Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕަބްލިކް ވަރކްސް ޚިދުމަތް

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ ޔުނިޓެއް ގާއިމްކުރާނަން: ރައީސް މުއިއްޒު

24 ޖެނުއަރީ 2025 | ހުކުރު 05:07

ޕަބްލިކް ވަރކްސް ޔުނިޓެއް ހުރުމަކީ، އެތައް ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖެނުއަރީ 2025 | ހުކުރު 05:07
ރ.މާކުރަތު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރ.މާކުރަތު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ޕަބްލިކް ވަރކް ސައިޓްތައް ހެދުމަކީ އިންވެސްޓްމަންޓެއް ކަމަށާއި، މި ހިނގާ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ.އަތޮޅު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ރ އަތޮޅުގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭ މަރުކަޒު ގާއިމުކުރާނީ މާކުރަތުގައި ކަމަށެވެ.

Advertisement - newsAdvertisement

ތަރައްގީއަށް ހިންގާ ގިނަ މަޝްރޫއުތަކެއްގެ ދުރު ރާސްތާއަށް ބަލާއިރު އެފަދަ ތަންތަން ބެލެހެއްޓުމަށް ޕަބްލިކް ވަރކްސް ޚިދުމަތަކީ އިންތިހާއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި ބޭކާރުވެގެންދާ ޚަރަދެއް ނޫން ކަމަށެވެ. އަދި ދުރު ރާސްތާއަށް ބަލާއިރު، އުމްރާނީ ގޮތުން ރަށްރަށަށް ގެނެވޭ ތަރައްގީ ބެލެހެއްޓުމަށް ޕަބްލިކް ވަރކްސް ޔުނިޓެއް ހުރުމަކީ، އެތައް ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދިނުމަށް އެންމެ މަދުވެގެން، އެއް ޔުނިޓް ގާއިމުކުރުމުގެ އިތުރުން، ރާއްޖޭގެ އުތުރު އަދި ދެކުނުގެ ސަރަހައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވަރކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދާނެ ކަމަށެވެ. މި މަސައްކަތްތަކަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ މާކުރަތުގެ ތަރައްގީއަށް އިޝާރާތް ކުރައްވައި ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެރަށުގެ ތަރައްގީގައި ހަގީގީ ކުލަޖެއްސުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ، އެކި ސަބަބުތަކާއި ހެދި މިކަންކަން ނުވެ ހުރި ކަމުގައި ވީ ނަމަވެސް، ރައްޔިތުން އެދޭފަދައިން ކަންކަން ކުރިއަށް ގެންގޮސް، ނަތީޖާ ނެރެދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ބަނދަރުގެ މައްސަލައާއި، ރަށް ގިރުމުގެ މައްސަލަވެސް ހައްލުވާ ގޮތަށް އެ މަޝްރޫއު ފުރިހަމަކޮށް ކުރިއަށްގެންގޮސް، ޕަބްލިކް ވަރކްސް ސައިޓް ގާއިމުކުރުމަށް ފެށިފައި އޮތް މަސައްކަތް، ރައްޔިތުން އެދޭ ފެންވަރަށް މި އަހަރު ތެރޭގައި ކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާކުރަތުގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަމާއި، އެ ނޫންވެސް ފަންނީ ވަސީލަތްތަކުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުތެރެއިން ކުރުމަށް ނިންމާފައިވާ ކަންކަމާއި، ތައުލީމީ ދާއިރާއަށް ބޭނުންވާ ތަރައްގީގެ ކަންކަންވެސް މިއަހަރު ތެރޭގައި ކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުޅިވަރުކުޅެ އުޅެވޭނެ ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

އެގޮތުން މާކުރަތުގައި މި އަހަރު ތެރޭގައި އައު ފުޓްސަލް ދަނޑެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިތުރު މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ދިމާވެފައި އޮތް ގެދޮރުގެ ދަތިކަމުގެ މަޝްރޫއަށް އިޝާރާތްކުރައްވައި ރައީސް މުއިއްޒު ވަނީ، މާކުރަތުގައި ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، 2026 ވަނަ އަހަރަށް ބަޖެޓްކޮށްގެން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މާޅޮސްމަޑުލު އުތުރުބުރިއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅު، ބުރާސްފަތި ދުވަހުގެރޭ ވަނީ ނިންމަވާލައްވައި މާލެ ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް