Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

އަހަރުގެ މިހާ ހިސާބަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާ އިން

ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ހިސާބުތަކުން ފެންނަ ގޮތުގައި ޖެނުއަރީ 18 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާ އިން 15,077 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 12.8 އިންސައްތަ އެވެ.

ރާއްޖެ އެމްވީ | 20 ޖެނުއަރީ 2025 | ހޯމަ 05:41
ރާއްޖޭގެ ރިސޯޓު ރަށެއް

ރާއްޖޭގެ ރިސޯޓު ރަށެއް

2025 ވަނަ އަހަރު މިހާ ހިސާބަށް، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ޤައުމަކީ ރަޝިޔާ ކަމުގައި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ހިސާބުތަކުން ފެންނަ ގޮތުގައި ޖެނުއަރީ 18 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާ އިން 15,077 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 12.8 އިންސައްތަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިޓަލީ އިން 12,560 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

2024 ވަނަ އަހަރު އެންމެ މަތީގައި އޮތް ޗައިނާ މިހާރު ވަނީ ތިންވަނަ އަށް ވެއްޓިފައެވެ. އެގައުމުން 11,560 ފަތުރުވެރިން (9.8%) ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން މުހިންމު މާކެޓްތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި، (10,621 ފަތުރުވެރިން) އަދި ޖަރުމަނުވިލާތް (7,313 ފަތުރުވެރިން) ހިމެނެއެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި، ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.7  އިންސައްތަ ވަނީ އިތުރުވެފައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް 117,532 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 107,119 ފަތުރުވެރިންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި އެންމެ ގިނަ ފަތުރުވެރިންނަކީ ރިސޯޓުތަކަށް އައި މީހުންނެވެ. މިގޮތުން ޖުމްލަ ފަތުރުވެރިންގެ 69.6 އިންސައްތަ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސް ތަކުގައި ހޭދަކުރި ފަތުރުވެރިންގެ ނިސްބަތަކީ 25.4 އިންސައްތަ އެވެ. ހޮޓާތަކާއި ސަފާރީ އުޅަނދުތަކުގައި ހޭދަކުރި ފަތުރުވެރިންގެ ނިސްބަތަކީ 2.5 އިންސައްތަ އެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހާ ހަމައަށް، ރާއްޖޭގައި 1,161 ފަތުރުވެރިކަމުގެ ފެސިލިޓީ ހިންގަމުން ގެންދިޔަ އިރު އެ ފެސިލިޓީ ތަކުގައި ހުރި ޖުމްލަ އެނދުގެ އަދަދަކީ 62,512 އެވެ. އެހެން ނަަމަވެސް މީގެ ތެރެއިން އޮޕަރޭޓް ކުރަމުން އަންނަނީ 61,790 އެނދެވެ. މީގެ ތެރެއިން 43,541 އެނދު ހުރީ ރިސޯޓުތަކުގައެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު