Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން

ޖެނިން ސިޓީ އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 10 މަރު

ޖެނިން ގައި އިސްރާއީލުން ހިންގަމުން ގެންދަނީ މިހާތަނަށް ނުދެކޭފަދަ ބޮޑު އަސްކަރީ ރެއިޑް އެއް ކަމަށް ރިޕޯޓުތައް ބުނޭ.

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 01:56
ޖެނިން އަށް އިސްރާއީލުން އަރާ ހިންގަމުންދާ ރެއިޑް ގައި އެމްބިއުލާންސަކަށް ހުރަސް އަޅަނީ

ޖެނިން އަށް އިސްރާއީލުން އަރާ ހިންގަމުންދާ ރެއިޑް ގައި އެމްބިއުލާންސަކަށް ހުރަސް އަޅަނީ

އަންގާރަ ދުވަހު، އިސްރާއީލުގެ ބާރުތަކުން ބުލްޑޯޒަރުތަކާއި، ޑްރޯންތަކާއި، ހަނގުރާމަވެރި މަތިންދާބޯޓުތަކާއެކު ޖެނިން ސިޓީ އާއި އެތަނުގެ ރެފިއުޖީ ކޭމްޕަށް އަރައި، މިހާތަނަށް 10 މީހުން ޝަހީދު ކޮށްލައިފި ކަމަށް ވަފާ ނިއުސް އޭޖެންސީ އިން ބުނެފިއެވެ. އަދި 40 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ޒަޚަމްވެފައެވެ.

ޖެނިން ގައި އިސްރާއީލުން ހިންގަމުން ގެންދަނީ މިހާތަނަށް ނުދެކޭފަދަ ބޮޑު އަސްކަރީ ރެއިޑް އެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން އަންގާރަ ދުވަހު އިޢުލާންކުރި ގޮތުގައި ޖެނިން އާއި އެތަނުގެ ރެފިއުޖީ ކޭމްޕުގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މިއީ އިސްރާއީލުގެ ސަރުކާރުގެ ވަޒީރުން ހުޅަނގު އައްސޭރީ ގައި ހަމަނުޖެހުން އިތުރުކުރާނެ ކަމަށް ބުނެ ބިރުދެއްކުމަށް ފަހު ފެށި ހަމަލާތަކެކެވެ.

ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސް) އިން ހާމަ ކޮށްފައިވާ ގޮތުގައި ޖެނިން ސިޓީއާއި އެތަނުގެ ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ބާރުތަކުން ދަނީ ހަމަލާދެމުންނެވެ. މިގޮތުން ބުދަ ދުވަހު އިސްރާއީލުގެ ބާރުތަކުން ލައިވް ވަޒަން ޖަހާ ހަމަލާދިނުމުގެ ސަބަބުން 4 ފަލަސްޠީނު މީހުން ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރެއިން އެކަކުގެ ހާލަތު ވަނީ ނުރައްކާވެފައެވެ.

ޒަޚަމްވި މީހުން ވަނީ ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރިއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޖެނީން ރެފިއުޖީ ކޭމްޕް ވަނީ "ދިރިއުޅެން އެއް ގޮތަކަށް ވެސް ކަމުނުދާ ހާލަތަކަށް" ގޮސްފައި ކަމަށް ބުނެ އދ އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި އެތަނުގައި ހުރި މައި ހޮސްޕިޓަލުން ފެނާއި ކަރަންޓު ވަނީ ކަނޑާލާފައި ކަމަށްވެސް އދ އިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ

24 މެއި 2017
މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ
24 މެއި 2017

ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ

24 މެއި 2017
ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ
20 އެޕްރީލު 2017

އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި

20 އެޕްރީލު 2017
އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި
24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު