Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫގެ އައު ކެމްޕެއިން

އުރީދޫގެ ފުރިހަމަ ޓެލެކޮމް ތަޖުރިބާ ފެނިގެންދާ އާ ކެމްޕެއިނެއް ފަށައިފި

24 ޖެނުއަރީ 2025 | ހުކުރު 13:41

މި އިޝްތިހާރުތަކުގައި ޚިދުމަތް ލިބުމުގައި އާއްމުންނަށް ދިމާވާ ބައެއް ދަތިތައް މަޖާ ކެރެކްޓާއެއްގެ ޒަރީއާއިން ފެނި އުރީދޫގެ ސޮލިއުޝަން ފެނިގެންދާނެއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޖެނުއަރީ 2025 | ހުކުރު 13:41
މިކެމްޕެއިންގައި ރައްޔިތުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީ ގެ މައްސަލަތައް މަޖާ ގޮތެއްގައި ދައްކުވައިދޭނެ

މިކެމްޕެއިންގައި ރައްޔިތުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީ ގެ މައްސަލަތައް މަޖާ ގޮތެއްގައި ދައްކުވައިދޭނެ

އުރީދޫގެ ފުރިހަމަ ޓެލެކޮމް ތަޖުރިބާ ފެނިގެންދާ އާ ކެމްޕެއިނެއް ފަށައިފިއެވެ.

އުރީދޫގެ އެންމެ ފަހުގެ ކެމްޕެއިން ލޯންޗު ކުރެވުނީ ކުންފުނީގެ ވަރުގަދަ ނެޓްވާރކް ދައްކުވައިދޭ ކުރު، ހިތްގައިމު އިޝްތިހާރުތަކަކާއެކުއެވެ. މިކެމްޕެއިންގައި ރައްޔިތުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީ ގެ މައްސަލަތައް މަޖާ ގޮތެއްގައި ދައްކުވައިދޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި ކެމްޕެއިންގެ މައިގަނޑު އަސާސް އަދި އުޅޭ ކެރެކްޓަރ ތައްޔާރު ކުރެވިފައިވަނީ ފިލްމީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ. އޭއައި އާއި ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސްގެ އެހީގައި ތަރައްގީކޮށްފައިވާ މި ކެރެކްޓާތަކުން ކަނެކްޓިވިޓީގެ މައްސަލަތައް ދިމާވާ ސަބަބުތައް ރަމްޒުކޮށްދެނީ މަޖާ،  އަދި މުނިފޫހިފިލުވައިދޭ ގޮތަކަށެވެ. މި ކެރެކްޓަރ ތަކަކީ އުރީދޫ މެސްކޮޓްތަކެއް ނޫނެވެ. މިއީ ނެޓްވޯކްގެ  ތަޖުރިބާ ދަށްވުމުން މާޔޫސްކަން މަޖާކޮށް ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ކެރެކްޓަރތަކެކެވެ. އެއީ ގޭމެއްގެ ތެރޭގައި ފަހަތަށް ޖެހުން ނުވަތަ ވީޑިއޯ ކޯލެއްގެ އެންމެ މުހިންމު ވަގުތުގައި ބަފަރިން ކުރުން ދައކުވައިދޭ ކެރެކަޓަރ ތަކެކެވެ.

މި ސިލްސިލާގެ ފުރަތަމަ އިޝްތިހާރު ގޭމިން ކޮމިއުނިޓީ އަށް ހާއްސަ ކުރެވިފައި ވާއިރު، އުރީދޫ އަކީ އެންމެ ރަގަޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކް ކަން ސިފަކުރެ އެވެ. ގޭމް ކުޅޭ ފަރާތްތަކަށް ތައްޔާރުކޮށްފައިވާ އެ ކުންފުނީގެ ހާއްސަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއެކު އުރީދޫއިން ވަނީ ގޭމިން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ކަނެކްޓިވިޓީ އެކްސްޕީރިއަންސެއް ފޯރުކޮށްދީފައެވެ.

ކޮންމެ މާކެޓެއްގައި ވެސް މަގުބޫލު ލޯކަލް އިންފްލުއެންސަރުން ހިމެނައިގެން އުފައްދާފައިވާމި އިސްތިހާރުތަކުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ހީރޯގެ ގޮތުގައި އުރީދޫ ވަނީ ނުކުމެފައެވެ.

އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވީ ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވެގެންދާއިރު، އުރީދޫން އަންނަނީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ލިބުމުގެ މާނަ ދައްކުވައިދެމުން ކަމަށެވެ. މި ކެމްޕޭނަކީ އަޅުގަނޑުމެންގެ ނެޓްވާރކް ބޭނުން ކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ މުނިފޫހިފިލުވުމާއި މައުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާ ގުޅާލެވޭ ކެމްޕޭނެކެވެ.

މި ކެމްޕެއިންގައި އުރީދޫގެ އީޖާދީ، ޒަމާނީ ސޮލިއުޝަން އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކަސްޓަމާ ފަސްޓް އެޕްރޯޗެއް ބޭނުންކުރުމަށް ކުރާ މަސައްކަތް ފާހަގަކުރެވެއެވެ. 

ބިލާލް އިތުރަށް ވިދާޅުވީ މި އިސްތިހާރު ސީރީޒްގެ ކުރިއަށްހުރި ބައިތަކުގައި ފެނިގެންދާ ކޮންމެ އިޝްތިހާރަކީ ވެސް އުރީދޫގެ ކަސްޓަމަރުން މާޔޫސްކަން ދޫކޮށްލައި މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ އާއި ތަފާތު ފުރިހަމަ ތަޖުރިބާއެއް އުރީދޫއާއެކު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އިސްތިހާރަކަށް ވާނެކަމެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް