Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޗާގޯސް "ދެބޯގެރި" ޗޮކުން!

ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 އެޕްރީލު 2023 | ހުކުރު 13:07
ޗާގޯސް އިންވަކިކުރުމުގެ މަސައްލަ - ރާއްޖެއަށް ލިބުނީ ކާމިޔާބީއެއް

ޗާގޯސް އިންވަކިކުރުމުގެ މަސައްލަ - ރާއްޖެއަށް ލިބުނީ ކާމިޔާބީއެއް

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެ އިން އެދުނު ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން) އިން މިވަނީ ނިންމާފައެވެ.

މި މައްސަލައިގައި ސަރުކާރުގެ 'ކަޑަ' ކަން ދައްކަން އިދިކޮޅުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މަސައްކަތް ނުކުރާހާ މިންވަރަށް މަސައްކަތް ކުރިއެވެ. ދައްކަން އުޅުނީ ސަރުކާރުގެ ކަޑަކަމާއި ދިވެހިންގެ މިނިވަންކަން ގެއްލިއްޖެކަމަށެވެ. ތަފާތު ހިޔާލީ ފޮލާތައްކައްކަމުން ދުވާލަކު ދެއިރަށް ބޯ ބޭހެއް ހެން ބަޔާންތައް ނެރެ އުޅުނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ހައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް އެތައް މަސައްކަތެއް ކުރިއެވެ. މީގެ ކުރިންވެސް ދިވެހިންގެ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރި އެހެންކަންތައްތަކާ އެއްގޮތަށެވެ. 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި، ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދައުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވައިލި އދ. ގެ އާއްމު މަޖިލީހުގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން، ރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެކަމަށް ބުންޏެވެ.

އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތް ވޯޓެއްކަމަށްވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން އޭރު ބުނެފައިވެއެވެ. އެ ޕާޓީން އެހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވޯޓު ލާފައެވެ.

ނަމަވެސް 2019 ޑިސެމްބަރު 18ގައި މި ސަރުކާރުން ވަނީ، އިޓްލޮސްގައި ކުރިއަށްދާ މައްސަލާގެ އިބްތިދާއީ މަރުހަލާގައި ޕްރިލިމިނަރީ އޮބްޖެކްޝަންސްގެ ގޮތުގައި ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާ މޮރިޝަސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމާ ގުޅޭ މައްސަލައެއް ކުރިއަށް ދަނިކޮށް އިޓްލޮސްއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިޚްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށް ވަކާލާތުކޮށްފައެވެ.

ނަމަވެސް، އިބްތިދާއީ އަޑުއެހުންތަކަށްފަހު އިޓްލޮސްއިން ނިންމީ ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އައި.ސީ.ޖޭއިން ނެރެފައިވާ އިސްތިޝާރީ ލަފައަށް ރިއާއަތްކޮށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެންވާކަމަށެވެ. އިޓްލޮސްގެ މި ނިންމުމާ ގުޅިގެން، އެ ޓްރައިބިއުނަލުގެ އަޑުއެހުންތަކުގައި ދިވެހި ސަރުކާރުން ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދުވާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ކުރިއްސުރެ ރާއްޖެއިން ގެންގުޅެމުންދިޔަ ސިޔާސަތުތައް ދިފާއުކުރުމަށެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ރާއްޖޭން ބުނެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރީ، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ އައްސޭރިފަށުން ފެށިގެންނެވެ.

ނަމަވެސް އިޓޮލަސްގެ ނިންމުމުގައި އިންޑިއާ ކަނޑުގައި މޮރިޝަސް އާއި ރާއްޖެއާއި ދެމެދު ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީގެ ސްޕެޝަލް ޗެމްބަރުން ވަނީ ހުކުމް އިއްވާފަ އެވެ.

މި މައްސަލަ ހުށަހެޅީ 24 ސެޕްޓެމްބަރު 2019 ގައި ކަމާބެހޭ ދެ ދައުލަތުގެ މެދުގައި ވެފައިވާ ހާއްސަ އެއްބަސްވުމެއްގެ ތެރެއިން ޓްރައިބިއުނަލްގެ ގާނޫނު އަސާސީގެ 15 ވަނަ މާއްދާގެ 2 ވަނަ ޕެރެގްރާފް އަށް އަމަލުކޮށްގެން އުފެއްދި ހާއްސަ ޗެމްބަރަކަށެވެ. 28 ޖެނުއަރީ 2021 ގައި ސްޕެޝަލް ޗެމްބަރުން އިބްތިދާއީ އިއުތިރާޒުތަކާ ގުޅޭ ހުކުމް އިއްވާފައިވެއެވެ.

އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ. މޮރިޝަސް އިން ހުށައެޅީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.

އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރުން ބެެއްލެވި މި މައްސަލައިގައި އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ހިކި ދިޔައިގައި ބްލެންހެމް ފަރު ފެނުން މަތީގައި އޮންނަ ކަމަށް މޮރިޝަސް އިން ބުނާ ބުނުމަށް ބާރު ލިބޭއިރު، އެ ފަރަކީ މޮރިޝަސްގެ އައްސޭރިފަށުގެ ބައެއްގެ ގޮތުގައި މި މައްސަލައިގައި ބެލިދާނެ ކަމަށް ހުކުމުގައި ބުނެފައިވީނަމަވެސް، އެ ކަމަށް އެކަނި ބަލައިގެން އިން ވަކި ކުރުމުގައި ބްލެންހެމް ފަރަކީ ބޭސްޕޮއިންޓެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

ގަބޫލުކުރެވޭ ވަރުގެ ވަރުގަދަ ހެއްކެއް ނެތް ހާލަތުގައި ބްލެންހެމް ފަރަކީ ބޭސްޕޮއިންޓެއް ކަމަށް ބެލުމަށް ޗެމްބަރުން ފަސްޖެހޭ ކަމަށާއި، ބްލެންހެމް ފަރަކީ ބޭސްޕޮއިންޓެއް ކަމަށް ނުބެލޭނެކަން ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ހުކުމް ވަރަށް ސާފެވެ. ރާއްޖެއިން ވަކާލާތު ނުކޮށް ދިވެހިންގެ ހައްގުގައި މި މަސައްކަތް ނުކުރި ނަމަ ގެއްލުން މާބޮޑެވެ. އިދިކޮޅުން ރެއާ ދުވާލު ރާއްޖެއިން ބައެއް ގެއްލިއްޖެ ކަމަށް ދިވެހިންގެ ލޮލުގައި އަނދުން އަޅުވަން ކުރި މަސައްކަތް މިދިޔައީ ހަމަ ޗޮކުންނެވެ.

މައްސަލައަކީ އިން ވަކިކުރުމުގެ މައްސަލައެއްވެސް ނޫނެވެ. ދިވެހިންގެ ޖީބުން ވައްކަން ކޮށްގެން ޖަލުގައި ހުންނެވި މީހެއްގެ ވާހަކަ އޮއްބާލުމެވެ. ސަރުކާރުން ކުރަމުން އަންނަ ހަރުދަނާ އަދި ދިވެހިންނަށް ލާބަ ލިބޭ އެތައް ކަމެއް ނުވާކަމަކަށް ދައްކައިގެން ދެ ބޯ ގެރި ދުއްވުމެވެ. މިހާތަނަށް ރާއްޖޭގެ ތާރީހުގައި ރާއްޖެއިން ބައެއް ވިއްކަން ފައި ވިއްދާފައި ހުރީ އެންމެ ވެރިއެކެވެ. އެއީ ފ އަތޮޅު ވިއްކާލަން އުޅުނު މައްސަލައެވެ. އެކަންވެސް ދިފާއުކޮށް ފ އަތޮޅަކީ އެތަނުގެ ވަޒަންވެރިންގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތުކުރީ އެމްޑީޕީންނެވެ. މިހާރު ދެން މިކަމުގައި އިދިކޮޅުން ދައްކާނެ ވާހަކައެއް ނެތެވެ. ކުރެވޭނެ ކަމެއް ނެތެވެ. ސަރުކާރު ބަދަލުކުރަން އެމީހުން ކެނޑިނޭޅި ކުރަމުންދާ ނާކާމިޔާބު މަސައްކަތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބް އަންނަންވާރަށް ދެން ދުއްވާނެ އެހެން ދެބޯގެރިއެއް ހޯދަން ތެޅިފޮޅިގަންނާނީވެސް ތޯއްޗެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ފުށިދިއްގަރުފަޅުގެ ވާހަކަ" މި ސަރުކާރުގެ ދެބޯގެރި ދުއްވުން ނޫންބާ؟

"ފުށިދިއްގަރުފަޅުގެ ވާހަކަ" މި ސަރުކާރުގެ ދެބޯގެރި ދުއްވުން ނޫންބާ؟

30 ނޮވެމްބަރު 2023
އޭޖީގެ ޖަވާބު ތަކާއެކު އިދިކޮޅުގެ "ޗާގޯސް ޗަރުކޭސް" ތޮޅިއަށް

އޭޖީގެ ޖަވާބު ތަކާއެކު އިދިކޮޅުގެ "ޗާގޯސް ޗަރުކޭސް" ތޮޅިއަށް

05 ޖޫން 2023
ބޭނުމަކީ ވެރިކަން، ނިވާފަތްގަނޑަކަށް ޗާގޯސް

ބޭނުމަކީ ވެރިކަން، ނިވާފަތްގަނޑަކަށް ޗާގޯސް

11 މެއި 2023
ޗާގޯސްއޭ ކިޔައިގެން "ބަޣާވާތަކަށް"!!؟؟

ޗާގޯސްއޭ ކިޔައިގެން "ބަޣާވާތަކަށް"!!؟؟

08 މެއި 2023
"ބާޒުތައް" ޕީޕީއެމް ތެރެއަށް ވަދެގަންނަ ތަޅުދަނޑިއަކަށް "ޗާގޯސް"

"ބާޒުތައް" ޕީޕީއެމް ތެރެއަށް ވަދެގަންނަ ތަޅުދަނޑިއަކަށް "ޗާގޯސް"

06 މެއި 2023

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު