Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ބަކަމޫނެއް ޔޫކްރެއިން މަތިން އުދުހުނު ރަޝިޔާގެ ޑްރޯނެއް ވައްޓާލައިފި

ސޯޝަލް މީޑިއާގައި މި ވީޑިއޯ ޕޯސްޓްކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ މި ބަކަމޫނަކީ "ޔޫކްރެއިންގެ ބަޔޯ ލެބްތަކުން" އައި އެއްޗެއް ކަމަށެވެ.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2025 | ހޯމަ 20:11
ބަކަމޫނު

ބަކަމޫނު

ރޭގަނޑު ޝިކާރަ ކުރަން ނުކުމެ އުޅޭ ދޫންޏެއް ކަމަށްވާ ބަކަމޫނެއް، ޔޫކްރެއިން މަތިން އުދުހުނު ރަޝިޔާގެ ޑްރޯނެއް ވައްޓާލައިފިއެވެ.

މި މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާ ގައި ވަނީ ވައިރަލް ވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ޑޮނެޓްސްކް އޮބްލާސްޓް ގައި ކަމަށް ބުނެވެއެވެ. ވީޑިއޯ ގައި ފެންނަނީ ބަކަމޫނު ސީދާ ޑްރޯނަކާ ދިމާއަށް އުދުހުނު މަންޒަރެކެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ ޕޯސްޓްކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ މި ބަކަމޫނަކީ "ޔޫކްރެއިންގެ ބަޔޯ ލެބްތަކުން" އައި އެއްޗެއް ކަމަށެވެ. މިއީ ހަނގުރާމަ ފެށުނުއިރު ރަޝިޔާ އިން ފެތުރި ކޮންސްޕިރަސީ ތިއަރީއަކަށް އިޝާރާތްކޮށް ބުނެފައިވާ އެއްޗެކެވެ. ރަޝިޔާ އިން ފެތުރި ވާހަކައިގައި ބުނެފައިވަނީ އެމެރިކާއިން ކީވް ގައި ބަޔޯލެބްތައް ހިންގައި، ބަޔޯލޮޖިކަލް ހަތިޔާރު ތައްޔާރުކުރަމުންދާ ކަމަށެވެ.

ޔޫކްރެއިނުން މި ވާހަކަތައް ދޮގުކޮށްފައިވެއެވެ. ސެކިއުރިޓީ ސަރވިސް އޮފް ޔޫކްރެއިން (އެސްބީޔޫ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ޔުކްރެއިންގައި އެއްވެސް ބޭރު ޤައުމެއްގެ ބަޔޯލޮޖިކަލް ލެބޯޓަރީއެއް ނުހިންގެއެވެ. ފަހަކަށް އައިސް މިކަމާ ބެހޭ ގޮތުން ސިޔާސީ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަކީ ތެދެއް ނޫނެވެ. އަދި އެއީ ގަސްތުގައި ޙަޤީޤަތް އޮޅުވާލުމަށް ކުރާ ކަމެކެވެ."

ބަކަމޫނު ގޮސް ޖެހުނު ރަޝިޔާގެ ޑްރޯނަކީ އިރުމަތީ ޔޫކްރެއިން ގައި މައުލޫމާތު އެއްކުރުމުގެ މިޝަނެއް ކުރިއަށް ގެންދަން އުދުހުނު ޑްރޯނެއް ކަމަށް ވެއެވެ.

ބަކަމޫނަކީ ރަޝިޔާ – ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް ވަތް ފުރަތަމަ ޖަނަވާރު ނޫންކަން ފާހަގަ ކުރެވެއެވެ. ހަނގުރާމަ ފެށުނު އިރު، ޔުނިފޯމްތަކާއި، ރަޖަޔާއި، ކާބޯތަކެތި ހަލާކުކުރަމުންދިޔަ މީދަލުގެ އުނދަގުލުން ސަލާމަތްވުމަށް ފްރަންޓްލައިން އަށް ބުޅާ ނެރުނުކަން ފާހަގަ ކުރެވެއެވެ. މީގެ ތެރެއިން ގިނަ ބުޅާތައް މޮސްކޯއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ސިފައިން އޮޅުކޮށްގެން ގެންގުޅޭކަން ފާހަގަ ކުރެވެއެވެ.

ޔުކްރެއިނުން ވަނީ ކުރީސަފުގެ ހަނގުރާމަވެރިންނަށް އެހީތެރިވުމަށް ރޮބޮޓިކް ކުއްތާތައް ވެސް ބޭނުންކުރަން ފަށާފައެވެ. މި ރޮބޮޓިކް ކުއްތާ އޮޕަރޭޓް ކުރަނީ ރިމޯޓްކޮށެވެ. އަދި މިއީ ވަޒަން އުފުލައި، އޮބްޒަރވޭޝަން ހެދުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެހިތަކެކެވެ.

މި ރޮބޮޓިކް ކުއްތާތައް ތަޢާރަފުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. މި އެއްޗެހި ތައްޔާރުކޮށްފައިވަނީ ބްރިޓިޝް ރިސްކް-މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްރިޓް އެލަޔަންސް އިން ކަމަށް ބުނެވެއެވެ. މިއީ ޑްރޯން އުފައްދާ ކުންފުންޏެކެވެ. މި ކުންފުނިން ވަނީ 30 އަށްވުރެ ގިނަ މި ބާވަތުގެ ރޮބޮޓިކް ކުއްތާ ޔޫކްރެއިނަށް ފޮނުވާފައެވެ.

މި ރޮބޮޓިކް ކުއްތާ އަކީ ޔޫކްރެއިންގެ ބާރުތަކަށް ވަރަށް މުހިންމު އެސެޓަކަށް ވަނީ ވެފައިވެއެވެ. އެއީ މި އެއްޗެހިތަކަށް ގަޑިއަކު 9 މޭލުގެ ސްޕީޑުގައި ދުވެވޭ އިރު، އަދި މީގެ ބެޓެރީ 5 ގަޑިއިރު ހިފަހައްޓައެވެ. މީގެ އިތުރުން، މި އެއްޗެހިތަކުން ނުކުންނަ ހޫނުގެ މިންވަރަކީ މުސަޅުގެ ހަށިގަނޑުން ބޭރުވާ މިންވަރުގެ ހޫނު ކަމަށްވާތީ، ރަޝިޔާގެ ޔޫއޭވީތަކަށް މި އެއްޗެހި ދެނެގަތުން އޮންނަނީ ދަތި ކަމަކަށްވެފައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
14 އެޕްރީލު 2017

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު