Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅު ގުޅިފައިވާ ޕާޓީތައް

ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފި

މުޒާހަރާގައި ހައްޔަރުކުރި މީހުން ވަނީ ދޫކޮށްލާފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2017 | ހުކުރު 14:39
ހުކުރު ދުވަހު ގުޅިފައިވާ ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން

ހުކުރު ދުވަހު ގުޅިފައިވާ ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން

"މިނިވަންކަން" ހޯދުމަށާއި ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވާލާއި އިދިކޮޅު ފަރާތްތަކުން މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރު 4:30 ކަންހާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި މުޒާހަރާ ފަށާފައި ވަނީ އެމްޑީޕީ ހަރުގެ ކުރި މަތިންނެވެ. ދިވެހި ގައުމީ ދިދަ ހިފައިގެން ކުރި މުޒާހަރާގެ ތެރެއިން ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ ނަމަވެސް އެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

Advertisement - newsAdvertisement

އަޑުގަދަ ކުރާ ބޭނުންކޮށްގެން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަން ދެން ރާއްޖޭގެ ރައްޔިތުންނަން ބިރެއް ނުދެއްކޭނެ ކަމަށެވެ. އަދި ގެއްލިފައިވާ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖޭގެ ރައްޔިތުން މުޒާހަރާ ކުރުމަށް މުއައްސަސާތަކުން ފުރުސަތު ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އައްޑޫ މަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ގެންދާ މަގުމަތީ ހަރަކާތް ހުއްޓާލާނީ މިހާރު ހައްޔަރުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިނިވަން ކުރުމުން ކަމަށެވެ. އަދި އެކަން ކުރުމަށް ރައީސް ޔާމީންގެ ސަރުކާރަށް މަޖުބޫރު ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިން އެމްޑީޕީ ހަރުގެ ކުރިމަތީގައި އިށީނދެ ތިބެ އަޑުއުފުލަން ފެށިއެވެ. ބޮޑުތަކުރުފާން މަގު ބަންދުވުމާއި އެކު އެއްވެ ތިބި މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިލްތިމާސް ކުރިއެވެ. މީގެ ކުރިން އެ ސަރަހައްދަށް މީހުން އެއްވެއްޖެ ނަމަ ފުލުހުން ވަގުތުން އައި ރޫޅާލި ނަމަވެސް މިއަދު ގަދަ ބާރުން މީހުން ފަހަތަށް ޖައްސާފައެއް ނުވެއެވެ. އެހެންކަމުން ގިނަ އަދަދެއްގެ މީހުން ވަނީ މަގުމަތީގައި ތިބެ ، ސަރުކާރާ ދެއްކޮޅަށް އަޑު އުފުލާފައެވެ. އެމީހުން ދުރަށް ޖެއްސުމަށް ފުލުހުން ވެސް މާ ބޮޑު މަސައްކަތެއް ނުކުރެއެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ގާނޫނާއި ހިލާފަށް އަމަލުކުރުމަށް ފުލުހުންނާއި ސިފައިންނަން ވެރިން އަންގާ ކަމަށެވެ. އަދި ފާޅުގައި ގާނޫނާ ހިލާފަށް ކުރާ އެފަދަ އަމަލުތަކަށް ތަބާނުވުމަށް އަލީ ޒާހިރު ގޮވާލެއްވިއެވެ.

މީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ފުލުހުން މިއަދު އަމަލުކުރީ އެހެން ދުވަސްތަކާ ހިލާފަށް ކަމަށެވެ. ޙައްގުތަކަށް ކަށަވަރުކުރުމަށް ގުޅިފައިވާ ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނާ އެއްގޮތަށް ކަމަށާއި، ކުރިއަށް އޮތް ހަރަކާތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވާނެ ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނުކުމެ ހައްގުތަކަށް ކަށަވަރުކުރުމަށް އަޑުއުފުލުމުން ފުލުހުން ވެސް ހަމަމަގަށް އެޅުވޭނެ ކަމަށެވެ.

"ރައްޔިތުންގެ ބަދަލު"ގެ ނަމުގައި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން ހިނގަމުންދާ ހަރަކާތްތަކާއެކު މަޖިލިސް މެމްބަރުންނަށް މިސަރުކާރުގެ ފިއްތުންތައް ކުރިމަތިވެގެންދިޔަ އެވެ. އެގޮތުން މަޖިލީހުގެ ގިނަ މެމްބަރުންނަށް ތަޙްޤީޤް ހިންގަމުންދާއިރު ބައެއް މެންބަރުން މިހާރު ވެސް ތިއްބެވީ ޖަލުގައި އެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ވެސް މުޒާހަރާތައް ކޮށްފައި ވެއެވެ. އެ ގޮތުން ގދ. އަދި ގއ. އަތޮޅުގެ ރަށްތަކުގައި މުޒާހަރާތައް ބާއްވާފައިވާ އިރު އައްޑޫގައި ވެސް އަޑު އުފުލާފައި ވެއެވެ. ގދ. ތިނަދޫގައި ބޮޑު މުޒާހަރާއެއް ބާއްވާފައި ވެއެވެ. މި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު