Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލް މޮޅުނުވުމުން އާޓެޓާ ހުރީ ހައިރާންވެފައި!

އާޓެޓާ ބުނީ ކުޅުންތެރިންނާ މެދު އެއްވެސް ކަހަލަ ހިތްބުރަ ކަމެއް އޭނާގެ ނެތް ކަމަށާއި، ކުޅުންތެރިން އެމީހުންގެ އެންމެ ރަނގަޅަށް މަސައްކަތް ކުރިކަން ޤަބޫލު ކުރާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2025 | އަންގާރަ 04:21
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުނުވުމުން، ބޮޑު ހައިރާން ކަމެއްގައި ހުރި ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ޕެނަލްޓީ ޖަހައިގެން އެ މެޗުން އާސެނަލް ބަލިވީއިރު، މެޗުން މޮޅުވާނެ ފުރުސަތު ވެސް އާސެނަލަށް ވަނީ ލިބިފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ މެޗުގައި އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުމާއި، އާސެނަލް އިން މެޗު ޑޮމިނޭޓު ކުރި ވަރަށް ބަލާއިރު، މެޗުން މޮޅު ނުވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. މެޗުގައި އިދިކޮޅު ޓީމަށް ވުރެ ވެސް އާސެނަލް ރަނގަޅަށް ކުޅުނު ކަމަށާއި، މެޗުން މޮޅުވުމަށް އާސެނަލް އަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރި ކަމަށް ވެސް އާޓެޓާ ބުންޏެވެ.

މީގެ އިތުރުން އާޓެޓާ ބުނީ، މެޗުގައި އާސެނަލަށް ލިބުނީ އެ ޓީމަށް ހައްގުވި މިންވަރެއް ނޫން ކަމަށެވެ. އާޓެޓާ ބުނީ ދެން އާސެނަލަށް ޖެހޭނީ އެކަމުން އަރައި ގަނެ ކުރިއަށް ހުރި މެޗުތަކަށް އިސްކަން ދޭން ކަމަށާއި، ޓީމު ގޮވައިގެން ކުރިއަށް ދާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އެކަން ފާހަގަކޮށް އާޓެޓާ ބުނީ ކުޅުންތެރިންނާ މެދު އެއްވެސް ކަހަލަ ހިތްބުރަ ކަމެއް އޭނާގެ ނެތް ކަމަށާއި، ކުޅުންތެރިން އެމީހުންގެ އެންމެ ރަނގަޅަށް މަސައްކަތް ކުރިކަން ޤަބޫލު ކުރާ ކަމަށެވެ.

ދެން އާސެނަލަށް އޮންނާނީ އިނގިރޭސި ޕްރިމިއާ ލީގުގައި މި މަހުގެ 16 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު