Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭސް ނުގުޅުން

ބޭނުންކުރި ބޭހެއްގެ ސަބަބުން 7 އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ހުސް ފޮޅު!

ބޭހެއް ބޭނުން ކުރުމުގެ ސަބަބުން ހާލު ދެރަވެފައިވަނީ 7 އަހަރުގެ ކުއްޖެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2017 | ހޯމަ 09:36
ބޭހެއްގެ ބޭނުންކުރުމުގެ ސަބަބު ހާލު ދެރަވި ކުއްޖާ

ބޭހެއްގެ ބޭނުންކުރުމުގެ ސަބަބު ހާލު ދެރަވި ކުއްޖާ

ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ދިން ބޭހެއްގެ ސަބަބުން ކުޑަކުއްޖެއްގެ މުޅި ހަށިގަނޑުގައި ފޮޅު ނަގައި އެ ކުއްޖާ އަށް ރާއްޖެއިން ބޭރުގައި ފަރުވާ ދޭން ޖެހިއްޖެއެވެ.

އުމުރުން 7 އަހަރުގެ މި ކުއްޖާގެ އާއިލާގެ މީހަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުންގައި އެކުއްޖާ ހުން އައިސްގެން އޮގަސްޓް 14 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން "ޕެރަމޯލް" ނަމަކަށް ކިޔާ ބޭހެއް ދިން ކަމަށެވެ. ބޭސް ބޭނުން ކުރުމުން އަނގައިގަ ފޮޅު ނަގާފައި ހުރުމުގެ ސަބަބުން އައިޖީއެމްއެޗްއެޗަށް ގޮސް އަލުން ދެއްކި ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ. އެެހެން ނަމަވެސް އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށާއި އަދި ކުރިން ބޭނުން ކުރި ބޭސް ކުރިއަށް ގެންދިއުމަށް ޑޮކްޓަރު ބުނި ކަމަށެވެ. ޑޮކްޓަރުގެ ލަފާގެ މަތިން އެ ބޭސް އޭގެ ފަހުން ވެސް ދެ ފަހަރު ދިން ކަމަށް އާއިލާ އިން ބުނެއެވެ. އޭރު އެއީ ބޭހުގެ ސަބަބުން ވާ ކަމެއްކަން ނޭނގޭ ކަމަށް އާއިލާ އިން ބުންޏެވެ.

Advertisement - newsAdvertisement

ބޭސް ބޭނުންކުރުމުން ލުޔެއް ލިބުމުގެ ބަދަލުގައި އެކުއްޖާގެ މުޅި ހަށިގަނޑުގައި ފޮޅުތައް ނަގައި ހާލު ދެރަވުމުން އެޑްމިޓްކޮށް ފަރުވާންދޭން ފެށި އެވެ. ހަތަރު ދުވަސްތެރޭގައި ރަގަޅު ވާނެ ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށާއި ފަހުން 7 ދުވަސް ތެރޭގައި ރަގަޅުވާނެ ކަމަށް ބުނި ކަމަށް އާއިލާ އިން ބުންޏެވެ. އެހެން ނަމަވެސް ކުއްޖާގެ ހާލު ރަގަޅު ވާކަމަށް އާއިލާއަށް ގަބޫލު ނުކުރެވުމުން ބޭރަށް ގެންގޮސް ފަރުވާދޭން ނިންމީ ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެ އެވެ.

" ޕެރަމޯލް" ބޭނުންކުރުމުން ހާލު ބޮޑުވި ކުއްޖާއަށް މިހާރު ފަރުވާ ދެމުންދަނީ ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި އެވެ. އެކުއްޖާއަށް ތިން ފަރުވާއެއް ދޭންޖެހޭ އިރު ކޮންމެ ފަރުވާއަކަށް 1,700 ޑޮލަރު ދައްކަން ޖެހެ އެވެ. އެގޮތުން ގާތްގަނޑަކަށް 5,100 ޑޮލަރު ނުވަތަ 78,000ރ. ފަރުވާއަށް ހޭދަވާ ކަމަށް އެކުއްޖާގެ އާއިލާއިން ބުނެ އެވެ. އަދި އެއީ ރާއްޖެ އިން ލިބޭ ފަރުވާއަކަށް ވާތީ އާސަންދަ ވެސް ނުލިބޭ ކަމަށާއި އެހާ ބޮޑު ހޭދައެއް ކުރަންޖެހުމުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އާއިލާ އިން ބުނެއެވެ.

މިހާދިސާއާ ގުޅިގެން ސޯޝަލް މީޑިޔާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން އައިޖީއެމްއެޗުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން އެކުއްޖާ އެޑްމިޓްކޮށްފައި ވަނީ 15 އޮގަސްޓްވީ އަންގާރަ ދުވަހު ކަމަށާއި އެކުއްޖާ އެޑްމިޓްކުރީ ވެސް އެއްޗެހިތަކެއް ގައިގާ ނަގައިގެން ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކުއްޖާ ވަނީ ސްޓީވަންސް ޖޯންސަންސް ސިންޑްރޯމް ( އެސްޖޭއެސް) އަށް ޕޮސިޓިވްވެ ޑައިގްނޯސް ކުރެވުނު ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެސްޖޭއެސްއަކީ ބައެއް ކަހަލަ ބޭސް ބޭނުން ކުރުމުގެ ސަބަބުން ވަރަށް މަދުން ނަމަވެސް އެ ބޭހެއް ބޭނުންކުރާ މީހުންނަށް އަންނަ އެލަރޖިކް ރިއެކްޝަނެއް ކަމަށާއި މިއީ ވަކި ބޭހެއް ބޭނުން ކުރުމުން ވާ ގޮތެއް ނޫން ކަމަށް ވެސް އެ ހޮސްޕިލުން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު