Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާނޫނުއަސާސީގެ ދިފާއުގައި

" 2023ގެ ރިޔާސީ އިންތިޚާބާއި 2024ގެ މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ މި ސަރުކާރަށް ދިނީ ޤާނޫނުއަސާސީ ނަގާ ވީދާލާނެ ކަމަށް ވިސްނައިގެން ނޫން "

18 ޖެނުއަރީ 2025 | ހޮނިހިރު 14:24

މޫސަ ވިދާޅުވީ ވެރިކަން ލިބުމަށް ފަހު މަޖިލީހުގެ މެޖޯރިޓީ ލިބުމުން ސަރުކާރުން ކަންކަން ކުރަމުން ދަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެއީ ލަދުވެތިކަމެއް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޖެނުއަރީ 2025 | ހޮނިހިރު 14:24
ފުދިއްޖެ ފުނޑިއްޖެ ކަވަރޭޖްގެ ތެރެއިން

ފުދިއްޖެ ފުނޑިއްޖެ ކަވަރޭޖްގެ ތެރެއިން

ދިވެހި ރައްޔިތުން، 2023ގެ ރިޔާސީ އިންތިޚާބާއި 2024ގެ މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ މި ސަރުކާރަށް ދިނީ ޤާނޫނުއަސާސީ ނަގާ ވީދާލާނެ ކަމަށް ވިސްނައިގެން ނޫން ކަމަށް  އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ "ފުދިއްޖެ، ފުނޑިއްޖެ" ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މޫސަ ވިދާޅުވީ ވެރިކަން ލިބުމަށް ފަހު މަޖިލީހުގެ މެޖޯރިޓީ ލިބުމުން ސަރުކާރުން ކަންކަން ކުރަމުން ދަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެއީ ލަދުވެތިކަމެއް ކަމަށެވެ.

ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ އިރު އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފަން ޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ. 31 ވަނަ ދުވަހު އެމްޑީޕީން ޤާނޫނުއަސާސީ ދިފާއުކުރަން ނުކުންނަނީ ޤާނޫނުއަސާސީ ބައްޓަންކުރި ގޮތާއި ޚިލާފަށް އެތައް ކަމެއް މި ސަރުކާރުން ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީ ވުޖޫދަށް ގެނައީ ވެސް ދިވެހިންގެ ހައްގުތައް ހޯދުމުގެ މަޤްސަދުގައިކަން ފާހަގަކުރައްވާ މޫސަ ވަނީ ޤާނޫނުއަސާސީ ވުޖޫދަށް ގެނެސްފައި ވަނީ އެތައް ޒަމާނެއް ވަންދެން އެތައް ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް ފާހަގަކުރައްވާފައެވެ. އެ ޤާނޫނުއަސާސީ ވުޖޫދަށް ގެނައީ އަސާސީ ހައްގުތައް ގެއްލި ރާއްޖެ ބަނަ ހާލަތަކަށް ވެއްޓިފައި ވަނިކޮށް ކަމަށާއި މިހާރު އަނެއްކާވެސް ރާއްޖެ ދަތުރުކުރަނީ އެ ދިމާލަށް ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ޤާނޫނުއަސާސީ ހިމާޔަތް ނުކޮށްފި ނަމަ މާދަމާ މަޖިލީހުން ރާއްޖޭގައި ހުރިހާ ދީނަކަށް އުޅެވިދާނެ ކަމަށް ވެސް ނިންމާފާނެކަމުގެ ބިރުވެރިކަން އޮތް ކަމަށް މޫސަ ވިދާޅުވިއެވެ. ސަރުކާރުން އާއްމުން މަގުމައްޗަށް ނުކުމެދާނެތީ ވަރަށް ބިރު ގަންނަ ކަމަށާއި ސަބަބަކީ ސަރުކާރަށް ތާއީދު ނެތް މިންވަރު ހާމައަށް ފެނިގެންދާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މޫސަވަނީ ޤާނޫނުއަސާސީ އައުމުގެ ކުރިން ހައްގުތައް ހުރީ ވަރަށް ބޮޑަށް ހަނިވެ ހިފެހެއްޓިފައި ކަމަށް ފާހަގަކުރައްވާފައެވެ. އޭރު މަތީ ތައުލީމް ވެސް ހާސިލްކުރެވެނީ ވަކި ބަޔަކަށް ކަމަށާއި، މަޤާމްތައް އަދާކުރެވެނީ ވެސް ވަކި ބަޔަކަށް ކަަމަށް މޫސަ ވިދާޅުވިއެވެ. އާއްމު ރައްޔިތުންނަށް ހަމަހަމަކަން ހޯދައިދިނީ ޤާނޫނުއަސާސީން ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ޤާނޫނުއަސާސީގެ ބާރުތައް ކަނޑުވާލާތަން ބަލަން އާއްމުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ ވަނީ ޤާނޫނުއަސާސީގެ ދިފާއުގައި ތެދުވުމަށް އާއްމުންނަށް ގޮވާލާފައެވެ. ހައްގުތައް ހިމާޔަތްކުރުމަށް ބަސް ނުބުނާ ނަމަ ފަހުން ކަންކަން މާ ގޯސްވާނެ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް