Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ފުދިއްޖެ، ފުނޑިއްޖެ" ރެލީ

ވެރިކަމެއް ހިންގުމަށް ރައްޔިތުން ޓެކުހުގެ ގޮތުގައި 40 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރަށް އެބަދައްކާ، އެކަމަކު އެ ފައިސާ ޚަރަދު ކުރަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫން: އާޒިމް

24 ޖެނުއަރީ 2025 | ހުކުރު 13:49

ދިވެހިންނަކީ ނިކަމެތި ހާލުގައި އަބަދު މީހުންނަށް ސަލާންޖަހައިގެން ހާލުގައި އުޅެންޖެހޭވަރުގެ ބައެއް ނޫން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 24 ޖެނުއަރީ 2025 | ހުކުރު 13:49
މެދުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމް، އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަނީ

މެދުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމް، އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައްޔިތުންނަށް އަދުލުވެރި ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް އައިސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އަމިއްލަ އަންބޮޑި ބޮޑުކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ދިވެހިންނަކީ ނިކަމެތި އަދި އުނދަގޫ އަދި އަބަދު މީހުންނަށް ސަލާންޖަހައިގެން ހާލުގައި އުޅެންޖެހޭވަރުގެ ބައެއް ނޫންކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ އެއަށްވުރެ މާ ތަނަވަސް، އަދި މުއްސަނދި އަދި ތަރައްގީ ގެނެވެން އޮތް ގައުމެއްގައި ދިރިއުޅޭ ބައެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ކައިރި ސަރަހައްދުގެ އަވައްޓެރި ގައުމުތަކަށް ނަޒަރު ހިންގާލާއިރު، އެ ގައުމުތަކުގައި ޖީޑީޕީ، ނުވަތަ ބޮލަކަށް ޖެހޭ ނިސްބަތް، ބޭރުފައިސާ ދިވެހިރާއްޖެއަށް ވަންނަ އަދަދަށް ބަލާއިރު، ރާއްޖޭގެ ކޮންމެ ބޮލަކަށް 11 ހާސް ނުވަތަ 12 ހާސް ޑޮލަރު ރާއްޖެއަށް އެބަ ވަންނަކަމަށެވެ. އަދި މިއަދަދާއި 50 އިންސައްތަ ކައިރިކުރާ އެއްވެސް ގައުމެއް މި ރީޖަންގައިވެސް ނެތް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތަށް ރަނގަޅަށް، ރީތިކޮށް ވެރިކަމެއް ހިންގުމަށްޓަކައި ކޮންމެ އަހަރަކު ރާއްޖޭގެ ހުރިހާ ރައްޔިތުން ހިމެނޭގޮތަށް އެކިއެކި ނަންނަމުގައި ޓެކުހުގެ ގޮތުގައި 40 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރަށް އެބަ ދައްކާކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުން އެ ފައިސާ ޚަރަދުކުރަމުން އެ ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމަށާއި އެއީ ހުރިހާ ދިވެހިންނަށް ވެސް އެނގޭނޭ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރުގެ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އަދުލުވެރި ވެރިކަމެއް ކޮށްދެއްވާނޭކަމަށް ވިދާޅުވެކަމަށާއި ނަމަވެސް ވެރިކަމަށް އައުމަށް ފަހު މި ފެންނަނީ އަދުލުވެރި ވެރިކަމެއް ކުރުމުގެ ބަދަލުގައި އަމިއްލަ އަންބޮޑި ބޮޑުކުރުމަށް މަސައްކަތް ކުރަމުން ދާ ތަން ކަމަށެވެ. އަދި ރައްޔިތުން އުޅޭ ހާލެއް، ރައްޔިތުންގެ ކަންބޮޑުވުމެއް އެއްވެސް ވަރަކަށް ބަލާތަނެއް ވެސް، އަދި ރައްޔިތުންނާއި މެދު އެއްވެސް ކަންބޮޑުވުމެއް މި ސަރުކާރުގެ ފަރާތުން ނުފެންނަކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިން ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުން އެ ގެންދަނީ ޤާނޫނު އަސާސީއަކަށް، ގަވައިދަކަށް ބެލުމެއް ނެތި ހިތުހުރިގޮތަކަށް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ވަޒީރުން ބިޒްނަސް ކުލާހުގައި ދުނިޔޭގެ އެކިކަންކޮޅަށް، ދަތުރުތައް އެ ކުރައްވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާކޮޅުގެ ބޭނުންކޮށްގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ވެރިން އެ ކުރައްވާ ދަތުރުތަކަކުން ރާއްޖެއަށް ލިބުނު، މަންފާއެއް، ރައްޔިތުންނަށް ލިބުނު ފައިދާ އެއްވެސް ފެންނަން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ރައީސްގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް އެކަމަނާގެ ރައްޓިހިން ގޮވައިގެން ކޮންމެ ދުވަހަކު އާރަށަށް ވަޑައިގެން މަޖާކޮށް، ކަރޯކޭ ޖައްސަވަމުން ގެންދަވާ ކަމަށެވެ. އަދި ދާދި ފަހުން އެފްރިކާގެ ގައުމަކަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން، އެ ދަތުރަށް ހޭދަވީ ކިހާ ފައިސާއެއްތޯ މީޑިއާތަކުން ކުރި ސުވާލުގެ ޖަވާބުގައި އެ ވާހަކަ ދެއްކުންވެސް ހަރާމްކަމަށް ފަސްޓްލޭޑީ ވިދާޅުވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ގައުމުގެ ހާލަތަު މިހާ ދަށަށް ގޮސްފައިވާއިރު، އަތް އުރާލައިގެން ބަލަން ނުތިބެވޭނޭ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާކަމެއް ވެސް ވަންދެން މަގުތަކަށް ނުކުމެ އަޑުއުފުލަން ޖެހޭކަމަށެވެ. އާޒިމް ވިދާޅުވީ އެމްޑީޕީން މިމަހުގެ 31 ވަނަ ދުވަހު ބާއްވާ "ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި މަގުމައްޗަށް މި ނުކުންނަނީ ދިވެހި ރައްޔިތުންގެ ހައްޤުޤައި އަޑުއުފުލުމަށް ކަށެވެ. އަދި ހުރިހާ ރައްޔިތުންވެސް މި ހަރަކާތުގައި ބައިވެރިވެ، ރައްޔިތުން އުފުލަމުންގެންދާ ތަކުލީފުތަކުގެ އަޑު މި ސަރުކާރަށް އިއްވަން ޖެހޭކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް