Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯޓު ބިލްޑިންގް ސިނާއަތް ކުރިއެރުވުން

ބޯޓު ބިލްޑިންގް ސިނާއަތުން ކުރިއަށްދާން ބޭނުންވާ މީހުންނަށް ރަހުނަކާ ނުލައި ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސައިދޭނަން: ރައީސް މުއިއްޒު

ދިވެހީން ކުރިއަރާ ދިއުމަށް މަގުފަހިވެފައި އޮތް ސިނާއީ ދާއިރާއަކަށް ހަދައިދޭނަން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 06:24
އިންނަމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އިންނަމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ބޯޓު ބިލްޑިންގް ސިނާއަތް ދިވެހީންގެ ސިނާއަތަކަށް ހަދާނެ ކަމަށާއި، މިދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް ރަހުނަކާ ނުލައި ބޭންކިންގް ނިޒާމުގެ ތެރެއިން ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންނަމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ފަންނުވެރި މަސައްކަތެއް ކަމުގައިވާ، އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާ، ނުވަތަ ބޯޓު ބިލްޑިންގް އިންޑަސްޓްރީއަކީ ދިވެހީން ކުރިއަރާ ދިއުމަށް މަގުފަހިވެފައި އޮތް ސިނާއީ ދާއިރާއަކަށް ހަދައިދޭނެ ކަމަށެވެ. އަދި ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް، ދާދި އަވަހަށް، އަމަލީ ސިފައެއްގައި ހައްލު ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ބޯޓު ބިލްޑިންގް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވެފައި ތިބި ދިވެހިންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމުގައި ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ ލުއި ގޮތެއްގައި، ރަހުނަކާ ނުލައި، ބޭންކިންގް ނިޒާމުގެ ތެރެއިން ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު، އިންޑަސްޓްރީ ފުޅާ ކުރުމަށް ފުރުސަތު ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދާއިރާގައި ބިދޭސީ ޝާމިލުވުން ބޭނުންނުވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ މި ދާއިރާއިން ދިވެހި މަސައްކަތްތެރިން ބިނާކުރުމަށް އިންނަމާދޫގައި ތަމްރީނުދޭ ޚާއްސަ މަރުކަޒެއް ތަރައްގީ ކުރުމަށް ވިސްނަމުންދާކަން ހާމަކުރައްވާފައެވެ. އަދި ބޯޓު ބިލްޑިންގް ސިނާއަތަކީ ދިވެހީންނަށް ޚާއްސަ އަދި ހަމަ އެކަނި ދިވެހި މަސައްކަތްތެރިން ހަރަކާތްތެރިވާ ދާއިރާއަކަށްވެ، ތަމްރީނު ވެފައިވާ ދިވެހިން އިތުރުވެގެންދާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށާއި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ބޯޓު ބިލްޑިންގް ސިނާއަތަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ބޮޑު ކަމަށެވެ. ކައުންސިލްތަކުން ކުއްޔަށް ބިން ދޫކުރަމުން އައިސްފައި ވަނީ ކުރު މުއްދަތަކަށް ކަމަށްވާތީ، އެފަދަ ބިންތަކުގައި އިންވެސްޓުކޮށް، ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ، ބިމާ ބެހޭ ސިޔާސަތުގެ ތެރެއިން، ދިގު މުއްދަތަކަށް ބިންތައް ކުއްޔަށް ދޫކުރެވޭނެ މަގުތައް ކައުންސިލްތަކަށް ފަހިކޮށްދިނުމާއެކު، އެ ދާއިރާގައި އިންވެސްޓް ކުރުމުގެ އިތުބާރު ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިއީ ހަމައެކަނި ރ. އިންނަމާދޫއަށް އޮތް ކަމެއް ނޫން ކަމަށާއި، މުޅި ރާއްޖޭގައިވެސް މިކަންކަން ތަންފީޒުވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ބޯޓު ބިލްޑިންގް އިންޑަސްޓްރީ ސެކްޓަރގައި ދިވެހީންނަށް ކުރިއަށްދިއުމުގެ މަގުފަހިވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު