Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވާދޫއިން ކަރަންޓް ކެނޑުން

ވާދޫ ރައްޔިތުން ކަނު އަދިރީގައި 4 ގަޑިއިރު، މައްސަލަ ހައްލުވާނެ އިރެއް ނޭނގެ

‎ހަވީރު 5:30ން ފެށިގެން ވާދޫގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިފައި

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2025 | އާދީއްތަ 20:19
ވާދޫގައި ކަރަންޓް ކެނޑި ކަނު އަނދިރީގައި

ވާދޫގައި ކަރަންޓް ކެނޑި ކަނު އަނދިރީގައި

ގދ. ވާދޫގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި ރައްޔިތުން ކަނު އަނދިރީގައި ތިބޭތާ 4 ގަޑިއިރަށް ވުރެ ގިނަ އިރުވެއްޖެއެވެ.

ވާދޫގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 5:30ން ފެށިގެންނެވެ.

ކަރަންޓް ކެނޑިފައިވަނީ ރަށުގެ މައި މަގުން ފެށިގެން ރަށުގެ ބޮޑު ސަރަހައްދަކުންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ހަސަން އަބްދުالله ވިދާޅުވީ، މިވަގުތާ ހަމަ އަށް ވެސް ކަރަންޓް ނުލިބޭ ކަމަށާއި، ކަރަންޓް ކެނޑުނު ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށެވެ.

ބައެއް ގޭގޭ އަގުބޮޑެތި ސާމާނުތަކަށް ގެއްލުންވެގެން އެކަން ކައުންސިލް އަށް ރިޕޯޓް ކުރަމުންދާ ކަމަށާއި އެގޮތުން އައިސް އަލާމާރިއާއި އޭސީ ފަދަ ތަކެތި ހަލާކުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ކަރަންޓްގެ މައްސަލައަށް މިހާ ހިސާބަށް ވެސް ހައްލެއް ލިބިފައި ނުވާއިރު، ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ރަށުގެ އިންޖީނުގޭގެ ޓެކްނީޝަނުންނަށް ދެނެގަނެވިފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ހަސަން ވިދާޅުވީ، އަސްލު މައްސަލަ ދެނެގަނެވިފައި ނުވަނީ އެކަމަށް ނާގާބިލްވުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން ގައްދޫއިން ޓެކްނީޝަނެއް ގެނެސް ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ވަނީ ދެނެގަނެވިފައެވެ.

"ގައްދޫ އިންޖީނުގޭގައި ހުރި ޓެކްނީޝަނެއް އައިސް ބެލި ބެލުމުން ކަރަންޓް ކޭބަލް ކަނޑައިގެން ދިއުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ބުނީ. މިވަގުތަށް އޮތް ހައްލަކީ މަތިން ކޭބަލް އެއް އަޅައިގެން ކަރަންޓް ދިނުން ކަމަށް. އެކަމުގެ މަސައްކަތް މިހާރު ކުރިއަށްދޭ" ހަސަން ވިދާޅުވިއެވެ.

ކަރަންޓުގެ މައްސަލަ ހައްލުކޮށް ކަރަންޓް ދެވޭނެ އިރެއް އަދި ނޭނގޭ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މި ގޮތަށް ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންގެ މުދަލަށް ގެއްލުންވުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާތާ މަހެއްހާ ދުވަސް ވެފައިވާއިރު، އެކަމަށް ހައްލެއް ނުހޯދި ރައްޔިތުން ތިބީ މާޔޫސްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު