Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިމާރާތްކުރުން

55 ރަށެއްގެ ކައުންސިލް އިދާރާ އަޅަން ހަވާލުކުރީ ދަނޑުވެރިކަންކުރާ ކެމިކަލްއާއި ގަސްކާނާ ވިއްކާ ކުންފުންޏަކާއި

20 ޖެނުއަރީ 2025 | ހޯމަ 17:13

އެ ކުންފުނިން މައިގަނޑު ގޮތެއްގައި ކުރަނީ 4 ބާވަތެއްގެ ވިޔަފާރިއެއް، އެއީ ކެމިކަލް، ހަކަތަ އިންޑަސްޓްރިއަލް އަދި ކޮންސިއުމަރގެ ހިދުމަތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖެނުއަރީ 2025 | ހޯމަ 17:13
55 ކައުންސިލް އަޅަން ހަވާލުކުރި ކުންފުންޏަކީ ދަނޑުވެރިކަމުގެ ކެމިކަލް އަދި ގަސްކާނާގެ ވިޔަފާރިކުރާ ކުންފުންޏެއް

55 ކައުންސިލް އަޅަން ހަވާލުކުރި ކުންފުންޏަކީ ދަނޑުވެރިކަމުގެ ކެމިކަލް އަދި ގަސްކާނާގެ ވިޔަފާރިކުރާ ކުންފުންޏެއް

55 ރަށެއްގެ ކައުންސިލް އިދާރާ އަޅަން ހަވާލުކުރީ ދަނޑުވެރިކަންކުރާ ކެމިކަލްއާއި ގަސްކާނާ ވިއްކާ ކުންފުންޏަކާއިކަން ހާމަވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

Advertisement - newsAdvertisement

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާއެވެ. މި ޕްރޮޖެކްޓް އެވޯޑްކުރި ހެކްސްޓަރ ގްލޯބަލްގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސް ގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ޝަރީފެވެ.

މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ފެށި، އެ ޢިމާރާތްތަކުގެ ފަސޭހަކަން ކައުންސިލުތަކަށް ކުރިއަށް އޮތް އަހަރުތެރޭ ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭކަމަށް ސިޓީސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރި އަގެއް އަދި ކުންފުނި ނެގި ގޮތެއްވެސް ހާމައެއް ނުކުރެއެވެ.

ހެކްސްޓަރ ގްލޯބަލްއަކީ މެލޭޝިއާގެ ކުންފުންޏެކެވެ. ހެކްސްޓާ ގްލޯބަލް ބެރްހާޑަކީ އެގްރޯކެމިކަލް އަދި ގަސްކާނާގެ އުފެއްދުންތައް އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރުމަށް ޚާއްސަ ވިޔަފާރި ކުންފުންޏެކެވެ.

އެ ކުންފުނީގެ ޕްރޮފައިލްގައިވާގޮތުން އެ ކުންފުނިން މައިގަނޑު ގޮތެއްގައި ކުރަނީ 4 ބާވަތެއްގެ ވިޔަފާރިއެކެވެ. އެއީ ކެމިކަލް، ހަކަތަ އިންޑަސްޓްރިއަލް އަދި ކޮންސިއުމަރގެ ހިދުމަތެވެ.

ކެމިކަލްގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމާއި ގުޅުންހުރި ކެމިކަލް، ޕަބްލިކް ހެލްތް، ހާއްސަ ބާވަތްތަކުގެ ކެމިކަލް، ރިސަރޗް އެންޑް ޑިވަލަޕްމަންޓް، ތެޔޮނަގާ މަސައްކަތަށް ހާއްސަ ކެމިކަލް، ސާފުކުރުން، ޕޮލީމަރ އަދި ލުބރިކަންޓްއެވެ.

މީގެ އިތުރުން ހަކަތައިގެ ތެރޭގައި ހިމެނެނީ ބައޯގޭސް ސިސްޓަމް އުފެއްދުމެވެ. އަދި އިންޑަސްޓްރިއަލްގެ ތެރޭގައި ހިމެނެނީ އިންސާނުންނާއި ނުލާ މެޝިން ބޭނުންކޮށްގެން މަސައްކަތް ކުރެވޭނެ ގޮތަށް ކަންކަން ފަރުމާކުރުމެވެ. އަދި ކޮންސިއުމަރ ބައިގައި ހިމެނެނީ ތާޒާ އަދި ގަނޑުކުރި ޑޫރިއަން މޭވާ ވިއްކުމެވެ.

ކުންފުނީގެ ޕްރޮފައިލްގައި ބުނެފައިވަނީ ހެލެކްސް ހޯލްޑިންގްސް ސީޑީއެން ބީޑީ އަކީ މެލޭޝިއާގައި 13 އޮކްޓޯބަރ 1990 ގައި ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި އުފެދިފައިވާ ކުންފުންޏެކެވެ. އޭގެ ފަހުން 11 ޖެނުއަރީ 2007 ގައި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުވެ، 16 ސެޕްޓެމްބަރ 2009 ގައި ބުރްސާ މެލޭޝިއާ ސެކިއުރިޓީޒް ބީއެޗްޑީގެ މައި މާކެޓުގައި ލިސްޓް ކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އެކުންފުންޏަކީ ޕްރިންސިޕަލްކޮށް އިންވެސްޓްމަންޓް ހޯލްޑިންގ ކުންފުންޏެކެވެ.

ހެކްސްޓާ ގްލޯބަލް ގްރޫޕްގެ ކުންފުނިތަކުން 1980 ވަނަ އަހަރު ފެށި ހެލެކްސް (އެމް) ސީޑީއެން ބީއެޗްޑީ އަކީ އެގްރޯކެމިކަލް އަދި ގަސްކާނާގެ އުފެއްދުންތައް އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރުމަށް ޚާއްސަ ވިޔަފާރި ކުންފުންޏެކެވެ.

މިއަދު، 40 އަހަރަށްވުރެ ގިނަ ދުވަސް ފަހުން، ހެކްސްޓަރ ގްލޯބަލް ގްރޫޕުން ވަނީ މައިގަނޑު ސަބްސިޑަރީ ކުންފުނިތަކާ ދިމާލަށް ފުޅާވެ، ޑައިވަރސިފައިކޮށް، އަދިވެސް އެގްރޯކެމިކަލްސްގެ މައިގަނޑު ވިޔަފާރި ދަމަހައްޓަމުން ގޮސްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް