Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނގޮޅިތީމުގެ ތަރައްގީ

އަޅުގަޑުގެ ދަތުރުތަކުގައި ވަޒީރުން ބައިވެރިކުރުވަނީ ރަށްރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ހިނގައިގަންނަން ބޭނުންވާތީ - ރައީސް

21 ޖެނުއަރީ 2025 | އަންގާރަ 18:37

ސަރުކާރުގެ ނިޒާމުގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް، ސިޓީބިޓީ ބަދަލުކުރުމާއި ބިއުރޯކްރަސީގެ ތެރެއިން ކަންކަން ތާށިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޖެނުއަރީ 2025 | އަންގާރަ 18:37
ރައީސް އަނގޮޅިތީމު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ

ރައީސް އަނގޮޅިތީމު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ

ދަތުރުފުޅުތަކުގައި ރަށްރަށުގެ މަޝްރޫޢުތަކާއި އެންމެ ގުޅުންހުރި ދާއިރާތަކުގެ ވަޒީރުން ބައިވެރިކުރައްވަނީ ރަށްރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ހިނގައިގަންނަން ބޭނުންފުޅުވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަނިކުފާނުގެ ދަތުރުފުޅުތަކުގައި ރަށްރަށުގެ މަޝްރޫޢުތަކާއި އެންމެ ގުޅުންހުރި ދާއިރާތަކުގެ ވަޒީރުން ބައިވެރިކުރައްވަނީ ރަށްރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ހިނގައިގަންނަން ބޭނުންފުޅުވާތީ ކަމަށާއި އެ ގޮތުން ރަށްރަށުގެ ކައުންސިލާއި އެހެނިހެން މުއައްސަސާތަކާއި ވަޒީރުންނާއި ބައްދަލުވެ، ވާހަކަ ދެކެވިގެން، މައްސަލަތައް ހައްލުކުރެވި، އަވަހަށް ކުރިއަށް ދެވޭނެގޮތާއި ނަތީޖާއާ ހަމައަށް ދެވޭނެގޮތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާގޮތްކަން ހާމަކުރެއްވިއެވެ.

އަދި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް، ސިޓީބިޓީ ބަދަލުކުރުމާއި ބިއުރޯކްރަސީގެ ތެރެއިން ކަންކަން ތާށިވާކަމަށާއި، މިއީ ސަރުކާރުތަކުގައި ދިވެހިރާއްޖެ ނޫނަސް އެކަން ހިނގާ އާންމު އުސޫލުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އެ މަނިކުފާނު ބޭނުންފުޅުވަނީ ރަށްރަށަށް ވަޒީރުންނާއެކު ވަޑައިގެން، މަސައްކަތްތައް ހަލުވިކުރުވަން ކަމުގައި ވިދާޅުވިއެވެ.

އަނގޮޅިތީމުގެ ބަނދަރުގެ މަސައްކަތް ނުނިމި ދިގުލައިގެންގޮސްފައިވާ ކަމަށާއި އެ މަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް އެރަށުގެ ބަނދަރުގެ މަސައްކަތްވެސް، ޖެޓީގެ މަސައްކަތްވެސް ނިމޭއިރު މޫދަށް އެރޭނެ ސަރަޙައްދަކާއެކު ތަރައްޤީ ކުރެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙީ އަދި ތަޢުލީމީ ދާއިރާއަކީ ކޮންމެ ރަށެއްގައިވެސް އަޅާނުލެވި ހުރި ދާއިރާތަކެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި އަހަރުގެ ބަޖެޓުގެ ތެރޭގައި މި ދެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެ ގޮތުން އަނގޮޅިތީމުގެ ސްކޫލަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދެއްވާނެ ކަމަށާއި ރަށުގެ ޞިއްޙީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކޮށްދެެއްވާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ހިއްސާކުރެއްވިއެވެ. އެ ގޮތުން ޞިއްޙީ މަރުކަޒުތަކުގައި ހުންނަ އިކުއިޕްމަންޓްތަކަކީ ނުހުއްޓި ހިންގޭނެ ގޮތަށް އޭގެ ބޭނުން ހިފޭނެ ތަކެތިކަމަށް ހެއްދެވުމަށްޓަކައި އެތަކެއްޗަށް ބޭނުންވާ ރިއޭޖަންޓްސް ނުވަތަ އެހެން ވަސީލަތްތައްވެސް ހުސްނުވެ ބަރާބަރަށް ލިބޭނެ ގޮތަށް އިންތިޒާމުތައް ރާއްވަވާނެކަމުގައި ވިދާޅުވިއެވެ.

ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި މަގު ނުހެދޭނެ ކަމަށާއި، ފެނާ ނަރުދަމާގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަނގޮޅިތީމުގެ މަގުތައް ތަރައްޤީކުރަން ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި އަހަރުގެ ބަޖެޓުގެ ތެރެއިން ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ މިއަދު ބާއްވަން އޮތް ކޮމެޓީގެ ބައްދަލުވުން މިރެއަށް ފަސްކޮށްފި!

01 އޮކްޓޯބަރު 2017
އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ މިއަދު ބާއްވަން އޮތް ކޮމެޓީގެ ބައްދަލުވުން މިރެއަށް ފަސްކޮށްފި!
01 އޮކްޓޯބަރު 2017

މާލޭއަށްވުރެ އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ އެކަން ކޮމެޓީން ބަލަނީ

01 އޮކްޓޯބަރު 2017
މާލޭއަށްވުރެ އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ އެކަން ކޮމެޓީން ބަލަނީ
25 ސެޕްޓެމްބަރު 2017

ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ

25 ސެޕްޓެމްބަރު 2017
ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ
04 އޯގަސްޓު 2017

ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފި

04 އޯގަސްޓު 2017
ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފި
04 އޯގަސްޓު 2017

ހުވަދު އަތޮޅު ބައެއް ރަށްރަށުގައި މިއަދު މުޒާހަރާކުރަނީ!

04 އޯގަސްޓު 2017
ހުވަދު އަތޮޅު ބައެއް ރަށްރަށުގައި މިއަދު މުޒާހަރާކުރަނީ!
14 މެއި 2017

ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ

14 މެއި 2017
ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
26 މާރިޗު 2017

މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

26 މާރިޗު 2017
މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު
11 މާރިޗު 2017

ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

11 މާރިޗު 2017
ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް