"ފުދިއްޖެ، ފުނޑިއްޖެ" ރެލީއަށް ރިސޯޓް ބޯއީސް ނުކުންނަށް ޖެހޭ ސަބަބު ފިއްޓޭ ހާމަކޮށްދެއްވައިފި
ގައުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށް


ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ).
އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން އިންތިޒާމް ކޮށްގެން މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ފުދިއްޖެ، ފުނޑިެއްޖެ" ހަރަކާތަށް ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރައްވަމުންގެންދަވާ މުވައްޒަފުން ބައިވެރިވާން ޖެހޭ ސަބަބު ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހާމަކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިއްޓޭ ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތު އޮތީ ރައްޔިތުުން ވަރަށް ބޮޑަށް ކަންކަބޮޑުވާ ހިސާބަށް ގޮސްފައި ކަމަށާއި މިކަމަކީ ހަމަ ހުރިހާ ދިވެހި ރައްޔިތުންގެ ވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
ފިއްޓޭ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައިފިނަމަ ރައްޔިތުން އެންމެ ކަންބޮޑުވާ އެއް ކަމަކީ ތަކެތީގެ އަގު އަތްނުފޯރާފަށަށް ބޮޑުވެގެން ދިއުންކަމަށާ އެކަމުގެ ސަބަބުން މިއަދު އާދައިގެ ދިރިއުޅުން އުޅޭ ނިކަމެތި އާއިލާތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން ކަރަންޓު ބިލާއި އެހެނިހެން ބިލުތައް ވެސް އިންތިހާއަށް ބޮޑުވެގެން ދިއުމަކީ ވެސް މިއަދު ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފެއްކަމަށް އޭނާ ވިދާޅުވިއެވެ.
ފިއްޓޭ ވިދާޅުވީ ރައްޔިތުން މިއަދު ތިބީ ވަރަށް ދަތި ހާލަތެއްގައި ކަމަށާއި އެހެން ކަމުން އެ ހާލަތުން އަރައިގަތުމަށް ރައްޔިތުން މިއަދު އަޑު ނުއުފުލާ ތިބެވެން ނެތް ކަމަށެވެ. ފިއްޓޭ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ރައްޔިތުންނަށް ދިމާ ވާ ތަކްލީފުތަކުން އެ ރައްޔިތު ސަލާމަތް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދާ ޕާޓީ ކަމަށެވެ.
މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ހިނގާލުމުގައި ހުރިހާރައްޔިތުން ވެސް ބައިވެރިވުމަށް ގޮވާލައްވަމުން ފިއްޓޭ ވިދާޅުވީ ރައްޔިތުން އުޅެމުން ގެންދާ ދަތިހާލަތުގެ ފުރި I don’t know ހަމަ މެސެޖު މި ސަރުކާރަށް ދޭން ޖެހޭ ކަމަށާއި އެގޮތުން ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތު ދަތިވަމުން އަންނަ އައުމުގެ ހަގީގަތް ސަރުކާރަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.
ފިއްޓޭ ވިދާޅުވީ ކާބޯތަކެއްޗާއި އެހެނިހެން ތަކެތިވެސް އަތްނުފޯރާ ހިސާބަށް ދިޔައިރު، ޑޮލަރުގެ އަގުވެސް މިހާރު ހުރީ އަތްނުފޯރާ ހިސާބުގައި ކަމަށާއި އަދި މިހާރު ޑޮލަރު ނުވެސް ލިބޭކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ނިމަކެތި މުވައްޒަފުން ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ވަރަށް ބޮޑު އާބާދީއެއް އޮތްކަން ފާހަގަކުރައްވާ ފިއްޓޭ ވިދާޅުވީ، އެ ދާއިރާގައި އޮތީ ހީވެސް ނުކުރާ ވަރުގެ ބޮޑު އާބާދާއިއެއް ކަމަށެވެ. އެގޮތުން ރިސޯޓް ބޯއީންގެ ބޮޑު އާބާދީއެއް އޮތްއިރު، އެ ފަރާތްތަކުގެ ފަހަތުގައި ވެސް ބޮޑެތި ގިނަ އާއިލާތަކެއް ވެސް އޮތްކަން ފިއްޓޭ ފާހަގަކުރެއްވިއެވެ. އެހެން ކަމުން އެ އާއިލާތަށް ޑިޕެންޑް ވަނީ އެ ރިސޯޓް ގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ މުސާރައަށް ކަމަށެވެ. އެގޮތުން ކުރިން ޑޮލަރުން ދެމުން އައި މުސާރަ މިހާރު ދިވެހި ރުފިޔާއިން ދިނުމަށް ނިންމާފައި ވުމަކީ އެ ފަރާތްތަކަށް ލިބޭނޭ ނިކަމެތިކަމެއް ކަމަށް ވެސް ފިއްޓޭ ވިދާޅުވިއެވެ.
ފިއްޓޭ ވިދާޅުވީ ރާއްޖޭގެ ރިސޯޓް ބޯއީންނަކީ އާއިލާއާއި ދުރުގައި މުޅި އަހަރު ހޭދަކުރަމުން އަންނަ ބައެއް ކަމަށް ވެފައިވާއިރު، އެ މީހުންނަށް ޑޮލަރުން ދެމުން އަންނަ މުސާރައާއި ޓިޕްސް އަދި ސާވިސް ޗާޖު ރުފިޔާއިން ދޭ އެއްޗަކަށް މި ސަރުކާރުން ހެދުމަކީ އެ ފަރާތްކަށް ދޭ ވަރަށް ބޮޑު ނިކަމެތިކަމަމާއި އަނިޔާއެއް ކަމަށެވެ. އަދި އެ ފަރާތްތަކުގެ އާއިލާތަށް ބިކަކޮށްލުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ފިއްޓޭ ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ރިސޯޓް ތަކަށް އަޅާފައިވާ ދަތިކުރުމުކުގެ ފިޔަޅުތަކުގެ ސަބަބުން އެ ހުރިހާ ގެއްލުމަކާއި ނިކަމެތި ކަމެއް އަންނަނީ ރިސޯޓް ތަކުގައި މަސައްކަތް ކުރާ ނިކަމެތި މުވައްޒަފުންނަށް ކަމަށެވެ. އެހެން ކަމުން އެ ފަރާތްތަށް މި ނިކަމެތިކަމުން އަރައިގަތުމަށް މިމަހުގެ 31 ވަނަ ދުވަހުގައި އޮންނަ ހިނގާލުމުގައި ބައިވެރިވާން ގޮވާލާކަމަށް ފިއްޓޭ ވިދާޅުވިއެވެ. ޚާއްސަކޮށް ރިސޯޓް ތަކުގައި މަަސައްކަތް ކުރާ ރިސޯޓް ބޯއީންނަށް މި އިސްލާހީ ހަރަކާތް މުހިންމުވާ ކަމަށް ވެސް ފިއްޓޭ ވަނީ ވިދާޅުވެފައެވެ.
ފިއްޓޭ އިތުރަށް ވިދާޅުވީ މިއަދު ޒުވާނުންނަށް ހަމަޖެހިލައިގެން މި ގައުމުގައި އުޅެވޭނެ އެއްވެސް މަގެއް ނެތްކަމަށާއި އެގޮތުން ރައްޔިތުންް ތަމްސީލުކުރަން ތިބި މަޖިލިހުގެ މެމްބަރުންނަށް ވެސް މިއަދު ސަރުކާރަށް ވުރެ ބޮޑު އެއްޗެއް ނެތްކަމަށެވެ. އެހެންކަމުން މިގައުމުގައި ޒުވާނުންނާއި ރައްޔިތުންނަށް ހިތްހަމަޖެހިލައިގެން އުޅެވޭނޭ ގޮތެއް ހޯދުމަކީ މިއަދު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.








