Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކުރާ ވައްކަން ފަޅާ އެރީ، މި މެމްބަރަކު ދަމާ ވަގަށް ގެންދަން އުޅުނު ހިސާބުން

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވަގަށް އޭނާ ވެއްދި އިރު ހޭވެސް އަހާ ނުލައެވެ. ކުރި ވައްކަން ފަޅާ އެރީ އޭނާގެ ނަން އޮތް ޕާޓީ އެއް ބަލާލަން ޗެކްކޮށްލެވުނީތީއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2025 | ހޯމަ 18:28
ޑީއެންއާރް ތެރޭގައި ޕީއެންސީގެ ފޯމްތައް ފުރުން

ޑީއެންއާރް ތެރޭގައި ޕީއެންސީގެ ފޯމްތައް ފުރުން

މީހުން ބުނެއެވެ. ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް އެއް ދުވަހެވެ. މިއޮތީ އެ ދުވަހެވެ. ވެރި މީހާ ބަލާލި އިރު، އަސްތާ ކަމަކު ދާކަށް ނެތެވެ. ވެރި މީހާއަށް ނުވެސް އެނގި އޭނާ މިހިރަ ވަގަށް ގެންދަނީއެވެ. ރޭކާލި އިރު މީހާ ނިޒާމުން ގެއްލުވާ ނުލާ ހުރީ ހަމަ ކިރިޔާއެވެ. ލައްކަ ދުވަހު ބަޔަކު ސިއްރުން ވަގަށް ހިންގަމުން އައި ޖަރީމާ ފަޅާ އެރީ ވެރި މީހާ ކަން ހިނގާ ގޮތް ބަލާލި ހިސާބުންނެވެ.

މިދައްކަނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވަގަށް އޭނާ ވެއްދި ވާހަކައެވެ. މިކަމެއް މި ހިނގީ ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިކަން ފަޅާ އެރީ ބިތުފަންގި ނެގި ހިސާބުންނެވެ. އެއީ ކޮންމެހެނަކުން މި ވަރު ބޮޑު މަކަރެއް ހަދާފާނެ ކަމަށް ބަލައިގެން ހޯދާ ބަލައިގެން އެނގުނު ކަމެއް ނޫނެވެ. ވީ ގޮތް ދަންނަވާލާނަމެވެ. ޒިޔާދު އެ ދާއިރާއަކަށް ނިސްބަތްވާ ވައިކަރަދޫގެ މީހުން ކޯޅިކޯޅިއަށް އެ މީހުންނަށް ނުވެސް އެނގި ޕީއެންސީ ދޮރާށިން ވަންނާތީ އެ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ޒިޔާދުވެސް ނިކަން ކަންބޮޑުވެވަޑައިގެންފިއެވެ. އެހެންވީމަ ހޯމަ ދުވަހު ތިމާގެ ނަން އޮތް ޕްލެޓްފޯމެއް ބަލާލީ ފަހަރެއްގާވެސް ގޯހެއް އުޅޭ ކަމަށް ޤަބޫލުކޮށްގެން ނޫންކަމަށް ޒިޔާދުގެ ވާހަކައިން އެނގުނެވެ.

ޕީއެންސީއަށް ޒިޔާދު ވައްދާފައިވާ މައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކުރުމަށްފަހު ރާއްޖެޓީވީއާއި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ވައިކަރަދޫގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި، ދުވަހަކު ޕާޓީއަކަށް ނުވަންނަ ފަރާތްތައްވެސް ޕީއެންސީއަށް ވެއްދުމުން އެ ޝަކުވާތައް އައި ކަމަށެވެ. އަދި ހޯމަ ދުވަހު އޭނާ އޮތީ ކޮން ޕާޓިއެއްގައިތޯ އިއްތިފާގަކުން ޗެކް ކުރި އިރު އިނީ ޕީއެންސީގައި ކަަމަށާއި، އޭނާއަށް ނޭނގި ޕާޓީ ބަދަލުކުރިކަން އެނގުނީ އެހިސާބުން ކަމަށެވެ.

އެހެންވީމަ ކުރާ ވައްކަން ފަޅާ އެރީ މި، މެމްބަރަކު ދަމާ ވަގަށް ގެންދަން އުޅުނު ހިސާބުންތާއެވެ. މިކަން ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އެނގިވަޑައިގަންނަވާނެ ކަަމަށް ނުފެނެއެވެ. އާދައިގެ މަތިން ބުނާނެއެވެ. ހޯހޯ ތިއީ ތިމަން މަނިކުފާނަށް އެނގިވަޑައިގެން ކުރި ކަމެއް ނޫނެވެ. ދެން މިކަން ދެނަހުރި މީހަކު މުޅި ޕީއެންސީގައި ވެސް ހުރެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އެނގޭހާވެސް ކަމަކީ އެއޮތީ ރުހުމަކާއި ނުލާ ވަގަށް މެމްބަރަކު ނަގަން އުޅެފައި ކަމެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޮޅުވާލައިގެން ޕާޓީއަކަށް ވައްދާ އިރު ރޭކާ ނުލި ޕާޓީއަކަށް ދެން ހިންގުމުގައި ހަރުދަނާ ވެވޭނެ މިންވަރު ނިކަން ވިސްނާލައްވާށެވެ. އެކަމަކު މިކަން މިހެންވީމަ ހަނދާނަށް އަންނަނީ މީގެ ދުވަސްކޮޅެއް ކުރީގެ މަންޒަރެކެވެ.

މިދިޔަ އޮކްޓޯބަރ މަހު ޑީއެންއާރު ތެރޭގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މީހުން ވައްދަން ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވެ ސަރުކާރަށް އާއްމުންގެ ފާޑުކިޔުން އިންތިހާ އަށް ލިބުނެވެ. މީސްމީޑިއާގައި ވެސް މިފަދަ ފޮޓޯތަކެއް ދައުރުވަމުން ދިޔައިރު އެ ފޮޓޯތަކުން ޕީއެންސީ އަށް ނިސްބަތްވާ މީހުން ފޯމް ފުރުމުގެ މަސައްކަތުގައި އުޅޭ މަންޒަރު ފެނެއެވެ. އޭރުވެސް ސަރުކާރުން ބުނީ އެކަން ނޭނގޭ ކަމަށެވެ. އެކަމަކު މިއަދު ބަޔަކަށް ނޭނގި އެ މީހުން ވަގަށް ނަގައިގެން ގޮސް އެހެން ޕާޓީއެއްގައި ދަފުތަރުކުރިކަން ކަށަވަރުވުމުން މިއީ އެ ދުވަހު ކުރި ވައްކަމުގެ މަލަމަތި ނޫންބާއޭ އަޅުގަނޑު ހިތަށް އަރައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2018

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

14 ޖެނުއަރީ 2018
66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
07 ޖެނުއަރީ 2018

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

07 ޖެނުއަރީ 2018
ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
19 އޮކްޓޯބަރު 2017

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ
04 އޮކްޓޯބަރު 2017

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!
18 ސެޕްޓެމްބަރު 2017

ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

18 ސެޕްޓެމްބަރު 2017
ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު