Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޤާނޫނުއަސާސީގެ ދިފާއުގައި

ޤާނޫނުއަސާސީ ވުޖޫދުގައި އޮތަސް، އެއީ ނެތް އެއްޗަކަށް މި ސަރުކާރުން ހަދައިފި - ޝިފާޒް

ޝިފާޒް ވަނީ 31 ޖެނުއަރީގައި އޮންނަ އެއްވުމަށް ވީހާވެސް ގިނަ ބަޔަކު އެއްވެ ޤާނޫނުއަސާސީގެ ދިފާއުގައި އަޑު އުފުލުމަށް ގޮވާލާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2025 | ބުރާސްފަތި 20:09
ޕީޓްރަލް ޕާކް ކަންމަތީ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވާހަކަ ދައްކަވަނީ

ޕީޓްރަލް ޕާކް ކަންމަތީ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވާހަކަ ދައްކަވަނީ

ޤާނޫނުއަސާސީ ވުޖޫދުގައި އޮތަސް، ޤާނޫނުއަސާސީ އަކީ ނެތް އެއްޗަކަށް މި ސަރުކާރުން ހަދާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް އެފަދައިން ވިދާޅުވީ އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީޓްރަލް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައްޔިތުން ބުރަ މަސައްކަތުން ހޯދި ޤާނޫނުއަސާސީ އަށް 18 ވަރަކަށް އަހަރުވީ އިރު މި ސަރުކާރުން އެއީ ނެތް އެއްޗަކަށް ހަދާފައިވާ ކަމަށާއި މިއަދު ޤާނޫނުއަސާސީގެ ދިފާއުގައި ނުކުންނަން ޖެހުނު ސަބަބަކީ އެއީ ކަމަށް ޝިފާޒް ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ ބޭސްފަރުވާ އަށް ސަލާންޖަހަން ޖެހުމާއި، ފޮތް ލިސްޓާއި ޔުނިފޯމް ހޯދުމަށް މެމްބަރުން ކައިރީގައި އާދޭސްކުރަން ޖެހުމާއި، އިޖުތިމާއީ ހައްގުތައް ރައްކާތެރި ނުވެގެން ސަލާންޖެހުން ޤާނޫނުއަސާސީ އާއި އެކު ނިމުމަކަށް ގެނެވުނު ކަމަށެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް އެ ވާހަކަ ދައްކަން ޖެހުނީ މި ސަރުކާރުން ޤާނޫނުއަސާސީގެ ބާރުކަނޑުވާލާ އެއީ ނެތް އެއްޗަކަށް ހަދަމުންދާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބުރަ މަސައްކަތުން ޤާނޫނުއަސާސީ ހޯދި ރައްޔިތުން ދުނިޔޭގަ ތިބެ ޤާނޫނުއަސާސީ ބީވެދާތަން ބަލަން ނުތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީގައި ބަޔާންކުރާ އެންމެ މުހިންމު އެއް ކަމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށް ވާއިރު، ރައްޔިތުންގެ މަޖިލީހުގައި ތިބީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން ކަމަށް ނިންމާފައިވާ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. މަޖިލީހުގައި ތިބީ ރައްޔިތުންގެ މަންދޫބުން ނޫންކަމަށް މަޖިލީހުން ނިންމާފައިވާ ކަމަށާއި މަޖިލީހުގައި 80% ހިއްސާކުރަނީ ރައީސްގެ މެމްބަރުންކަަމށް އެ މަޖިލީހުން ބުނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ ދިފާއުގައި އަނެއްކާވެސް ނުކުންނަން ޖެހުނީ އެ ސަބަބާއި ހުރެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ރައްޔިތުންނަށް ޤާނޫނުއަސާސީ އާއި އެކު ކަށަަވަރުކޮށްދިން އެންމެ މުހިންމު އަނެއްކަމަކީ އިޖުތިމާއީ ރައްކާތެރިކަންކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދިނުމާއި، އެކަނިވެރި މައިންނަށް އިނާޔަތް ދިނުމާއި، އާސަންދަ ފަދަ ޚިދުމަތްތައް ހޯދާދެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދު އިޖުތިމާއީ ރައްކާތެރިކަން ހޯދާދޭން އޮތް އިދާރާއިން ދަނީ ޓީވީ ސްޓޭޝަންތައް ޤާއިމްކުރަމުންކަމަށާއި އެއީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ޝިފާޒް ވިދާޅުވިއެވެ. އެތައް މިލިއަން ރުފިޔާ އެއް އެކަމަށް ހޭދަކުރި އިރު ދައުލަތުގެ ބަޖެޓަށް ވީ ގޮތެއް ސާފު ނުވާ ކަމަށް ޝިފާޒް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް މިހާރު އޮތް މަޖިލީހުން އެކަންކަން ސާފުކޮށް ނުދެއްވާނެކަން ޔަޤީންވާކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވަނީ 31 ޖެނުއަރީގައި އޮންނަ އެއްވުމަށް ވީހާވެސް ގިނަ ބަޔަކު އެއްވެ ޤާނޫނުއަސާސީގެ ދިފާއުގައި އަޑު އުފުލުމަށް ގޮވާލާފައެވެ. 31 ޖެނުއަރީގައި ބޮޑު އެއްވުމެއް ބާއްވަން އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. މި ހަރަކާތް ބާއްވަނީ ފުދިއްޖެ، ފުނޑިއްޖެ މި ނަމުގައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު