Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލޭގައި ގެއެއް ގަނބައިގަތުން

މާލޭގެ ގެއެއްގައި ރެނދު އަޅާ، އަޑިއަށް ގަނބަމުން ދާތީ އެ ގޭގެ މީހުން އެހެންތަނަކަށް ބަދަލުކޮށްފި

ސިޓީ ކައުންސިލުން ބުނީ އެ ހާދިސާ ހިނގީ ޝީޓް ޕައިލް ނުކޮށް އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2025 | ހޮނިހިރު 18:11
މާލޭގެ ގެއެއްގެ ބައެއް ގަނބައިގަތުން

މާލޭގެ ގެއެއްގެ ބައެއް ގަނބައިގަތުން

މާލޭގެ ގެއެއްގައި ރެނދު އަޅާ، އަޑިއަށް ގަނބަމުން ދާތީ އެ ގޭގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މ. ކެރިންލައިޓް އިމާރާތްކުރަމުން ދަނިކޮށް، އެ ގެއާ ޖެހިގެން ހުރި މ. ލަކީ ހެވެންގެ ބައެއް ގަނބައިގަނެ އަޑިއަށް ދާތީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ ހާދިސާ ހިނގީ ޝީޓް ޕައިލް ނުކޮށް އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ. އެހެންވެ ލަކީ ހެވަންގޭގެ ފާރުތަކުގައި ރެނދުލައި އަޑިއަށް ދާތީ އެކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނައީ އެގޭގައި ދިރިއުޅޭ މީހުން ކަމަށެވެ.

ލަކީ ހެވަންގޭގެ ހަތަރު ކޮޓަރިއެއްގައި ދިރިއުޅޭ ހަތަރު އާއިލާ އެތަނުން ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޭގައި ބިދޭސީން ވެސް ކުއްޔަށް އުޅެ އެވެ.

އެގޭގައި ދިރިއުޅޭ ބައެއް މީހުން ބުނީ އެ ހާދިސާ ހިނގާކަން ފާހަގަވެ ދުރާލައި އިމާރާތްކުރާ މީހުންގެ ސަމާލުކަމަށް ގެނައުމުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި މިއީ އެކަމުގެ ނަތީޖާ ކަމަށް އެ މީހުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ އެ ގޭގައި 4 ކޮޓަރިން 4 އާއިލާ އާއި 18 އަހަރުން ދަށުގެ 3 ކުދިންނާ 6 މީހުން ތިބި ކަމަށާއި އަދި އެ ގޭގެ ދެ ބައެއްގައި ބޭރު މީހުންތަކެއް ކުއްޔަށް އުޅޭ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، މިހާރު އެގެ ހުސްކޮށް، ގޭގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަށާފައި ވާކަމަށެވެ.

އެ ގޭގައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައި ވަނީ މާލޭ ސިޓީ ކައުންސިލުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު