Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީން ވަގު ފޯމު ފުރުން

ޑީއެންއާރު ރައްކައުތެރިކުރުމަކީ ގައުމީ ސަލާމަތައްޓަކައި ފުލުހުން ކުރަން ޖެހޭނެ ކަމެއް: އެމްޑީޕީ

ދިމާވެގެން އުޅޭ މައްސަލައިގެ ސަބަބުން "ޕާސްޕޯޓުގެ ސެކިއުރިޓީ ބްރީޗް" ވެދާނެ ކަމަށް ބެލޭ ކަމަށް ފުލުހުން ބުނި

ރާއްޖެ އެމްވީ | 22 ޖެނުއަރީ 2025 | ބުދަ 08:20
2025 ޖެނުއަރީ 22 - އަނަސް އަބްދުއް ސައްތާރު ފުލުހުންގެ އިދާރާގެ ކުރިމަތީގައި ނޫސްބވެރިންނަށް މައުލޫމާތު ދެއްވަނީ

2025 ޖެނުއަރީ 22 - އަނަސް އަބްދުއް ސައްތާރު ފުލުހުންގެ އިދާރާގެ ކުރިމަތީގައި ނޫސްބވެރިންނަށް މައުލޫމާތު ދެއްވަނީ

ވަގު ފޯމު ހުށަހަޅައިގެން ގިނަ އަދަދެއްގެ ބަޔަކު ރައީސް މުއިއްޒުގެ ޕާޓީ ޕީއެންސީ އަށް ވައްދަމުންދާ މައްސަލައިގައި، ބޭނުން ކުރަމުންދަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސް ކަމަށް ވެފައިވާތީ، އެތަން ހިމާޔަތް ކުރުމަކީ ގައުމީ ސަލާމަތައް މުހިންމު ކަމެއް ކަމުގައި އެމްޑީޕީގެ ގާނޫނީ ޓީމުން ފުލުހުންނަށް ދަންނަވައިފިއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހޯދުމަށް ބުދަ ދުވަހުގެ މެންދުރު ކުރިން ފުލުހުންގެ އިދާރާއަށް އެމްޑީޕީގެ ގާނޫނީ ޓީމުން ވަނީ ޒިޔާރަތް ކޮށްފައެވެ.

ފުލުހުންގެ އިދާރާ އަށް ކުރެއްވި ޒިޔާރަތާ ގުޅޭގޮތުން އެއިދާރާގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ޑީއެންއާރުގައި ތިބި ސިޔާސީ މުވައްޒަފުން އެތަނަށް އެއްވެސް އިހްތިރާމެއް ނުކުރާކަން ހާމަވެފައިވާ ކަމަށެވެ.

އަނަސް އިޝާރާތް ކުރެއްވީ، އަންގާރަ ދުވަހު ޑީއެންއާރުގައި ބޭއްވި ނޫސްވެރިންގެ ޕިއްޒާ ބައްދަލުވުމަށެވެ. އެ ބައްދަލުވަށް ދިޔަ ނޫސްވެރިން ޑީއެންއާރުގެ ތެރޭގައި ޕީއެންސީ އަށް ފޯމު ފުރި މައްސަލައިގައި ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ނުދީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ނޫސްވެރިން ދޫކޮށްލުމަށްފަހު ވަނީ ފިއްލަވައިގެން ވަޑައިގެންފައެވެ.

"އިސްވެ ދައުވަތު ދީގެން (ނޫސްވެރިން) ގެންގޮސްފައި ދޮރުތަކާ އެއްޗެހި ހުޅުވާލާފައި، ސުވާލެއް ކުރީމަ ޖަވާބުދޭން ނުކެރިގެން ތިބޭފުޅުންގެ ތެރޭގައި ދޮރުތައް ހުޅުވާލަފައި ހަމަ ދިޔައީ." އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ މިހާތަނަށް އެ މުއައްސަސާ އަށް ނުކުރެއްވި އިހްތިރާމެއް ދެންވެސް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދުނިން އެތަން ހިމާޔަތް ކޮށްދިނުމަށްޓަކައި ފުލުހުން ކުރައްވަންޖެހޭ މަސައްކަތް ކޮށްދިނުމަށް."

އަނަސް ވިދާޅުވީ ފުލުހުން ބުދަ ދުވަހުގެ ބައްދަލުވުމުގައި އެމްޑީޕީ އިން ފާހަގަ ކުރި ކަންތައްތަކުގެ އިތުރުން ޕާސްޕޯޓަށް ވެސް "ސެކިއުރިޓީ ބްރީޗަކަށް" މިކަންތައް ވާނެ ކަމަށް ދެކޭ ކަން ފާހަގަ ކުރި ކަމަށެވެ.

"އެބޭފުޅުން ވަރަށް ޔަގީންކަން ދެއްވި އެ މުއައްސަސާގެ މުހިންމު ކަމާ، ހައްސާސްކަން ފާހަގަ ކުރެއްވި، އަދި މިމައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމާއި އެކަން ބަލަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވި؛" ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕީއެންސީ ގައި 68 ހާހަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިއުލާނު ކޮށްފައިވާއިރު އެއީ ވަގު ފޯމު ފުރައިގެން ކޮށްފައިވާ ކަމެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

"ކޮށްގެން މިއުޅެނީ ދައުލަތުން އެ ޕާޓީ އަށް ފައިސާ ހޯދުނު ގޮތަކަށް ހޯދުން؛" އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ، ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުން ނަގަން ޖެހޭ މައުލޫމާތު ނެގުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށް ބުދަ ދުވަހުގެ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު