Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިމުގެ ދަތިކަން ހައްލުކުރުން

ރ. މަޑުއްވަރީގެ އިހްތިސާސްގައި އުފުލަންދޫ، މީދޫގެ އިހްތިސާސްގައި ތާވަތާ ހިމެނުމަށް ނިންމައިފި

މަޑުއްވަރީގެ ބިން ހިއްކުމުގެ މަޝްރޫއު މިއަހަރު ފަށާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖެނުއަރީ 2025 | ބުރާސްފަތި 07:21
ރ. މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރ. މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގެ އިހްތިސާސްގައި އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިހްތިސާސްގައި ތާވަތާ ހިމެނުއްވުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާންކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިކަން އިއުލާންކުރެއްވީ މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ގެނެވިދާނެ ހައްލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ، ރަށުގެ ބިން ފުރިފައިވާކަމާއި، ފަޅުގައިވެސް ޖާގަ ނެތުމުން، ހިއްކުނަސް ހިއްކޭނީވެސް ނިސްބަތުން ކުޑަ ސަރަހައްދެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަޑުއްވަރީގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރުގެ ބަޖެޓުގައި ހިމަނައި، ކަމާ ގުޅޭ ވުޒާރާތަކާއި ކައުންސިލުން މަޝްވަރާކުރުމަށްފަހު މި އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކުރިން ހަދާފައިވާ ބަނދަރު ބެކްފިލްނުކޮށް ހުރުމުން ދިމާވާ މައްސަލަ އާއި، ގިރާ ސަރަހައްދު ހިމާޔަތް ނުކޮށް އޮތް މައްސަލަ އާއި، ބަނދަރުގެ ބޭރު ތޮށި ވެހިކަލަށް ވަދެވޭ ގޮތަށް ހަދާފައި ނެތް މައްސަލަ މިދައުރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް ރަށަށް އެންމެ ހައެއްކަ ހެކްޓަރު އިތުރުކޮށްގެން ބިމުގެ މައްސަލައަށް ހައްލެއް ނޯންނާނޭކަމަށް ވިދާޅުވެ، ރަށުގައި އިގްތިސާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، އާންމު ސިއްހަތަށްވެސް އޮތް އެންމެ ރަނގަޅު ހައްލުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މަޑުއްވަރީގެ އިހްތިސާސްގައި އުފުލަންދޫ، އަދި މީދޫގެ އިހްތިސާސްގައި ތާވަތާ ހިމެނުއްވުމަށް ނިންމަވާފައިވާކަން ރައީސް މުއިއްޒު އިއުލާންކުރެއްވިއެވެ. އަދި އެކަމާ ގުޅޭ ގާނޫނީ ލިޔެކިޔުމުގެ ކަންކަން ހަމަޖެހުމުން، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް ވެސް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ހައުސިންގ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގެ ހައުސިންގް ޔުނިޓްތައްވެސް ހިމެނޭ ގޮތަށް، ހައުސިންގ މަޝްރޫއު ހިންގައިދޭނޭ ފަރާތެއް ހޯދުމަށް، މި މަހުގެ ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2023

ރ. އުފުލަންދޫ ފަޅުރަށް، ރ. މަޑުއްވަރީ ކައުންސިލާ ހަވާލުކޮށްފި

06 ސެޕްޓެމްބަރު 2023
ރ. އުފުލަންދޫ ފަޅުރަށް، ރ. މަޑުއްވަރީ ކައުންސިލާ ހަވާލުކޮށްފި
23 އޯގަސްޓު 2023

ގިނަ ވައުދުފުޅުތަކާއެކު، މަޑުއްވަރީގެ ބޯހިޔާވަހިކަމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

23 އޯގަސްޓު 2023
ގިނަ ވައުދުފުޅުތަކާއެކު، މަޑުއްވަރީގެ ބޯހިޔާވަހިކަމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
07 އޮކްޓޯބަރު 2022

މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ އިމަރޖެންސީކޮށް ކުރި މުހިންމު މަސައްކަތެއް: އާޒިމް

07 އޮކްޓޯބަރު 2022
މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ އިމަރޖެންސީކޮށް ކުރި މުހިންމު މަސައްކަތެއް: އާޒިމް
27 އޯގަސްޓު 2022

މަޑުއްވަރީގެ ބަނދަރު ހެދޭނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު، ރައްޔިތުން ބޭނުންވާގޮތަށް: ރައީސް ޞާލިޙް

27 އޯގަސްޓު 2022
މަޑުއްވަރީގެ ބަނދަރު ހެދޭނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު، ރައްޔިތުން ބޭނުންވާގޮތަށް: ރައީސް ޞާލިޙް
06 ފެބުރުއަރީ 2022

ހަންޏާމީދޫގެ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

06 ފެބުރުއަރީ 2022
ހަންޏާމީދޫގެ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު