Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭރު ފައިސާ މާރުކުރުން

ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމާއެކު ރިސޯޓު މުވައްޒަފުންނަށް ބޮޑު ގެއްލުމެއް

18 ޖެނުއަރީ 2025 | ހޮނިހިރު 12:50

ރިސޯޓުތަކުގައި ރުފިޔާ އިން މުސާރަ ދޭން ފެށުމުން 3،000 ރުފިޔާ އިން ފެށިގެން 5،000 ރުފިޔާއާ ހަމައަށް މަހަކަށް ޖެހޭ އާމްދަނީ މަދުވެގެންދާނެ ކަމަށް ބެލެވިފައި ވިޔަސް މި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ.

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2025 | ހޮނިހިރު 12:50
 2016 ފެބްރުއަރީ 1- ގެސްޓް ރިލޭޝަންސް އޮފިސަރަކު ޗައިނާގެ ފަތުރުވެރިންތަކަކަށް ވޯޓަރ ސްޕޯޓްސް އާ ބެހޭ މައުލޫމާތު ދެނީ

2016 ފެބްރުއަރީ 1- ގެސްޓް ރިލޭޝަންސް އޮފިސަރަކު ޗައިނާގެ ފަތުރުވެރިންތަކަކަށް ވޯޓަރ ސްޕޯޓްސް އާ ބެހޭ މައުލޫމާތު ދެނީ

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ލާޒިމު ކުރި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އާއި ސަރވިސް ޗާޖު ދިވެހި ރުފިޔާ އިން ދޭން ފެށުމުން މުވައްޒަފުންގެ އާމްދަނީ ދަށަށް ހިނގައްޖެއެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ފާހަގަ ކުރި ގޮތުގައި، ޑޮލަރުން މުސާރަ ލިބެމުން އައި މުވައްޒަފުންނަށް ރުފިޔާ އިން މުސާރަ ދޭން ފެށުމުން 3،000 ރުފިޔާ އިން ފެށިގެން 5،000 ރުފިޔާއާ ހަމައަށް މަހަކަށް ޖެހޭ އާމްދަނީ މަދުވެގެންދާނެއެވެ.

ޓީމް އިން ފާހަގަ ކުރާ ގޮތުގައި މި ކަމުގެ ސަބަބުން މުދަލުގެ އަގާއި ދިރިއުޅުމުގެ ޚަރަދުތައް އިތުރުވަމުން ދިއުމުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވެފައިވާ މާލީ ބުރަ އިތުރަށް ބޮޑުވެގެން ދާނެއެވެ.

މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ގާތްގަނޑަކަށް 70 އިންސައްތައަކީ ބިދޭސީން ކަމަށްވާތީ، އެ މީހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވެސް ޓީމްއިން ވަނީ ފާހަގަ ކޮށްފައެވެ. މި މުވައްޒަފުންގެ ތެރެއިން ގިނަ މީހުންނަކީ އެމެރިކާ ޑޮލަރުން ލިބޭ އާމްދަނީ އަށް ބަރޯސާވާ މީހުން ކަމަށާއި އެމީހުންގެ ޢާއިލާތަކަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަމުން ގެންދާތީ، ފައިސާ މާރުކުރަން ޖެހުމުގެ ސަބަބުން އެ މުވައްޒަފުންނަށް އިތުރު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ޓީމް އިން ބުނެފައިވެއެވެ.

މިކަންކަން މިހެން ހުރުމާއެކު ޓީމް އިން ވަނީ ފޮރިން އެކްސްޗޭންޖް ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސަރވިސް ޗާޖު އެމެރިކާ ޑޮލަރުން ދިވެހި ރުފިޔާއަށް ބަދަލުވެގެން ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހިނގާ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން، ރިސޯޓުތައް ހިމެނޭ ގޮތަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ ދިވެހި ރުފިޔާއަށް މާރު ކުރަން ޖެހެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ބައެއް ރިސޯޓުތަކުން ވަނީ މުސާރަ އާއި ސަރވިސް ޗާޖު އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާ އިން ދޭން ފަށާފައެވެ.

މި ބަދަލުތަކުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހަވާލާދީ ސަރުކާރުން މިކަމަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް ޓީމް އިން ގޮވާލާފައިވެއެވެ.

މުސާރައާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުކުރުން ހުއްޓާލުމަށް ވެސް ޓީމް އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ. މީގެ އިތުރުން، ވަޒީފާގެ އެއްބަސްވުމުގައި ހިމެނިފައިވާ އަސްލު ޝަރުޠުތައް ދެމެހެއްޓުމުގެ މުހިންމުކަން ޓީމް އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން، މުސާރަ އާ ބެހޭ ގޮތުން ފުރަތަމަ އެއްބަސްވި ގޮތައް ބަދަލު ގެނައުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މާލީ ރައްކާތެރިކަމަށް އުނިކަމެއް ގެނުވާ ކަމެއް ކަމަށް ޓީމް އިން ބުނެފައިވެއެވެ.

ޓީމް އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވާ ކަމަށާއި، ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާމްދަނީ އަށް ކޮށްފާނެ އަސަރާ ބެހޭ ގޮތުން ވެސް އެއްވެސް ކަމެއް ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު

01 އޮކްޓޯބަރު 2017
ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު
01 އޮކްޓޯބަރު 2017

ބްރާންޗްތަކުން ޑޮލަރު ގަންނަން ބުކިން ހެދުން ބީއެމްއެލުން ހުއްޓާލަނީ

01 އޮކްޓޯބަރު 2017
ބްރާންޗްތަކުން ޑޮލަރު ގަންނަން ބުކިން ހެދުން ބީއެމްއެލުން ހުއްޓާލަނީ
15 މެއި 2017

ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

15 މެއި 2017
ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ
13 މެއި 2017

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

13 މެއި 2017
ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް