Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީ އިން ވަގުފޯމު ފުރުން

އެހެން ޕާޓީތަކަށް ވަގަށް ވެއްދި އިތުރު 27 މީހެއްގެ ފަރާތުން އެމްޑީޕީ އިން ފުލުހަށް މައްސަލަ ހުށަހަޅައިފި

އެމްޑީޕީ އިން ވަނީ ވަގު ފޯމުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށާއި އޭސީސީ އަށް ވެސް ހުށަހަޅާފައި

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2025 | ހޮނިހިރު 12:15
ޕީއެންސީން ފުރާފައިވާ މެމްބަރޝިޕް ފޯމް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހީމް އާ ހަވާލު ކުރަނީ

ޕީއެންސީން ފުރާފައިވާ މެމްބަރޝިޕް ފޯމް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހީމް އާ ހަވާލު ކުރަނީ

ވަގު ފޯމު ފުރައިގެން އެހެން ޕާޓީތަކަށް ވެއްދި އިތުރު 27 މީހެއްގެ ފަރާތުން އެމްޑީޕީ އިން ޕޮލިހަށް މައްސަލަ ހުށަހަޅައިފިއެވެ.

ހޮނިހިރު ދުވަހު މައްސަލަ ހުށަހެޅިކަން އެންމެ ބޮޑު އިދިކޮޅު ޕާޓީ – އެމްޑީޕީގެ ގާނޫނީ ޓީމުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެހެން ޕާޓީތަކަށް ނިސްބަތްވާ އަދި އެއްވެސް ޕާޓީއަކަށް އަމިއްލަ އަށް ދުވަހަކުވެސް ވަދެފައި ނުވާ އެތައް ބަޔަކު އެމީހުންނަށް ނޭގި ރައީސް މުއިއްޒުގެ ރިޔާސަތުގެ ދަށުން ހިންގާ ޕީއެންސީ އަށް ވައްދާފައިވާ މައްސަލަ ބޮޑުވެ ސޯޝަލް މީޑިއާ ގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މި މައްސަލަ ބޮޑުވެފައިވަނިކޮށް ޕީއެންސީ އަށް މެމްބަރުން އިތުރު ކުރަން ފޯމު ފުރުމުގެ މަސައްކަތް ސަރުކާރުގެ އޮފީހެއްގެ ތެރޭގައި ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯ ތަކެއް ސޯޝަލް މީޑިއާ ގައި ވަނީ ލީކު ކޮށްލާފައެވެ.

ގަބޫލު ކުރެވޭ ގޮތުގައި ގިނަ އަދަދެއްގެ މީހުން ވަގު ފޯމު ފުރައިގެން ޕިއެންސީ އަށް ވައްދާފައިވަނީ ހޯމް މިނިސްޓަރ އިހްސާނުގެ ބައިވެރިވުން އޮވެގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ވެފައިވާ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ޑޭޓާބޭސް އިން ވަގަށް މައުލޫމާތު ނަގައިގެން އެ އޮފީހުގެ ތެރޭގައެވެ.

މިބޮޑު ޚިޔާނާތް ހިންގުމުގައި ހޯމް މިނިސްޓަރުގެ ސީދާ ބައިވެރިވުން އޮތް ކަމަށް ބެލޭތީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މިއީ ޑރ މުއިއްޒުގެ ކެބިނެޓް މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.

މެމްބަރޝިޕް ފޯމުތައް ފުރާފައިވަނީ ސޮއި ފޯޖުކޮށް ވަގު ހެކިދީގެން މީހުންގެ ފޮޓޯ ބަދަލު ކޮށްގެން ކަމަށް ވާތީ އެކަންކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ވެސް އެމްޑީޕީ އިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައެވެ.

އޭގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާތީ އެމައްސަލަ ތަހުހީގު ކުރުމަށް އެންޓި ކަރަޕްޝަން ކޮމިޝަނަށްވެސް އެމްޑީޕީ އިން ވަނީ ހުށަހަޅާފައެވެ.

ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން އެމީހުންނަށް ނޭގި ވަގު ފޯމު ފުރައިގެން ޕިއެންސީ އަށް ވައްދާފައިވާ މައްސަލަ އެމްޑީޕީ އިން ވަނީ ކުށްވެރި ކޮށްފައެވެ.

ކުރީގެ ރައީސް ސޯލިހް މި ކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހޭ ކަމަށެވެ. އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އޮޅުވާލައިގެން ޕީއެންސީ އަށް ވައްދަމުންދާ ކަމަށް ވެސް ކުރީގެ ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.              

ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި އެމީހުންނަށް ނޭނގި ޕީއެންސީ އަށް ވައްދާފައިވާ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުން ކުރީގެ ރައީސް ޔާމީން ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި މި ކަމާ ގުޅިގެން ހޯމް މިނިސްޓަރުގެ މައްސަލަ ނުބެލޭ ނަމަ ރައީސް މުއިއްޒު މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައ ބޭނުންކޮށް ލޯންޑަރ ކުރަމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އެމަނިފާނު ވިދާޅުވީ ޒާތީ މައުލޫމާތުންވެސް މި ސަރުކާރުން ވައްކަން ކޮށް ރައްޔިތުންގެ އިތުބާރު ގެއްލުވާލާފައިވާ ކަމަށެވެ. އަދި މި ވައްކަމުގެ އިސް މޭސްތިރިއަކީ ރައީސް މުއިއްޒު ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ހުންނެވި އިރު، ވަގު ފޯމު ފުރާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ ޖަގަހައިގެ ކޮޓަރިއެއްގެ ތެރޭގައި ކަމަށް ޕީއެންސީ އަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.  ޕީއެންސީގެ މަޖިލިސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އަސްމާ ވިދާޅުވި ކަމަށް ވަނީ މެންބަރުން އިތުރުކުރަން ފޯމުތައް ތައްޔާރު ކުރީ އައިޑީ ކާޑުގައި ހުންނަ މީހުންގެ ފޮޓޯތައް ބަދަލުކޮށް ގަމީސް ނުވަތަ ހެދުމުގައި ކުލަ ޖައްސައިގެން ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު