Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ޕޮސްޓެކޮގްލޫ އަށް ޕްރެޝަރު ބޮޑުވަނީ!

އެވަޓަން މެޗުގެ ފަހުން ނޫސްވެެރިންނާ ވާހަކަ ދައްކަމުން ޕޮސްޓެކޮގްލޫ ބުނީ މިއީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާަހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2025 | އަންގާރަ 04:12
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ

ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ

ޓޮޓެންހަމްގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާއިރު، އެ ޓީމަށް އިރުޝާދު ދެމުން އަންނަ އަންގޭ ޕޮސްޓެކޮގްލޫ އަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޓޮޓެންހަމް ވަނީ ބަލިވެފަ އެވެ. އެ މެޗުން ޓޮޓެންހަމް ބަލިވެފައިވާއިރު، މިވަގުތު އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ 15 ވަނަ މަގާމުގަ އެވެ. މި ސީޒަންގެ މިހާތަނަށް ޓޮޓެންހަމް ވަނީ 12 މެޗުން ބަލިވެފަ އެވެ.

އެވަޓަން މެޗުގެ ފަހުން ނޫސްވެެރިންނާ ވާހަކަ ދައްކަމުން ޕޮސްޓެކޮގްލޫ ބުނީ މިއީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާަހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާ އަށް ބޮޑު ޒިންމާއެއް އޮތްކަން ފާހަގަ ކުރަމުން ޕޮސްޓެކޮގްލޫ ބުނީ، އޭނާ އަށް އޮތީ ޓީމާއި ކުޅުންތެރިންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. ކޮންމެ ކަމަކަށް ފޯކަަސް ކުރަން ޖެހުނު ނަމަވެސް، އޭނާ އަށް އޮތް ޒިންމާގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޓޮޓެންހަމްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، ޕޮސްޓެކޮގްލޫ އަށް އަންނަނީ ޕްރެޝަރު ބޮޑުވަަމުންނެވެ. އެގޮތުން ޓޮޓެންހަމްގެ ޗެއާމަން ޑެނީ ލެވިސް ވެސް ވަނީ، ކުލަބުގެ މުސްތަޤުބަލަށް މުހިންމު ނިންމުންތަކެއް ނިންމަން ޖެހޭ ފަދަ މޭރުމަކުން ވާހަކަ ދައްކާފައި ކަަމަށް، މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ ޕޮސްޓެކޮގްލޫ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާަތަނަށް ޔުނައިޓެޑުން ވަނީ 74 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 36 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، 12 މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި 26 މެޗަކުން ޓޮޓެންހަމް ވަނީ ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

16 ޖުލައި 2020

ޕްރެޝަރު ބޮޑު މެޗަށް ރެއާލް އޮތީ ތައްޔާރަށް: ޒިދާން

16 ޖުލައި 2020
ޕްރެޝަރު ބޮޑު މެޗަށް ރެއާލް އޮތީ ތައްޔާރަށް: ޒިދާން
01 މާރިޗު 2020

ޕްރެޝަރު ބޮޑީ ބާސާއަކަށް ނޫން، ރެއާލަށް: ސެޓިއެން

01 މާރިޗު 2020
ޕްރެޝަރު ބޮޑީ ބާސާއަކަށް ނޫން، ރެއާލަށް: ސެޓިއެން
04 އެޕްރީލު 2019

ޕްރިމިއާ ލީގު: ސިޓީ އާއި ލިވަޕޫލްގެ ވާދަވެރިކަން ބޮޑުވަނީ

04 އެޕްރީލު 2019
ޕްރިމިއާ ލީގު: ސިޓީ އާއި ލިވަޕޫލްގެ ވާދަވެރިކަން ބޮޑުވަނީ
02 ފެބުރުއަރީ 2019

ޗެލްސީއަށް ވުރެ ނަޕޯލީގައި ހުރިއިރު ޕްރެޝަރު ބޮޑު: ސާރީ

02 ފެބުރުއަރީ 2019
ޗެލްސީއަށް ވުރެ ނަޕޯލީގައި ހުރިއިރު ޕްރެޝަރު ބޮޑު: ސާރީ
09 ޖޫން 2018

ޕްރެޝަރު އޮތުމަކީ ރަނގަޅު ކަމެއް: ކެޕްޓަން ކޭން

09 ޖޫން 2018
ޕްރެޝަރު އޮތުމަކީ ރަނގަޅު ކަމެއް: ކެޕްޓަން ކޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު