Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު ކޯޕަރޭޝަން

މިހާތަނަށް ހައްޖު ކިއުގައި 65 އަހަރުން މަތީގެ 1473 މީހުން އެބަ ތިބި

އުސޫލަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން ހިމެނޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 11 ޖެނުއަރީ 2025 | ހޮނިހިރު 18:14
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް

މިހާތަނަށް ހައްޖު ކިއުގައި 65 އަހަރުން މަތީގެ 1473 މީހުން އެބަ ތިބި ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، މި ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ 65 އަހަރުން މަތީގެ މީހުންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ.

ފަރުޟު ޙައްޖުނުވާ މީހުންނަށް އިސްކަން ދޭ ގޮތަށް އުސޫލަށް ބަދަލުގެންނަން ރައީސް ވަނީ ނިންމަވާފައެވެ.

އުސޫލަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމާއި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮންމެ އަހަރަކު ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުމާއި ފަރުޟު ޙައްޖުވެފައިވާ މީހުންނަށް ދެން ފުރުސަތު ލިބޭނީ އެންމެ ފަހުން ޙައްޖު ވިތާ ހިޖުރީ ސަނަތުން ފަސް އަހަރުވުމުން ކަމަށް ނިންމުމެވެ.

އެ އުސޫލުތަކަށް އަލިއަޅުވާލައްވައި ޝަކީލް ވިދާޅުވީ، އެ ނިންމެވުންތައް ނިންމަވާފައިވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ދޮށީ އުމުރުގެ މީހުންނަށް ވީހާ ވެސް އަވަހަށް ހައްޖުވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މީގެއިތުރުން، އެ ކޯޕަރޭޝަނާ ހަވާލުވިއިރު، އުސޫލުގައި އޮންނަނީ އަލަށް ހައްޖަށް ދާ ފަރާތްތަކަށް ކިއު ތަރުތީބުން ކޯޓާގެ ކަނޑައެޅެނީ 75 އިންސައްތަ ކަމަށާއި ބާކީ 25 އިންސައްތަ އޮންނަނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހުންނަށް ޚާއްސަކޮށް ކަމަށް ޝަކީލް ވިދާޅުވިއެވެ.

ނަމަވެސް، ރައީސްގެ އިރުޝާދާ އެއްކޮށް، އަލަށް ހައްޖަށް ދާ މީހުންގެ އިންސައްތަ 90 އަށް މަތިކޮށް، ކުރިން ފަރުޟު ހައްޖު ވެފައިވާ މީހުންނަށް ލިބެނީ 10 އިންސައްތަ ކަމަށް ޝަކީލް ވިދާޅުވެފައެވެ.

މި ބަދަލަކީ އުސޫލުތަކުގެ ތެރެއިން ވީހާ ވެސް ހައްޖުގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސްގެ އިރުޝާދާ އެކު އެ ކުންފުނިން ނިންމި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީއަށް ހުށަހަޅައިފި

19 މެއި 2017
ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީއަށް ހުށަހަޅައިފި
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
04 މެއި 2017

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

04 މެއި 2017
ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު