމުގެ ސަބަބުން ފެންބޮޑުވެފައި

ލ. އަތޮޅުގެ ބައެއް ރަށްރަށަށް އުދައަރައި އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ލ. އަތޮޅު މާބައިދޫ ކައުންސިލްގެ ރައީސް ޢަލީ ފައިސަލް ވިދާޅުވީ އެރަށުގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 1000 ފޫޓަށް ރަށުގެ އުދައެރުމުގެ ސަބަބުން ލޮނު އަރާފައިވާ ކަމަށެވެ. އަދި ބައެއް ހިސާބު ތަކުގައި 2 ފޫޓް އުސްކޮށް ލޮނުގަނޑު އުފެދިފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ. އަދި ގެއްލުން ލިބިދާނެތީ ކައުންސިލް އިދާރާ ފިޔަވާ ރަށުގެ ހުރިހާ ހިސާބަކުން އެވަގުތު ކަރަންޓް ކަނޑާލަން ޖެހުނު ކަމަށެވެ.

ނަރުދަމާ އަޅާފައި ނުވާ އެރަށުގައި ލޮނގޮނޑު ބޮޑުވުމުގެ ސަބަބުން ޖަންކްޝަންތައް ފުރި ނަޖިހާ ލޮނު ތަޣައްޔަރުވެފައިވާ ކަމަށާއި ލޮނު އެރި ސަރަހައްދުތަކުގައި ހުރި ގިނ އަދަދެއްގެ ގަސްތައް މަރުވެގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެމްއެންޑީއެފްގެ ފަރާތުން މިހާރު ޕަންޕު ޖަހައިގެން ލޮނުގަނޑު ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި ގޭގެއަށާއި ހިފާގެންގުޅޭ ތަކެއްޗަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ލ ފޮނަދޫއަށް ވެސް ވަނީ މިއަދު އުދަ އަރާފައެވެ. އެރަށު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ރަށުގެ އިރުމަތީ ފަރާތުން މިއަދު 1 އާއި 2:30 އާ ދެމެދު އުދައަރާފައިވާ ކަމަށާއި ރަށުގެ މަގުތަކުން ގާތްގަނޑަކަށް 500 ފޫޓް އެއްގަމަށް ލޮނުގަނޑު އަރާފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެއް ގެއަކަށް ލޮނުގެ އަސަރު ކުރި ނަމަވެސް ގޭގެއަށް މާބޮޑަށް ލޮނުގެ އަސަރު ކޮށްފައި ނުވާ ކަމަށެވެ.

ލ އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން މާލެއަތޮޅު ގުޅިއަށް ވެސް ވަނީ އުދައަރާ ރަށުގެ ތެރެއިން 300 ފޫޓާ ހަމައަށް ލޮނުގަނޑު ފެތުރިގެން ގޮސްފައެވެ. މީގެ އިތުރުން ވެސް އެކި ރަށްރަށަށް އުދައަރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މެޓް އޮފީހުން ބުނީ، މިދުވަސްވަރު ރާއްޖޭގެ ދެކުނާއި މެދު ތެރޭގެ އަތޮޅުތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ކުރިއަށްއޮތް ދެތިން ދުވަހު،ވެސް އުދައެރުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން އިރު ކޭތައެއް މިއަދު ހިފައިފައިވާތީ އެކަމުގެ ސަބަބުން ވެސް ދިވަޔަރަށް އަންނަ ބަދަލުގެ ސަަބަބުން އުނދައެރުމަށް މަގުފަހިވާނެ ކަަމަށް މެޓް އޮފީހުން ބުނެ އެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އިރުކޭތަ ރާއްޖޭގެ ސަރަަހައްދަށް ނުފެންނަ އިރު އެ ކޭތަ ފެންނަނީ ނޮދާން އެމެރިކާއަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް