Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެރިސް ކްލައިމެޓް އެގްރީމެންޓް

ޕެރިސް ކްލައިމެޓް އެގްރީމެންޓުން އެމެރިކާ ވަކިވަނީ

ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕްގެ އައު ސިޔާސަތުތަކުގެ ދަށުން ވައިޓް ހައުސް އިން ވަނީ "ޤައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު" އިޢުލާނުކޮށް، އެމެރިކާގެ މޫސުމާބެހޭ ގަވާއިދުތައް ބަދަލުކޮށް، ތެލާއި ގޭސް އުފެއްދުން އިތުރުކުރުމަށް ގިނަ ބަދަލުތަކެއް ގެނައުމަށް ރޭވިފައިވާކަން ހާމަކޮށްފައެވެ.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2025 | އަންގާރަ 08:16
ސިނާއީ މަސައްކަތުގެ ތެރެއިން ކާރުޚާނާ އަކުން ޖައްވަށް ގޭސް ބޭރުކުރަނީ

ސިނާއީ މަސައްކަތުގެ ތެރެއިން ކާރުޚާނާ އަކުން ޖައްވަށް ގޭސް ބޭރުކުރަނީ

ދުނިޔެ ހޫނުވުމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ އެންމެ މުހިންމު މަސައްކަތްތައް ބިނާވެފައިވާ ޕެރިސް މޫސުމީ އެއްބަސްވުމުން އެމެރިކާ ވަކިވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވައުދުވެވަޑައިގެންފިއެވެ.

2017 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް މިފަދަ ފިޔަވަޅެއް އަޅުއްވާފައިވީ ނަމަވެސް، 2021 ވަނަ އަހަރު ރައީސް ޖޯ ބައިޑަންގެ ރައީސް ކަމުގެ ފުރަތަމަ ދުވަހު ޓްރަމްޕްގެ އެ ނިންމުން ވަނީ ބަދަލުކުރައްވާފައެވެ.

އެމެރިކާ އަށް މި އެއްބަސްވުމުން ރަސްމީކޮށް ވަކިވުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މުއްދަތު ބޭނުންވާނެއެވެ.

ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕްގެ އައު ސިޔާސަތުތަކުގެ ދަށުން ވައިޓް ހައުސް އިން ވަނީ "ޤައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު" އިޢުލާނުކޮށް، އެމެރިކާގެ މޫސުމާބެހޭ ގަވާއިދުތައް ބަދަލުކޮށް، ތެލާއި ގޭސް އުފެއްދުން އިތުރުކުރުމަށް ގިނަ ބަދަލުތަކެއް ގެނައުމަށް ރޭވިފައިވާކަން ހާމަކޮށްފައެވެ.

މޫސުމާ ބެހޭ ސިޔާސަތުތަކަށް އެމެރިކާ ސަރުކާރުން މިހާ ބޮޑު ބަދަލެއް ގެނައިރު، 2024 ވަނަ އަހަރު ފާހަގަ ވެގެން ދިޔައީ ދުނިޔޭގެ ފިނިހޫނުމިން ޞިނާއީ އިންގިލާބުގެ ކުރީގެ މިންވަރަށްވުރެ 1.5 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދިޔަ އަހަރުގެ ގޮތުގައެވެ. މިއީ ކަލަންޑަރު އަހަރެއްގައި މިފަދަ ސީރިއަސް އިތުރުވުމެއް އައި ފުރަތަމަ ފަހަރެވެ.

ޕެރިސް އެއްބަސްވުމަކީ ޤާނޫނީ ގޮތުން އަމަލު ކުރުން ލާޒިމްކުރާ މުޢާހަދާ އެއް ނޫން ނަމަވެސް، މިއީ ދުނިޔޭގެ ފިނިހޫނު މިން މައްޗަށް ދިއުން ކޮންޓްރޯލު ކުރުމަށް، ޖައްވަށް ބޭރުވާ ދުނިޔެ ހޫނު ކުރާ ގޭސްތައް މަދުކުރުމަށް ދުނިޔޭގެ އެއްބާރުލުން އިތުރުކުރުމަށް މަގުދައްކައިދޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމާ މެދު ރައީސް ޓްރަމްޕްގެ ނުރުހުން 2017 ވަނަ އަހަރު އޭނާ ދެއްވި ބަޔާނުގައި ވަނީ ފާހަގަ ވެގެން ގޮސްފައެވެ. އޭނާ ވިދާޅުވީ އޭނާ އިންތިޚާބުވެފައިވަނީ "ޕިޓްސްބާގްގެ ރައްޔިތުން ތަމްސީލު ކުރުމަށް ނުވަތަ ޕެރިހުގެ ރައްޔިތުން ތަމްސީލުކުރުމަކަށް ނޫން" ކަމަށެވެ.

ޕެރިސް އެއްބަސްވުމުން ވަކިވުމުން އެމެރިކާ ބައިވެރިވާނީ 10 އަހަރުކުރިން ފަރަންސޭސި ވިލާތުގެ ވެރިރަށުގައި ސޮއިކުރެވުނު މި އެއްބަސްވުމުން ބޭރުގައި ތިބި ހަމައެކަނި ޤައުމުތަކުގެ ގޮތުގައި ހިމެނޭ އީރާން، ޔަމަން އަދި ލީބިޔާ އާ އެވެ.               

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު