Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގެދޮރުވެރިޔާ ސްކީމް

މީގެ އަހަރެއްހާ ދުވަސް ކުރިން ހައިދަރު ވިދާޅުވި ލަވަ މުއްތަލިބު ތަކުރާރު ކުރައްވައިފި

މުއްތަލިބު ވިދާޅުވީ، 4000 މީހުންގެ ފޯމު ވެރިފައިކުރެއްވުމަށްފަހު ރޯދަ މަހުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށެވެ. އެގޮތުން ކޮންމެ ފޯމެއްގެ ޝަރުތު ހަމަވޭތޯ ބެލުން ހިމެނެއެވެ. ރޯދަ މަހަށް ދެން އޮތީ 45 ދުވަހެވެ. 4000 ފޯމުގެ ރޭޓުން ބެލިޔަސް ކޮންމެ ދުވަހަކު 89 މީހުންގެ ފޯމު ވެރިފައި ކުރަން ޖެހޭނެއެވެ. ހައިދަރުވެސް އެއް އަހަރު ވަންދެން ކުރެއްވި މަސައްކަތަކީ ވެރިފައި ކުރެއްވުމެވެ. ނިކުތް ނަތީޖާއެއް ނެތެވެ.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2025 | އަންގާރަ 12:15
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ ހައުސިންގ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 4000 ފްލެޓްގެ ލިސްޓް، އަދިވެސް ލިސްޓު އާއްމު ނުކު

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ ހައުސިންގ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 4000 ފްލެޓްގެ ލިސްޓް، އަދިވެސް ލިސްޓު އާއްމު ނުކު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާނު ކުރި ފްލެޓް ލިބުނު މީހުންގެ ފޯމުތައް "ވެރިފައި" ކުރަން ނިންމަވާ، އައު ހައުސިންގ މިނިސްޓަރ އެކަން ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އަންގާރަ ދުވަހު އިއުލާނު ކުރައްވައިފިއެވެ.

ލިސްޓުގައި މައްސަލަ ހުރިކަން ކަމާ ބެހޭ މުއައްސަސާތަކުން އަންގާފައިވާތީ ލިސްޓު ވެރިފައި ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ކަމުން ކުރީ ސަރުކާރުން އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމުގެ ޝަރުތުތަކަށް ލިސްޓުގައި ވާ މީހުން ފެތޭތޯ ނުވަތަ ނުފެތޭތޯ ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން ލިސްޓު ގެޒެޓް ކުރެވޭނީ ކޮންމެ މީހަކަށް ޕޮއިންޓް ލިބުނު ގޮތާއި ހޮވުނިއްޔާ ހޮވުނު ގޮތާއި ނުހޮވުނިއްޔާ ނުހޮވުނު ގޮތް އެނގެން އޮންނާނެ ގޮތައް ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

ކުރިން ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ ލަފާދޭ ކޮމިޓީއެއް ހަދައިގެން މަސައްކަތް ކުރިއަށް ގެންދަން ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކުރިން ހާމަވެފައިވާ މައުލޫމާތައް ބަލާއިރު މި ކަމަށް ދެ ކޮމިޓީއެއް އެކުލަވާލެވި އެ ދެ ކޮމިޓީންވެސް ދޭން ޖެހޭ ލަފައެއް އޮތީ ހައުސިންގ މިނިސްޓްރީ އަށް ދީފައެވެ.

ގެދޮރުވެރިޔާ ސްކީމް އަށް ލަފާދޭ ކޮމީޓީން ވަރަށް އިޚްލާސްތެރި މަސައްކަތެއް ކޮށްދެއްވާފައިވާ ކަން މުއްތަލިބު ފާހަގަ ކުރެއްވިއެވެ.

ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވާފައިވަނީ އެންމެ އިންސާފުވެރިކަމާއެކު ފްލެޓް ހައްގުވާ ފަރާތްތަކަށް ފްލެޓް ދިނުމަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އޭރު ގެންދިޔައީ 20،000 މީހުންގެ ރީއިވެލުއޭޝަންގެ މަސައްކަތާއި 4000 މީހުންގެ ވެރިފިކޭޝަން ޕްރޮސެސް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު "މިކުރާކަމަކީ ކޮންސަންޓްރޭޓް ކޮށް މި 4000 މީހުންގެ ތެރޭގައި އެއްވެސް ފަރާތެއް ޝަރުތު ހަމަ ނުވޭތޯ ނޫންތޯ ބަލާފައި އެ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ދިނުން،" ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެކަން ކުރައްވަނީ ވީހާވެސް ބޮޑަށް ފްލެޓް ލިބުނު ކަމަށް އިއުލާނު ކުރި 4000 މީހުންގެ ހައްގުތައް ރައްކައުތެރި ކުރުމަށް ކަމަށެވެ.

މިއީ މިހާރުގެ ހައުސިންގ މިނިސްޓަރ ގެދޮރުވެރިޔާ ސްކީމްގެ މަސައްކަތް ގެންދަވާ ގޮތާ ބެހޭ ގޮތުން އަންގާރަ ދުވަހު ހިއްސާ ކުރެއްވި ބައެއް ވާހަކަފުޅުތައް ހުރި ގޮތެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު، 04 ޑިސެމްބަރު 2023 ގައި ފްލެޓްތަކުގެ މައްސަލައިގައި ކުރިން ހުންނެވި ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ވަޑައިގަތެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހައިދަރު ވިދާޅުވީ އެމަނިކުފާނު ކުރައްވާނެ ކަމަކީ އެ 4000 މީހުންގެ ހައްގުތައް ވީހާވެސް ރަނގަޅަށް ރައްކައުތެރިކުރެވޭތޯ ބެއްލެވުން ކަމަށެވެ.

"ޝަރުތު ހަމަވޭތޯ ނުވޭތޯ ބަލާފައި، ޝަރުތު ހަމަވާ މީހުންނަށް ހަމަ ޔަގީންކަން ދެން އަޅުގަނޑުމެން ފްލެޓް ހަވާލު ކުރާނެ ކަމުގެ،" ކޮމިޓީގައި ހައިދަރު ވިދާޅުވިއެވެ.

ހައިދަރު އެހެން ވިދާޅުވި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސްވީއެވެ. މިހާރު ހައިދަރު ހުންނެވީ އެހެން މިނިސްޓްރީ އަކަށް ބަދަލު ކުރައްވާފައެވެ. ހައުސިންގ މިނިސްޓްރީ އަށް ގެންނެވީ މުއްތަލިބެވެ. މިނިސްޓަރު ބަދަލު ވިޔަސް މިނިސްޓްރީގެ ކޮންޓިނިއުޓީ އޮންނާނެ ކަމަށް އާންމު އުސޫލުން ގަބޫލު ކުރެވެއެވެ.

މުއްތަލިބު ވިދާޅުވީ ވެރިފިކޭޝަންގެ މާނަ ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ އެއީ 4000 މީހުންގެ ތެރޭގައި ޝަރުތު ހަމަ ނުވާ މީހުން ބެލުން ކަމުގައެވެ. ހައިދަރު ވެސް ކުރެއްވީ ހަމަ އެ މަސައްކަތެވެ. 20،000 ފޯމުގެ އިތުރުން 4000 ފޯމުގެ ޝަރުތު ހަމަވޭތޯ ބެލުމެވެ. އެހެން ނަމަވެސް މުއްތަލިބުގެ ވާހަކަފުޅުން އެކަމެއް އަދި ނުނިމެއެވެ. އެހެން ނޫންނަމަ އެ 4000 މީހުންގެ ފޯމުތައް ވެރިފައި ކުރައްވާނެ ކަމަކަށް ވިދާޅެއް ނުވީހެވެ.

އަހަރެއް ވަންދެން ހައިދަރު ވެސް 4000 މީހުންގެ ހައްގުތައް ރައްކައުތެރި ކުރެއްވީ އެވެ. ހައްގުތައް ރައްކައުތެރި ކުރަން ކުރެއްވި މަސައްކަތެއްގެ ނަތީޖާ އެއް ނުފެނުނެވެ. ދެން ވަޑައިގެންނެވި މުއްތަލިބު އެ ފެއްޓެވީ ހަމަ އެ 4000 މީހުންގެ ހައްގުތައް ރައްކައުތެރި ކުރައްވާށެވެ. ހައްގުތައް ރައްކައުތެރި ކުރުމަށް ދެބޭފުޅުންވެސް މިކުރައްވަނީ އެއް ކަމެކެވެ. އެއީ ވެރިފައި ކުރައްވަނީއެވެ.

މުއްތަލިބު ވިދާޅުވީ، ރޯދަ މަހުގެ ކުރިން ވެރިފައި ކުރުމަށް ފަހު ލިސްޓު ނެރުއްވާނެ ކަމަށެވެ. ރޯދަ މަހަށް ދެން އޮތީ 45 ދުވަހެވެ. 4000 ފޯމުގެ ރޭޓުން ބެލިޔަސް ކޮންމެ ދުވަހަކު 89 މީހުންގެ ފޯމު ވެރިފައި ކުރަން ޖެހޭނެއެވެ. ކުރީގެ ސަރުކާރުން އިއުލާން ކުރި އުސޫލަށް ފްލެޓް ލިބުނު އެންމެން ހުށަހެޅި ލިޔެކިޔުންތައް ބަލާ ސައްހަތޯ ޗެކް ކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު