Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްސްޕެޓް ސިސްޓަމް

"އެކްސްޕެޓް ސިސްޓަމް ބަދަލުކުރަން އުޅުނީ ސީދާ ޕީއެންސީ އަށް ބައި އަޅާތީ ކަމަށް އަޑު އިވޭ"

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފަވާ، "ބްލެކްލިސްޓް" ވެފައިވާ މެލޭޝިއާ ގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ މަސައްކަތް ހަވާލުކުރި ސަބަބު ސާފެއް ނޫން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 08:20
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ރާއްޖޭގެ އެކްސްޕެޓް ސިސްޓަމް ބަދަލުކުރަން އުޅުނީ ސީދާ ޕީއެންސީ އަށް ބައި އަޅާތީ ކަމަށް އަޑު އިވޭ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ޕްރޮގްރާމްގައި މީކާއިލް ވަނީ ހޯމް މިނިސްޓަރ އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނު ސަބަބުތަކާއި މެދު ވާހަކަދައްކަވާފައެވެ.

އެގޮތުން ޤާނޫނާއި އުސޫލުތަކާއި ޚިލާފަށް އިހުސާން ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާކަމަށް ފާހަގަކުރައްވާ މީކާއިލް ވަނީ އެކަންކަމަށް ފާޑު ވިދާޅުވެފައެވެ. އަދި އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ކުރުމަކީ ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ތުހުމަތުކުރައްވާ މީކާއިލް ވިދާޅުވީ އެކަމުގެ ހަގީގަތް މިނިސްޓަރ އިހުސާން ވީ އެންމެ އަވަހަކަށް އާއްމުންނަށް ސާފުކޮށްދެއްވަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަަމަށެވެ. އާއްމުންގެ އިތުބާރު ވަޒީރަށް ލިބޭނީ އެގޮތަށް ޢަމަލުކޮށްގެން ކަަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް އިމްގްރޭޝަން އިން ބޭނުންކުރުމަށް ދިވެހިރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމުކޮށްފައި ވަނިކޮށް އަލުން އެކަން ކުރަން ޖެހުނު ސަބަބާއި މެދު މީކާއިލް ސުވާލު އުފެއްދެވިއެވެ. އެގޮތުން އެ ނިޒާމު ހުއްޓުމަކަށް ގެނެސް، ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފަވާ، "ބްލެކްލިސްޓް" ވެފައިވާ މެލޭޝިއާ ގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ކީއްވެތޯ ދިވެހިންނަށް ސާފުވާން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ހަމައެހެންމެ މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް އަހަރަކު 460 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއް އެވޯޑްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް މީކާއިލް ވަނީ ހިއްސާކުރައްވާފައެވެ. އެއްބަސްވުން އެކުލަވާލަން ޖެހުނު ސަބަބާއި މެދު ވަޒީރު ދައްކަވާ ވާހަކަތައް ވެސް ދިމާ ނުވާކަމަށް މީކާއިލްގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުމް 2013-2018 ގެ ސަރުކާރުން ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުނުކޮށްފިނަމަ، ބެސްޓިނެޓަށް، 13.7 މިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ދޭންޖެހުމުގެ ފުރުސަތު އޮތް ކަމަށް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވި ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށް މީލާއިން ވިދާޅުވިއެވެ. ސަބަބަކީ 2013-2018 ގެ ސަރުކާރާ ބެސްޓިނެޓް ކުންފުންޏާއެކު ގާނޫނީ ގޮތުން ބަނދެވިގެންވާ އެއްބަސްވުމެއް އެކުލަވާލާފައިނުވުމާއި އެ ކުންފުންޏަށް ލިބެންޖެހޭ ކަމަށް ބުނާ ގެއްލުމުގެ ބަދަލާ ގުޅިގެން އެއްވެސް ޝަކުވާއެއް އަދި ދައުވާއެއްވެސް ހުށަހަޅާފައި ނެތުން ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރަމުން ދާއިރު އެ ނިޒާމްގެ ބޭނުމަކީ އެ ބިދޭސީންގެ ކަންކަން ހަރުދަނާގޮތެއްގައި ބެލެހެއްޓުމެވެ. މިދިޔަ ފެބްރުއަރީ މަހުގެ 26 އިން މާރޗް 11 ގެ ނިޔަލަށް މިނިސްޓްރީން ވަނީ އެކްސްޕެޓް ސިސްޓަމުން ދެމުންދިޔަ ބައެއް ޚިދުމަތްތައް މެދުކަނޑާލާފައެވެ. އެހެންނަމަވެސް ދެމަސް ދުވަސް ތެރޭގައި އަލުން މަސައްކަތް ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެ ނިޒާމް އެކުލަވާލުމުގައި ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް އަމަލުކުރަނީ ވަކި ބަޔަކަށް މާލީ މަންފާތަކެއް ހޯދާދިނުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 517 ވަނަ މާއްދާގައި ބުނާ ޖިނާއީ ކުށުގެ އަމަލެކެވެ.

މިނިސްޓަރ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ނިމިދިޔަ ހަފްތާގެ ހުކުރު ދުވަހުއެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއި އެކުގަ ކަމަށް ވާއިރު އެ މައްސަލައިގެ ސޮއިކުރުމުގެ މަސައްކަތް ކުރީ ޖެނުއަރީ 16ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

12 އެޕްރީލު 2017
ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ތިން ޕާޓީން ނިންމައިފި

ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ތިން ޕާޓީން ނިންމައިފި

06 އެޕްރީލު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
ނޫސްވެރިންނަށް ބިރު ދެއްކުމުގައި އުޅުނީ ޕީ.ޕީ.އެމްގެ އެމް.ޕީ ޚަލީލުގެ ޅިޔަނު

ނޫސްވެރިންނަށް ބިރު ދެއްކުމުގައި އުޅުނީ ޕީ.ޕީ.އެމްގެ އެމް.ޕީ ޚަލީލުގެ ޅިޔަނު

02 މާރިޗު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު